Roadha Mihaaru
ކިޔަވާ ކުދިންގެ ޑޮލަރު ލިމިޓް މާދަމާ ބޮޑެއް ނުވާނެ

ކިޔަވާކުދިންގެ ޑޮލަރު ލިމިޓް މާދަމާ އަށް ބޮޑެއް ނުކުރެވޭނެ

31 ޖެނުއަރީ 2024

ރާއްޖެ އިން ބޭރުގައި ކިޔަވާ ކުދިންގެ ޑޮލަރު ލިމިޓް މާދަމާއިން ފެށިގެން ބޮޑުކުރަން ކެބިނެޓުން ނިންމާފައިވާ ގޮތަށް، އެކަން ނުކުރެވޭނެ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އިން ބޭރުގައި ކިޔަވާ ކުދިންގެ ޑޮލަރު ލިމިޓް މާދަމާއިން ފެށިގެން ބޮޑުކުރަން ކެބިނެޓުން ނިންމާފައިވާ ގޮތަށް، އެކަން ނުކުރެވޭނެ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިހާރު މަހަކު 750 ޑޮލަރު ނެގޭ ގޮތަށް އޮންނާތީ އެކަމުގެ ދަތިކަމާއި ކަންބޮޑުވުން އޮންނަ ކަމަށާއި އެ މައްސަލަ ހައްލުކުރަން، ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަހަކު 1،200 ޑޮލަރަށް ބޮޑުކުރަން ކެބިނެޓުން ނިންމާފައިވާ ކަމަށް މިދިޔަ ޑިސެމްބަރުން މަހު ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި އެކަމާ ބެހޭ ގޮތުން އަދިވެސް އޮތީ ގޮތްތަކެއް ނުނިމި އެވެ. އެކަން އެނގިވަޑައިގަންނަވާ ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އާއި ބީއެމްއެލްއާ އެކު މިވަގުތު ކުރިއަށްދަނީ މަޝްވަރާތަކެވެ.

އޮފިޝަލް ވިދާޅުވީ މި ބަދަލާއެކު ޑޮލަރު ބޭނުންވާނެ މިންވަރާއި، މި ބަދަލުގެ ބޮޑު ކުޑަމިނާއި، މިގޮތަށް ލިމިޓް އިތުރުކުރާނެ ނިޒާމެއް ގާއިމްކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެ ބޭންކުން ބުނީ ކަސްޓަމަރުންނަށް ޑޮލަރުގެ އެހީތެރިކަން ދެވެން އޮންނަނީ ބޭރު ފައިސާ ގަތުމަށް ބޭންކަށް ލިބޭ އަދަދެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމަކު ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިދިޔަ ހަފްތާގައި ވިދާޅުވީ، އަމާޒަކީ ކަނޑައެޅި ތާރީހަށް ދަރިވަރުންނަށް ލިމިޓު ބޮޑު ކުރުން ކަމަށާއި އެކަމަކު އެކަން ކަނޑައަޅާނީ ބީއެމްއެލްގެ ބޯޑުން ނިންމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފްތާއާ ހަމައަށް މަޝްވަރާ ކުރަން ދެ މީޓިންއެއް ބީއެމްއެލްއާ އެކު ބޭއްވި ކަމަށް ޝަފީގު ވިދާޅުވި އެވެ.