18 ފެބުރުއަރީ 2024
މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ލިބެން ޖެހޭ ކަމަށާއި އެ މަނިކުފާނަށް އިންސާފު ލިބުމަށް ހުރަސް އެޅުމަށް މި ސަރުކާރުގެ ތެރެއިން އެކަކު ވެސް މަސައްކަތް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ލިބެން ޖެހޭ ކަމަށާއި އެ މަނިކުފާނަށް އިންސާފު ލިބުމަށް ހުރަސް އެޅުމަށް މި ސަރުކާރުގެ ތެރެއިން އެކަކު ވެސް މަސައްކަތް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އައްޑު، ފޭދޫގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ކޯޓުގައި ހިނގާ އެއްވެސް ކަމަކަށް އެ މަނިކުފާނާއި މި ސަރުކާރުން ވެސް ނުފޫޒު ނުފޯރުވާނެ ކަމަށެވެ. ކޯޓުތަކަކީ މިނިވަންކޮށް ހިނގަމުން އަންނަ ތަންތަން ކަމަށް ރައީސް ވިދާޅުވި އެވެ.
"ޝަރީއަތުގެ ތެރެއަށް ނުފޫޒު ނުފޯރުވާނެ ކަމަށް އަޅުގަނޑު ދެންނެވިން. ޖުޑިޝަރީ ހިނގަމުން އެ ދަނީ ފުރިހަމަ މިނިވަން ކަމާ އެކު. އެއްވެސް ވަޒީރަކު، އެއްވެސް ކުންފުންޏެއްގެ ވެރިއަކު، އެއްވެސް އެމްޕީއަކު، ސަރުކާރުގެ ތެރެއިން އެއްވެސް ބޭފުޅަކު ކޯޓުތަކަށް ނުފޫޒެއް ނުފޯރުވާނެ،" ޝަރީއަތުގެ ތެރެއަށް އެ މަނިކުފާނުގެ ސަރުކާރުން ދުވަހަކު ވެސް ނުފޫޒު ނުފޯރުވުމަށް ވެވަޑައިގެންފައިވާ ވައުދު ތަކުރާރު ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމަށް ހަމަޖެހުން އަންނާނީ ބަދަލު ހިފުމުގެ ރޫހު ދޫކޮށްލައިގެން ކަމަށާއި އެހެންވެ، އެ މަނިކުފާނަކީ ސިޔާސީ ބޭފުޅުން ހައްޔަރުކޮށް، ޖަލަށްލާނެ ބޭފުޅެއް ނޫން ކަމަށެވެ. އެ ހަމަޖެހުން ގައުމަށް ގެނައުމަށް ޔާމީނަށް އިންސާފު ލިބެން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ސިޔާސީ ވިސްނުމެއްގައި އަނިޔާވެރިވުމަކީ އަޅުގަނޑު ނުކުރާނެ ކަމެކޭ އަޅުގަނޑު ވައުދުވިން. އަދުލުވެރިކަމަކީ އެންމެނަށް ލިބެންޖެހޭ އެއްޗެއް ކަމަށް ވާނީ ދަންނަވާފައި،" ރައީސް ވިދާޅުވި އެވެ.
President Dr @MMuizzu met with the residential community of Hithadhoo and Feydhoo in Addu City where he affirmed the Administration's commitment to addressing their issues. The meeting was held in Feydhoo School. pic.twitter.com/4qQQNBv27g
— The President's Office (@presidencymv) February 18, 2024
ރައީސް ވިދާޅުވީ މިހާ ދުވަސްވެގެން ދިޔައިރު ޔާމީނަށް އިންސާފު ނުލިބުމަކީ ގައުމަށް ހަމަނުޖެހުން ނުލިބުން ކަމަށާއި އިންސާފު ލަސްވުމަކީ ވެސް އިންސާފު ނުލިބުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
" އެމަނިކުފާނަށް [ޔާމީން] ވެސް ޖުޑީޝަރީގެ ތެރެއިން އިންސާފު ލިބެން ވާނެ. އެއީ ގައުމަށް ވެސް އޮތް އެންމެ އިންސާފުވެރި ގޮތް،" އެކަމަށް ހުރަސް އަޅުއްވާނެ ބޭފުޅަކު ނުހުންނާނެކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒަށް މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު، އެ މަނިކުފާނުގެ ސީދާ އެދިވަޑައިގަތުމަކަށް ކުރީގެ ސަރުކާރުން ވަނީ ޖެހިގެން އައި ދުވަހު ޔާމީން ޖަލުން ގެއަށް ބަދަލުކޮށްފަ އެވެ. އެއީ ރައީސް މުއިއްޒުގެ ކެމްޕެއިން ވައުދެއް ވެސް މެ އެވެ.
ނަމަވެސް ޔާމީންގެ ޝަރީއަތް ލަސްވެ، ޖަލު ހުކުމުގައި އަދިވެސް ހުންނެވުމުން އެކަމުގެ ކަންބޮޑުވުން ޔާމީންގެ ސަޕޯޓަރުން ގެންދަނީ އިންތިހާ އަށް ބޮޑަށް ފާޅުކުރަމުންނެވެ. އޭގެ ޖަވާބުގައި ރައީސް މުއިއްޒާއި މި ސަރުކާރުން އަބަދުވެސް ބުނަމުން އަންނަނީ ޔާމީންގެ ޝަރީއަތް އަވަސް ކުރެވޭނީ ކޯޓުތަކުގެ ތެރެއިން ކަމަށާއި ސަރުކާރުން ދުވަހަކު ވެސް ޝަރީއަތުގެ މައްސަލަތަކުގެ ތެރެއަށް އަތް ނުބާނާނެ ކަމަށެވެ.
ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ މީހުން ވަކިކުރާނަން: ރައީސް
ޝަރީއަތަށް ނުފޫޒު ނުފޯރުވާނެ ކަން ސާބިތުވެއްޖެ: އަދުރޭ
ޝަރީއަތް ދިގުލައިގެން ހައްގުތަކެއް ގެއްލިއްޖެ: ޔާމީން
ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާނެ: އަބްދުއްރަހީމް
ޔާމީން ޖަލަށް ނުލާ ފަނޑިޔާރުން ވަކިކުރަންޖެހޭ: އާޒިމް
ނުފޫޒުު ފޯރުވުނު ނަމަ މިނިވަނެއް ނުކުރާނެ: ޔާމީން
ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރެވޭ: އިދިކޮޅު
އިދިކޮޅުން ސީދާ ހަރަކާތަށް ދާން ނިންމައިފި
ހުރިހާ "ހިބަރު" ބާނައި ނިމިއްޖެ: ޔާމީން
ގާޒީ އަލީ ރަޝީދަށް ބެންޗުގައި ނީނދެވޭނެ: ޖަމީލް