Roadha Mihaaru
މަޖިލިސް އިންތިހާބަށް ފޯމު ހުށަހެޅީ 18 ކެންޑިޑޭޓުން!

ސުންގަޑި ބަދަލެއް ނުވާނެ، މަޖިލިސް އިންތިހާބަށް ފޯމު ހުށަހެޅީ އެންމެ 18 ކެންޑިޑޭޓުން!

10 ފެބުރުއަރީ 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވާ ތާރީހަށް ބަދަލެއް އަޔަސް އެ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެއް ނުދޭނެ ކަމަަށާއި މުއްދަތު ހަމަވާން ބާކީ ހަތަރު ދުވަސް އޮތް އިރު، މިހާތަނަށް ފޯމު ހުށަހެޅީ އެންމެ 18 ކެންޑިޑޭޓުން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވާ ތާރީހަށް ބަދަލެއް އަޔަސް އެ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެއް ނުދޭނެ ކަމަަށާއި މުއްދަތު ހަމަވާން ބާކީ ހަތަރު ދުވަސް އޮތް އިރު، މިހާތަނަށް ފޯމު ހުށަހެޅީ އެންމެ 18 ކެންޑިޑޭޓުން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ތާވަލްކޮށްފައި އޮތީ މާޗް 17 ގައި މަޖިލިސް އިންތިހާބު ބާއްވާށެވެ. އިންތިހާބު ލަސްކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުން އައި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ހުރިހާ ތައްޔާރީތަކެއް ވަމުންނެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ، އެންމެ ފަހު ވަގުތުގައި ފޯމު ހުށަހަޅަން މަޑުކޮށްފި ނަމަ ފޯމުގައި މައްސަލައެއް ދިމާވެ، އިސްލާހު ކުރަން ޖެހި އެ ފުރުސަތު ނުލިބިދާނެ ކަމަށެވެ.

އިންތިހާބަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ. މަޖިލީހުގެ 93 ދާއިރާއަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ މަހުގެ 30 ގަ އެވެ.

ގާނޫނު ބުނާ ގޮތުން އޭގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެ އެވެ. އެ ތާރީހުތައް ތަރުތީބު ކޮށްލުމުން މާޗު 17 ގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެ އެވެ. ނަމަވެސް، ރޯދަމަހާ ދިމާވާތީ އިދިކޮޅު އެމްޑީޕީން ވަނީ ރޯދަމަހު އިންތިހާބު ބޭއްވުން މަނާކުރުމަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް އިސްލާހު ހުށަހަޅައިފަ އެވެ. އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ވަގުތީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.