04 ފެބުރުއަރީ 2024
ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ރަސްމީ ބަންދުކޮށް، އެ މުއްދަތުގެ ތެރޭގައި މުއައްސަސާތަކާއި ކުންފުނިތަކުން އަމަލުކުރާނެ ގޮތް އަންގައިދިނުމަށް ރައީސް އޮފީހުން އެދިއްޖެ އެވެ.
ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ރަސްމީ ބަންދުކޮށް، އެ މުއްދަތުގެ ތެރޭގައި މުއައްސަސާތަކާއި ކުންފުނިތަކުން އަމަލުކުރާނެ ގޮތް އަންގައިދިނުމަށް ރައީސް އޮފީހުން އެދިއްޖެ އެވެ.
އެ އޮފީހުން ނެރުނު އެންގުމުގައި ބުނީ އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި އިސްކަންދިނުމަށް ފުރުސަތު ދިނުމަށް، މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ފަހު 10 އަކީ ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ނަމަވެސް، ރޯދައިގެ ފަހު 10 އާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި އެކި މުއައްސަސާތަކުން އާއްމުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ކަނޑައަޅާ ގޮތެއްގެ މަތިން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދިފައިވެ އެވެ.
އެކަމާ ގުޅޭގޮތުން ރައީސް އޮފީހުން ވަނީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ އެކި ހިދުމަތްތައް ދިނުމަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާ ބައްދަލުކޮށް ރޯދައިގެ ފަހު ދިހައިގެ ދުވަސްތަކުގައި ހިދުމަތްތައް ދޭނެ ގޮތަކާ މެދު މަޝްވަރާކޮށްފަ އެވެ.
އެ މުއައްސަސާތަކުން ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް، އެކި ވަސީލަތްތައް މެދުވެރިކޮށް އާއްމުންނަށް ވީހާވެސް ބޮޑަށް ސާފުކޮށްދިނުމާއި އެކަންކަމުގެ މައުލޫމާތު ރައީސް އޮފީހާ ހިއްސާކޮށްދިނުމަށް ވަނީ ރައީސް އޮފީހުން އެދިފަ އެވެ.
ރޯދަ މަހުގެ ފަހު 10 ބަންދުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އަންނަ ހަފުތާގެ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު
މާދަމާ ސަރުކާރު ބަންދު!
ފަހު 10ގައި ވަޒީފާއަށް ނުކުންނަ މީހުންނަށް އިނާޔަތެއް
ރޯދަމަހުގެ ރަސްމީގަޑިއަކީ ހެނދުނު 9-1 އަށް
މާދަމާ ސަރުކާރު ބަންދު!
ރައީސްގެ އެދިވަޑައިގަތުމަށް ފުޓްބޯޅައިގެ މަޝްވަރާތަކެއް
ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފި
ދައުލަތުގެ ހަރަދުތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް!
ސިޔާސީ މަގާމުތައް މަދުކުރަން ފަށައިފި
ސިޑްސް ކޮންފަރެންސް ދަތުރުފުޅަށް ތިން މިލިއަން ހަރަދުވި