ޖަޕާނުގެ ރީތީގެ ރާނީގެ ތާޖު މީގެ ދެ ހަފްތާ ކުރިން ލިބުނު ކެރޮލީނާ ޝީނޯ މީހެއްގެ ފިރިއަކާ ބޭއްވި ގުޅުން ޓެބްލޮއިޑް ނޫހަކުން ފަޅާއަރުވާލުމުން ތާޖު ދޫކޮށްލައިފި އެވެ.
ޖަޕާނުގެ ރީތީގެ ރާނީގެ ތާޖު މީގެ ދެ ހަފްތާ ކުރިން ލިބުނު ކެރޮލީނާ ޝީނޯ މީހެއްގެ ފިރިއަކާ ބޭއްވި ގުޅުން ޓެބްލޮއިޑް ނޫހަކުން ފަޅާއަރުވާލުމުން ތާޖު ދޫކޮށްލައިފި އެވެ.
އުމުރުން 26 އަހަރުގެ ޝީނޯ އަކީ ޔުކްރެއިނަށް އުފަން މީހެކެވެ. އެހެންވެ އޭނާއަށް ޖަޕާނުގެ ރީތީގެ ރާނީކަން ލިބުން އެކި މީހުން ބަލައިގަތީ ވެސް އެކި ގޮތަށެވެ. އެހެން ގައުމަކަށް އުފަން ވިޔަސް ޖަޕާނު މީހަކަށްވެ ރީތީގެ ރާނީކަން ވެސް ލިބުމުން އެއީ ކާމިޔާބީއެއްގެ ގޮތުގައި އެއްބަޔަކު ފާހަގަކުރިޔަސް އަނެއް ބަޔަކު ބުނީ މިއީ ޖަޕާނުގައި ރީތިކަން ސިފަކުރާ ގޮތް ދައްކައިދޭ ހޮވުމެއް ނޫން ކަމަށެވެ.
މި ބަހުސް ކުރިއަށްދަނިކޮށް، ޓެބްލޮއިޑެއް ކަމަށްވާ "ޝުކަން ބުންޝުން" އިން ބުނީ ޝީނޯ އަކީ މީހަކާ އިނދެގެން އުޅުނު ޑޮކްޓަރަކާ ގުޅުން ބޭއްވި މީހެއް ކަމަށެވެ.
ޖަޕާނުގެ ރީތީގެ ރާނީގެ ތާޖު ލިބުނު ކެރޮލީނާ ޝީނޯ
މިކަން ހާމަކުރުމާ އެކު، ރީތީގެ މުބާރާތް ބާއްވާ މިސް ޖަޕާން އެސޯސިއޭޝަނުން ފުރަތަމަ ވަނީ ޝީނޯ ދިފާއުކޮށްފަ އެވެ. އެ ޖަމިއްޔާއިން ބުނީ އެއީ މީހަކާ އިނދެގެން އުޅޭ މީހެއް ކަމެއް ޝީނޯ އަށް ނޭނގޭ ކަމަށެވެ. އެކަމަކު ފަހުން ބުނީ އެ ގުޅުން ބޭއްވީ އެއީ މީހެއްގެ ފިރިއެއްކަން އެނގި ހުރެ ކަމަށް ޝީނޯ ފަހުން އެއްބަސްވެފައިވާ ކަމަށެވެ.
ކަންކަން އޮޅުވާލެވުނީތީ ޝީނޯ މާފަށް އެދި މަގާމު ދޫކޮށްލަން ހުށަހަޅާފައިވާ ކަމަށާއި އެކަން ޖަމިއްޔާއިން މިހާރު ގަބޫލުކޮށްފައިވާކަން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.
ޝީނޯ ވެސް ވަނީ ބަޔާނެއް ނެރެ އޭނާގެ ފޭނުންގެ ކިބައިން މާފަށް އެދިފަ އެވެ. އޭނާ ބުނީ ގުޅުމާ ބެހޭ ގޮތުން ފުރަތަމަ ތެދު މައުލޫމާތު ނުދެވުނީ އާންމުން ހީކޮށްފާނެ ގޮތަކާ މެދު ގަތް ބިރުން ކަމަށެވެ.
ޖަޕާންގެ ރީތީގެ ރާނީގެ މުބާރާތުގައި އެތައް ބައިވެރިންނަކަށް ރަނަރަޕްކަން ލިބުނަސް އަހަރުގެ ބާކީ ބައިގައި ދެން އިތުރު މީހަކަށް ރީތީގެ ރާނީކަމެއް ނުދޭނެ އެވެ.
ޖަޕާނުގެ ޓޫރިސްޓު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
ޖަޕާނުން ދޭ 6 ސްކޮލަޝިޕަށް 1.3 މިލިއަން ޑޮލަރުގެ އެހީ
މިސް ވޯލްޑްގެ ތާޖު ތައިލެންޑަށް
"ހިލޭ ހަނޑޫ ލިބޭތީ" ޖަޕާނުގެ ވަޒީރަކު އިސްތިއުފާދީފި
ޖަޕާނުން ރާއްޖޭގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރަނީ
ދިއްދޫގައި ލޮނު އުފައްދައި ޖަޕާނަށް އެކްސްޕޯޓްކުރަނީ
ޣައްޒާގައި ޒަހަމްވި މީހުންނަށް ޖަޕާނުން ފަރުވާ ދެނީ
ދެ ގައުމެއްގެ އާ ސަފީރުންގެ ފަތްކޮޅު އަރުވައިފި
ނޫއުރަހަ ކަންނެއްޔެއް 1.3 މިލިއަން ޑޮލަރަށް ވިކިއްޖެ
އެންމެ ދުވަސްވީ މީހާ 116 އަހަރުގައި މަރުވެއްޖެ