25 ޖެނުއަރީ 2024
ރާއްޖޭގެ ބޭންކްތަކުގެ ޑޮލަރު ލިމިޓާ ހެދި ސްރީ ލަންކާ މަސައްކަތްތެރިން ރާއްޖޭގެ ބޭންކްތަކުގެ ބަދަލުގައި "ހަވާލާ" އުސޫލުން ގައުމަށް ފައިސާ ފޮނުވަމުން ދާތީ އެކަމަށް ހައްލެއް ހޯދައިދޭން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ލަންކާގެ ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގެންފި އެވެ.
ރާއްޖޭގެ ބޭންކްތަކުގެ ޑޮލަރު ލިމިޓާ ހެދި ސްރީ ލަންކާ މަސައްކަތްތެރިން ރާއްޖޭގެ ބޭންކްތަކުގެ ބަދަލުގައި "ހަވާލާ" އުސޫލުން ގައުމަށް ފައިސާ ފޮނުވަމުން ދާތީ އެކަމަށް ހައްލެއް ހޯދައިދޭން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ލަންކާގެ ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގެންފި އެވެ.
ލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، ސްޓޭޓް މިނިސްޓަރު ޝޭހަން ސެމާސިންގުގެ ކިބައިން، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މެންބަރުން ވަނީ ރާއްޖޭގައި މަސައްކަތްކުރާ ލަންކާ މަސައްކަތްތެރިންނަށް ބޭންކް އޮފް ސިލޯން މެދުވެރިކޮށް އެހީތެރިވުމަށް އެދިފަ އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ރިޒާވް ވަނީ ވޭތުވެދިޔަ ދެ ތިން މަހު ވަރަށް ބޮޑަށް މަދުވެފަ އެވެ. ރިޒާވްގެ ޑޮމެސްޓިކް އެސެޓް އިތުރުވުމުގެ ސަބަބުން ރިޒާވްގެ އަދަދު ދަށަށް ގޮސް ޑޮލަރުގެ ތާށިކަން ވަނީ އިތުރުވެފަ އެވެ.
ލަންކާގެ ފޮރިން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި އެ ގައުމުގެ 15،000-20،000 އާ ދެމެދުގެ އަދަދެއްގެ މީހުން ވަޒީފާ އަދާކުރެ އެވެ. އޭގެ ތެރޭގައި ރިސޯޓުތަކުގެ މަތީ ފަންތީގެ ވަޒީފާތަކުން ފެށިގެން ލޭބަރުންނާއި ހައުސްމެއިންޑުން އުޅެ އެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ވީރަސުމާނާ ވީރާސިންގް ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރާ ލަންކާ ބައެއް މުވައްޒަފުންނަށް 1،000 ޑޮލަރާއި 3،000 ޑޮލަރާ ދެމެދުގެ މުސާރައެއް ކޮންމެ މަހަކު ލިބޭ އިރު ބޭންކް މެދުވެރިކޮށް ފޮނުވެނީ 250 - 300 ޑޮލަރާ ދެމެދުގެ އަދަދެއް ކަމަށެވެ. "ކޮމާޝަލް ބޭންކުން 300 ޑޮލަރު ދޭއިރު ބޭންކް އޮފް ސިލޯނުން 250 ޑޮލަރު މި ދޫކުރަނީ. އެހެންވީމާ މުވައްޒަފުން މަޖުބޫރުވަނީ ބޭންކުން ބޭރުން [ހަވާލާ] ކޮށް ފައިސާ ފޮނުވަން. މިކަމުގައި އެހީވާން ސަރުކާރަށް ގޮވާލަން،" އޭނާ ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރު ވަނީ ރާއްޖޭގައި މަސައްކަތްކުރާ ލަންކާ މުވައްޒަފުންނަށް މުސާރަ ގައުމަށް ފޮނުވުމުގައި ދިމާވާ ދަތިތައް ބަލާނެ ކަމަށް ވިދާޅުވެފަ އެވެ.
ޑޮލަރުގެ ތާށިކަމާ ހެދި ލަންކާގެ މުވައްޒަފުންނަށް ފައިސާ ނުފޮނުވޭ މައްސަލަ ދިމާވެފައިވާ އިރު ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިވަގުތު ހުރީ ޑޮލަރެއް 18.20ރ. އާއި 18.30ރ. އާ ދެމެދުގަ އެވެ.
އަޅާނުލައި ތިއްބާ ޑޮލަރުގެ އަގު 17ރ.ގައި ހަރުލައިފި
ޑޮލަރުގެ ކަޅު ބާޒާރަށް ގުނޑުން އަރައިފި
ހުއްދަ ނެތި ޑޮލަރު މާރުކުރާ ދެ ތަނެއް ބަންދުކޮށްފި
ޑޮލަރަށް ޖެހުން ހައްލު ކުރާނީ ކިހިނެއް؟
ބޭންކު މެދުވެރިކޮށް ޑޮލަރު މާރުކުރަން މަޖުބޫރުކުރަނީ
ޓެކްސް އާއި ޕެންޝަން ޑޮލަރުން ދައްކަން ޖެހޭގޮތް ހަދަނީ
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަނެއްކާ ވެސް ވެއްޓިއްޖެ
ޑޮލަރުގެ މައްސަލައަށް ފިޔަވަޅުތައް އެކުލަވައިލަނީ
ވިޔަފާރިތަކަށް ޑޮލަރު ހޯދަން ވަރަށް ދަތި:މަޓާޓޯ
އާމްދަނީ އިތުރުވިޔަސް ޑޮލަރުން ދެއްކި އަދަދު ދަށަށް