Roadha Mihaaru
ހުޅުމާލެ ދެކުނުގެ އެމްޑީޕީގެ ގޮނޑި ޑރ. ޝަމްހީދަށް

ހުޅުމާލެ ދެކުނުގެ އެމްޑީޕީގެ ގޮނޑި ޑރ. ޝަމްހީދަށް

04 ފެބުރުއަރީ 2024

އަންނަ މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑި ކުރީގެ މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު އިއްޔެ ކަށަވަރު ކުރައްވައިފި އެވެ.

އަލަށް އިތުރުކުރި އެއް ދާއިރާ ކަމަށްވާ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ ގޮނޑި ޑރ. ޝަމްހީދު ކާމިޔާބު ކުރެއްވީ 187 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ހުސައިން ނަޒީފަށް ހޯއްދެވުނީ 123 ވޯޓެވެ. ނަޒީފު ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްއޭސީއެލްގެ އިސްމަގާމެއްގަ އެވެ.

ޑރ. ޝަމްހީދު

ޑރ. ޝަމްހީދު

އެމްޑީޕީގެ ބައެއް ކޮމިޓީތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ ޑރ. ޝަމްހީދަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ސިވިލް އިންޖިނިއަރިންގެ ދާއިރާ އިން ޕީއެޗްޑީ ހައްދަވާފައިވާ ޑރ. ޝަމްހީދު ވަނީ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަން ކުރިން ކުރައްވައިފަ އެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލިހުގައި މިހާރު ތިއްބެވި ގިނަ މެމްބަރުން ކާމިޔާބު ކުރެއްވި އެވެ. އެ ޕްރައިމަރީން ކެޓި މިހާރުގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ކެލާ ދާއިރާގެ އިބްރާހިމް ޝަރީފު އަދި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމެވެ.