Roadha Mihaaru

ރާއްޖޭގެ އެހީގައި އިންޑިއާގައި ފެށި ސީޕްލޭން ދަތުރުތައް ހަރަދު ބޮޑުކަމުން ހުއްޓާލައިފި

ރާއްޖޭގައި އެހީގައި އިންޑިއާގެ ގުޖުރާތުގައި ފެށި ސީޕްލޭން ދަތުރުތައް ހުއްޓާލީ ހަރަދު ބޮޑުވެގެން ކަމަށް ކަމަށް އެ ސްޓޭޓުގެ ސަރުކާރުން ބުނެފި އެވެ.

ހަރަދުބޮޑުކަމުން އިންޑިއާގެ ސީޕްލޭން ދަތުރު ހުއްޓާލައިފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

21 ޖެނުއަރީ 2024

ރާއްޖޭގައި އެހީގައި އިންޑިއާގެ ގުޖުރާތުގައި ފެށި ސީޕްލޭން ދަތުރުތައް ހުއްޓާލީ ހަރަދު ބޮޑުވެގެން ކަމަށް ކަމަށް އެ ސްޓޭޓުގެ ސަރުކާރުން ބުނެފި އެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އަހުމަދު އާބާދު ސްޓޭޓު ގާނޫނު ހަދާ މަޖިލީހުގައި މެންބަރަކު ކުރި ސުވާލުގެ ޖަވާބުގައި އެ ސްޓޭޓުން ބުނީ ސީޕްލޭން ހިދުމަތް 2021 ވަނަ އަހަރު ހުއްޓާލީ ހިންގުމުގެ ހަރަދު މާ ބޮޑުވުމުން ކަމަށެވެ. ސީޕްލޭން ހިދުމަތް ދޭން 1.6 މިލިއަން ޑޮލަރު (25 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވާ ކަމަށް ސަރަހައްދީ ސަރުކާރުން ބުންޏެވެ.

އިންޑިއާގެ އަހުމަދުއާބާދުގެ ސަބަރުމަތީ ވޯޓާ ފްރަންޓާއި ކެވަޑިއާގެ ސްޓެޗޫ އޮފް ޔުނިޓީއާ ދެމެދު ކުރާ މި ދަތުރުތައް ފެށީ 2020 އަހަރު އެވެ. އޭރު ދަތުރު ފެށީ ދުވާލަކު އަށް ދަތުރުކުރާ ގޮތަށެވެ.

މިއީ އިންޑިއާގައި ފުރަތަމަ ފަހަރަށް މިގޮތަށް ބޭއްވި ސީޕްލޭން ދަތުރުތައް ކަމަށް ވާތީ ހާއްސަ ހަފްލާއެއްގައި އެކަން ފައްޓަވައިދެއްވީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އެ ދަތުރުތައް ފެށީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ޕައިލެޓުންނާއި ކްރޫން ބޭނުންކޮށްގެންނެވެ. މި ދަތުރުތައް ކުރީ ސްޕައިސް ޖެޓާ ގުޅިގެންނެވެ. ދަތުރުތަކުގައި ބޭނުންކުރީ 19 ސީޓުގެ ސީޕްލޭނެކެވެ.

ދަތުރުތައް ހުއްޓާލި ނަމަވެސް، އަލުން ދަތުރުތައް ފަށަން ޕްލޭންކުރަމުން އަންނަ ކަމަށް ވެސް ގުޖުރާތު ސަރުކާރުން ބުންޏެވެ.