29 ޖެނުއަރީ 2024
ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ކިޔަވާފައިވާ ކަމަށް ހަދައިގެން ފޭކް ސެޓްފިކެޓްތަކެއް ގެންގުޅޭތީ އެކަމަށް ވަޒީފާ ދޭ ފަރާތްތަކާއި މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އެދިއްޖެ އެވެ.
ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ކިޔަވާފައިވާ ކަމަށް ހަދައިގެން ފޭކް ސެޓްފިކެޓްތަކެއް ގެންގުޅޭތީ އެކަމަށް ވަޒީފާ ދޭ ފަރާތްތަކާއި މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އެދިއްޖެ އެވެ.
އެމްކިޔުއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުން ކުރިއަށް ގެންދާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރުމުންދޭ "ލޯކަލް" ސެޓްފިކެޓްތަކުގައި "ރިކޮގްނިޝަން" ތައްގަނޑު ޖެހުން ސެޕްޓެމްބަރު 1، 2016 ގައި ވަނީ ހުއްޓާލައިފަ އެވެ.
އެކަމަކު އެ އޮތޯރިޓީގެ ފޭކު ރިކޮގްނިޝަން ތައްގަނޑާއި މުވައްޒަފެއްގެ ސޮއި ކޮށްފައިވާ ސެޓްފިކެޓްތަކެއް ބޭނުންކުރަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ފޭކް ސެޓްފިކެޓް ބޭނުންކުރުމުގެ ސަބަބުން ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގަށް އުނިކަން އަންނަ ކަމަށާއި އެއީ އެ އޮތޯރިޓީން މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތާ މެދު ވެސް އާންމުންގެ މެދުގައި ސުވާލު އުފެދެން މެދުވެރިވާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
"މިފަދަ ކަންކަމަށް މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުންނާއި ވަޒީފާ ދޭ ފަރާތްތަކުން ސަމާލުކަން ދެއްވުމަކީ މި އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެއް،" ބަޔާނުގައިވެ އެވެ.
އެކަން ކުށްވެރިކޮށް ނެރުނު އެ ބަޔާނުގައި އެމްކިޔުއޭ އިން ބުނީ އެ މައްސަލަ ބެލުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅެމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.
ފެންވަރު ވަޒަންކުރުން ހަރުދަނާކުރާނަން: އެމްކިޔުއޭ
އެމްކިއުއޭ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެގޮތް ހަދަނީ
އެސަސްމަންޓްތަކުން 50 ޕަސެންޓް ހޯދުން ލާޒިމް ކޮށްފި
ޕީއެޗްޑީ ގަބޫލުކުރަން އެންގި ހުކުމް އިސްތިއުނާފް ކުރަނީ
ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން ހައިކޯޓުން ހުކުމްކޮށްފި
ހުއްދަ ލިބިފައިވާ ކޯހެއްކަން ކަށަވަރުކުރަން އެދިއްޖެ
ޓީޗިން ކޯސްތައް އޮންލައިންކޮށް ނުގެންދެވޭނެ: އެމްކިއުއޭ
ގުރުއާން ކޯސްތަކަށް މިނިމަން ސްޓޭންޑަޑެއް ކަނޑައަޅައިފި
ގަވާއިދާ ހިލާފަށް ކޯސް ހިންގާތީ "ބްލެކްލިސްޓް" އަށް
މަތީ ތައުލީމާ މެދު ސުވާލު: ހައްލުކުރެވިދާނެ ބާ؟