Roadha Mihaaru
ޖަރުމަނު ލީގުގައި ފުރަތަމަ ފަހަރަށް އަންހެން ކޯޗެއް

ޖަރުމަނު ލީގުގެ ފުރަތަމަ ފަހަރަށް އަންހެން ކޯޗަކު އިރުޝާދު ދީފި

29 ޖެނުއަރީ 2024

ބާލިން (ޖެނުއަރީ 29) - ޖަރުމަނުގެ ބުންޑެސް ލީގާގައި ޔޫނިއަން ބާލިންއިން ރޭ ޑާމްސްޓަޓްއާ ދެކޮޅަށް ކުޅުނު މެޗުގައި ޔޫނިއަން ބާލިންގެ ކޯޗުގެ ގޮތުގައި ފުރަތަމަ ފަހަރަށް އަންހެން ކޯޗަކު އިރުޝާދު ދީފި އެވެ.

ރެލިގޭޝަން ޒޯނާ ކައިރީގައި އޮތް ޔޫނިއަން ބާލިން އަށް އެ ޓީމުގެ އެސިސްޓެންޓް ކޯޗު މެރީ-ލުއީސް އެޓާ ރޭގެ މެޗުގައި އިރުޝާދު ދިނީ، ހެޑް ކޯޗު ނޭނާޑް ބެޖެލިކާ ތިން މެޗަށް ސަސްޕެންޑް ކޮށްފައި ވުމުންނެވެ. ރޭ ގެ މެޗަކީ އޭނާގެ ސަސްޕެންޝަނުގެ ފުރަތަމަ މެޗެވެ.

އެޓާގެ އިރުޝާދުގެ ދަށުން ކުޅެ، 1-0 ން މެޗު ކާމިޔާބުކޮށް ޔޫނިއަންއިން ވަނީ ރެލިގޭޝަން ޒޯނާ ފަސް ޕޮއިންޓް ދުރަށް ޖެހިލައިފަ އެވެ. އަންހެން ޗެމްޕިއަންސް ލީގު 2010 ގައި ކާމިޔާބުކޮށްފައިވާ އުމުރުން 32 އަހަރުގެ އެޓާ ވަނީ މީގެ ކުރިން ޔޫނިއަންގެ ޔޫތު ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ބޮރޫޝިއާ ޑޯޓްމުންޑުން ވަނީ ރޭ ބޯކްމްގެ މައްޗަށް 3-1 ން މޮޅުވެފަ އެވެ. ޖަރުމަން ލީގުގެ އެއްވަނައިގައި އޮތީ ޒަބީ އޮލޮންސޯ ކޯޗުކޮށްދޭ ބަޔާން ލެވަކޫސަން އެވެ. އަބަދުވެސް ތައްޓާ ރަށްޓެހި ބަޔާން އޮތީ ދެވަނައިގަ އެވެ.