Roadha Mihaaru
ޖާންވީ އަށް ބޮޑު ބަޖެޓުގެ އިތުރު ތިން ފިލްމު ލިބިއްޖެ

ޖާންވީ އަށް ބޮޑު ބަޖެޓުގެ އިތުރު ތިން ފިލްމު ލިބިއްޖެ

12 ފެބުރުއަރީ 2024

ބޮލީވުޑްގައި މިހާރު ވިދަމުން އަންނަ ޒުވާން ތަރިންގެ ތެރޭގައި ހިމެނޭ ޖާންވީ ކަޕޫރަށް ބޮޑު ބަޖެޓުގެ އިތުރު ތިން ފިލްމުން ފުރުސަތު ލިބިއްޖެ އެވެ.

ބޮލީވުޑްގައި މިހާރު ވިދަމުން އަންނަ ޒުވާން ތަރިންގެ ތެރޭގައި ހިމެނޭ ޖާންވީ ކަޕޫރަށް ބޮޑު ބަޖެޓުގެ އިތުރު ތިން ފިލްމުން ފުރުސަތު ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ޖާންވީ މިހާރު ވެސް އަންނަނީ ބޮޑު ބަޖެޓް ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އެއީ އޭނާ ކުޅޭ ދެކުނު އިންޑިއާ ސިނަމާގެ ފުރަތަމަ ފިލްމު "ދެވާރާ: ޕާޓް ވަން" އެވެ. އެންޓީއާރު ޖޫނިއާއާ އެކު ޖާންވީ ފެންނާނެ އެ ފިލްމުގެ ޝޫޓިން މިހާރު ވަނީ ނިމެން ކައިރިވެފަ އެވެ.

އެ ފިލްމުގެ އިތުރުން ތިން ފިލްމެއް ޖާންވީ އަށް މިހާރު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

އޭގެ ތެރެއިން އެއް ފިލްމަކީ ދެކުނު އިންޑިއާގެ ސިނަމާގެ ތަރިއެއް ކަމަށްވާ ރާމް ޗަރަންއާ އެކު އޭނާ ލީޑު ރޯލު ކުޅޭނެ ފިލްމެކެވެ. ބުޗީ ބާބޫ ޑައިރެކްޓުކުރާ އެ ފިލްމަށް ކިޔަނީ "އާރުސީ ސިކްސްޓީން" އެވެ.

ދެވަނަ ފިލްމަކީ "ރަންގް ދޭ ބަސަންތީ" އާއި "ބާގް މިލްކާ ބާގް" ކަހަލަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝް މެހެރާގެ ފިލްމެއް ކަމަށްވާ "ކަރްނާ" އެވެ. އެ ފިލްމުގައި ޖާންވީއާ އެކު ލީޑުން ފެންނާނީ ދެކުނު އިންޑިއާގެ ސިނަމާގެ އެކްޓަރު ސޫރިޔާ އެވެ.

ޖާންވީ އަށް ވަނީ ވަރުން ދާވަންއާ އެކު ވެސް ރޮމޭންޓިކް ކޮމެޑީ ފިލްމެއް ކުޅުމުގެ ފުރުސަތު ލިބިފަ އެވެ. ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ އެ ފިލްމު ޑައިރެކްޓުކުރަނީ ޝަޝަންކް ކައިތަން އެވެ. އަދި ނަން ހާމަކޮށްފައިނުވާ އެ ފިލްމުގެ މަސައްކަތްތައް ފަށަނީ އަންނަ މެއި/ޖޫން ހިސާބުގަ އެވެ.

މި ހުރިހާ ފިލްމެއްގެ މަސައްކަތް ވެސް މި އަހަރު ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.