19 ފެބުރުއަރީ 2024
އަފްޣާނިސްތާނުގައި ދެކުނުގައި އޮންނަ ކަންދަހާރުގައި، ދިރޭތަކެތީގެ ފޮޓޯ އާއި ވީޑިއޯ ނުނެގުމަށް ސަރުކާރުގެ އޮފިޝަލުންނަށް އަންގައިފި އެވެ.
އަފްޣާނިސްތާނުގައި ދެކުނުގައި އޮންނަ ކަންދަހާރުގައި، ދިރޭތަކެތީގެ ފޮޓޯ އާއި ވީޑިއޯ ނުނެގުމަށް ސަރުކާރުގެ އޮފިޝަލުންނަށް އަންގައިފި އެވެ.
ތާލިބާނުން އުފެދިގެން އައި ޕްރޮވިންސް ކަމަށްވާ ކަންދަހާރުގައި މަދަނީ އަދި އަސްކަރީ އޮފިޝަލުންނަށް އިންޓީރިިއާ ޑިޕާޓްމަންޓުން އާދީއްތަ ދުވަހު ފޮނުވި ސިޓީއެއްގައި ވަނީ ރަސްމީ އަދި ނުރަސްމީ އެއްވުންތަކުގައި ވެސް ދިރޭތަކެތީގެ ފޮޓޯ އާއި ވީޑިއޯ ނެގުމާ ދުރުހެލިވުމަށް އަންގައިފަ އެވެ. ސިޓީގައި ބުނެފައިވަނީ ފޮޓޯ އާއި ވީޑިއޯ އިން ފައިދާއަށް ވުރެ ގެއްލުން ބޮޑު ކަމަށެވެ.
އެކަމަކު ލިޔުމުންނާއި އޯޑިއޯ ފޯމެޓްގައި ރަސްމީ އިވެންޓްތަކުގެ ރެކޯޑް ބެލެހެއްޓުމުގައި މައްސަލައެއް ނެތް ކަމަށް ބުނެފައިވެ އެވެ.
ކަންދަހާރުގެ ގަވަރުނަރުގެ ތަރުޖަމާނަކު ވަނީ މި ސިޓީ އަކީ ސައްހަ އެއްޗެއްކަން އޭއެފްޕީއަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ފޮޓޯ އާއި ވީޑިއޯ ނެގުން މަނާވާ ހާލަތްތަކާއި މި ސިޓީގައި ބުނެފައިވާ ކަންކަން ތަންފީޒުކުރާނެ މިންވަރެއް ހާމަކޮށްފައެއް ނެތެވެ. އަދި މިކަމުގައި ތާލިބާނުންގެ ސަރުކާރުގެ ބަހެއް ވެސް އަދި ނުލިބެ އެވެ.
އަފްޣާނިސްތާނުގައި ތާލިބާނުން 1996 އިން 2001 އަށް ވެރިކަން ކުރި އިރު ޓީވީ ބެލުމާއި ދިރޭތަކެތީގެ ފޮޓޯ ގެންގުޅުން އޮތީ މަނާވެފަ އެވެ. މީގެ ދެ އަހަރު ކުރިން ތާލިބާނުން އަލުން ވެރިކަމަށް އައުމާ އެކު އެ ގައުމުގެ ވަރަށް ގިނަ ނޫސްތަކުން ވަނީ މީހުންނާއި ދިރޭ ތަކެތީގެ ފޮޓޯ ޖެހުން ހުއްޓާލައިފަ އެވެ.
އެކަމަކު މައި ސަރުކާރުން އެކި ކަންކަމުގައި ސަރުކާރުގެ އޮފިޝަލުންނާއި ވަޑައިގަންނަވާ އެކި ގައުުމުތަކުގެ ބޭބޭފުޅުންގެ ފޮޓޯ އާއި ވީޑިއޯ އާންމުކުރެ އެވެ. -- އޭއެފްޕީ
ތާލިބާނުގެ މަންދޫބާ ސަފީރު ބައްދަލުކުރީ ހުއްދަނެތި
ތުނބުޅި ނެތުމުން 280 މީހަކު ވަޒީފާއިން ވަކިކުރި
އަފްޣާނިސްތާނުގައި ނަމާދު ނުކުރާ މުވައްޒަފުންނަށް އަދަބު
ތާލިބާނުން އަންހެން މުވައްޒަފުންގެ މުސާރަ ކުޑަކޮށްފި
އަންހެން ކުދިން ނުލައި އަފްޣާން ސްލޫލްތައް ހުޅުވައިފި
އެމެރިކާ އާއި ތާލިބާނުންގެ މަޝްވަރާތަކެއް ބާއްވައިފި
ފެންބޮޑުވެ އަފްޣާނާއި ޕާކިސްތާނުން 45 މަރު
އަންހެނުންގެ ސެލޫންތައް ހިންގުން ތާލިބާނުން މަނާކޮށްފި
ތާލިބާނުންގެ ސަރުކާރު ބަލައިގަނެވޭކަށް ނެތް: އދ
މިއީ ތާލިބާނުންނާ މުއާމަލާތުކުރެވޭ ފަދަ ވަގުތެއް ނޫން