25 ސެޕްޓެމްބަރ 2016
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހެދުމަށް ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ (އެންސީއައިޓީ)އާ މިއަދު ހަވާލުކޮށްފި އެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހެދުމަށް ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ (އެންސީއައިޓީ)އާ މިއަދު ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި އެމްކިއުއޭގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ. އެންސީއައިޓީން ސޮއިކުރެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ އެވެ.
އެމްކިއުއޭގައި މި ސިސްޓަމް ގާއިމްކުރުމަށް އެންސީއައިޓީއާ ހަވާލުކުރީ ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގާ "އެންހޭންސިން އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުންނެވެ.
ކޮލިފިކޭޝަން އިންފޮމޭޝަން ސިސްޓަމެއް ގާއިމްކުރުމުން، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން މަތީ ތައުލީމުދޭ މަރުކަޒުތަކަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް އެމްކިއުއާ މައުލޫމާތު ހިއްސާކުރެވޭނެ އެވެ. އަދި ކޯސްތައް ހިންގުމުގެ ހުއްދަ ހޯދުމާއި އެމްކިއުއޭ އިން އެހެނިހެން ހިދުމަތްތައް ހޯދުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ރާއްޖެއާއި ރާއްޖޭން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިނގާ ކޯސްތަކުގައި ބައިވެރިވުމުގެ ކުރިން އިންސްޓިޓިއުޓް އެންޑް ޕްރޮގްރާމް ރިކޮގްނިޝަން ލިޔުން ހޯދުމަށް މި ސިސްޓަމްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އޮތޯރިޓީއަށް ހުށަހެޅޭނެ އެވެ.
ކޮލިފިކޭޝަން އިންފޮމޭޝަން ސިސްޓަމްގެ ހިދުމަތްތައް ކުރިއަށް އޮތް ހަތް މަސް ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް އެމްކިޔުއޭއިން ބުންޏެވެ.
ފޭކް ސެޓްފިކެޓްތަކެއް ގެންގުޅޭތީ ސަމާލުވާން އެދިއްޖެ
"އަރަބިއްޔާގެ ބަޖެޓު ނުހިމެނުނީ އިދާރީ އޮޅުމަކުން"
ޓީޗިން ކޯސްތައް އޮންލައިންކޮށް ނުގެންދެވޭނެ: އެމްކިއުއޭ
ޓީޗަރުންގެ އެޓެންޑެންސް އެލަވަންސް 4000 އިން މަތި
މުސާރައިގެ މައްސަލަ: މިއީ މޫނުމަތީގައި ޖެހި ތަފާލެއް!
އަންނަ އަހަރު އިތުރު 400 ޓީޗަރުން ނަގަނީ
ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު ތާށިވެފައި!
ދަރުމަވަންތަ އިމާރާތް ހަވާލުކުރީ ސެލެކްޓިވް ބިޑިންއަކުން
ފެންވަރު ވަޒަންކުރުން ހަރުދަނާކުރާނަން: އެމްކިޔުއޭ
އެސަސްމަންޓްތަކުން 50 ޕަސެންޓް ހޯދުން ލާޒިމް ކޮށްފި