08 ފެބުރުއަރީ 2024
ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައި އެ ދައުލަތް ދުނިޔެއިން ބަލައިގަތް ދުވަހަކުން ނޫނީ އިޒްރޭލާ އެކު ގުޅުން ގާއިމު ނުކުރެވޭނެ ކަމަށް އެމެރިކާއަށް އަންގާފައި ވާނެ ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައި އެ ދައުލަތް ދުނިޔެއިން ބަލައިގަތް ދުވަހަކުން ނޫނީ އިޒްރޭލާ އެކު ގުޅުން ގާއިމު ނުކުރެވޭނެ ކަމަށް އެމެރިކާއަށް އަންގާފައި ވާނެ ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.
"ފަލަސްތީނުގެ މިނިވަން ދައުލަތެއް، 1967 ވަނަ އަހަރު ފަލަސްތީނު އޮތް އިމުގެ ތެރޭގައި ގާއިމުކޮށް އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމުގައި ކަނޑައެޅުމުން ނޫނީ އިޒްރޭލާ އެކު ސިޔާސީ ގުޅުން ގާއިމު ނުކުރެވޭނެ ކަމަށް ސައޫދީ ސަރުކާރުން ގެންގުޅޭ ސިޔާސަތު އެމެރިކާ ސަރުކާރަށް ވާނީ ވަރަށް ސާފުކޮށް ބަޔާންކޮށްދީފައި،" ސައޫދީ ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުންޏެވެ.
މި ބަޔާނުގައި ބުނެފައި ވަނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގާ އަނިޔާވެރި އަމަލުތައް ހުއްޓާލައި އެ ބިމުން ފައިބަން ޖެހޭ ކަމަށެވެ.
ސައޫދީ އަރަބިއްޔާއިން ދުވަހަކު ވެސް އިޒްރޭލާ އެކު ސިޔާސީ ގުޅުމެއް ނުބާއްވަ އެވެ. އެކަމަކު 2020 ވަނަ އަހަރު އެމެރިކާގެ އިސްނެގުމަށް ކުރިއަށް ގެންދިޔަ "އަބްރަހަމް އެކޯޑްސް" ގައި ސައޫދީގެ އަވަށްޓެރި ބަހްރެއިނާއި ޔުނިޓެޑް އަރަބި އެމިރޭޓްސް އަދި މޮރޮކޯ އިޒްރޭލާ އެކު ސިޔާސީ ގުޅުން ގާއިމްކުރި އެވެ.
އިޒްރޭލާ ގުޅުން ބޭއްވޭނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުން ކަމަށް ސައޫދީން ބުނެފައި މި ވަނީ އިޒްރޭލާއި ސައޫދީގެ ގުޅުން ގާއިމުކުރުމާ ބެހޭ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ދެ ފަރާތުން ވެސް ރަނގަޅު އިޝާރާތްތައް ލިބެމުން އަންނަ ކަމަށް ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ކާބީ ވިދާޅުވުމުންނެވެ.
މި ވާހަކަ އަލުން ދެކެވިފައި މި ވަނީ އިޒްރޭލާއި ހަމާސްގެ ކުރިމަތިލުން ނިމުމަކަށް ގެނެސް ސުލްހަ ގާއިމްކުރެވޭތޯ ބަލަން އެމެރިކާއިން ކުރާ މަސައްކަތުގައި އެމެރިކާގެ ސެކްރެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން މެދުއިރުމައްޗަށް ވަޑައިގެން އުޅުއްވަނިކޮށެވެ. އޭނާ ވަނީ ހަމަލާތައް ހުއްޓުމަކަށް ގެނެވިދާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވިދާޅުވެފަ އެވެ.
މީގެ ހަތަރު މަސް ކުރިން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 27،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. --އޭއެފްޕީ
ސައޫދީ އާއި އުރުދުންގެ ވެރިން ބައްދަލުކުރައްވައިފި
ފަލަސްތީނުގެ ދައުލަތެއްނެތި އިޒްރޭލާ ނުގުޅެވޭނެ: ސައޫދީ
އިޒްރޭލަށް ހަތިޔާރު ނުވިއްކަން ސައޫދީން ގޮވާލައިފި
ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓާލަން ގޮވާލައިފި
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
އަރަބި ވެރިންގެ މަހާސިންތާއެއް ސައޫދީގައި ބާއްވަނީ
އިޒްރޭލު މިހާރު އެކުރަނީ ދިފާއީ ހަނގުރާމައެއް ނޫން
ސައޫދީ އާއި އިޒްރޭލުގެ ގުޅުން އެބަ ކައިރިވޭ
އިޒްރޭލު-ސައޫދީ ގުޅުމަށް ފަލަސްތީނުން ޝަރުތުތަކެއް
ސައޫދީ އެމްބަސީއެއް ގުދުސްގައި ނުހެދޭނެ: އިޒްރޭލު