Roadha Mihaaru
ޑްރަގް އެތެރެކުރިކަމަށް ތުހުމަތުވާ ދެމަފިރިން ބަންދަށް

ރާއްޖެ އަށް ޑްރަގް އެތެރެކުރި ކަމަށް ތުހުމަތުވާ ދެމަފިރިންގެ ބަންދަށް 15 ދުވަސް!

19 ޖެނުއަރީ 2024

ރާއްޖެ އިން ބޭރުން އައިއިރު ގެނައި ފޮއްޓަކުން ފެނުނު މަސްތުވާތަކެއްޗާ ގުޅިގެން ދެމަފިރިއަކު ހައްޔަރުކޮށް، ތަހުގީގުގެ ބޭނުމަށް 15 ދުވަސް ވަންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އިއްޔެ އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އިން ބޭރުން އައިއިރު ގެނައި ފޮއްޓަކުން ފެނުނު މަސްތުވާތަކެއްޗާ ގުޅިގެން ދެމަފިރިއަކު ހައްޔަރުކޮށް، ތަހުގީގުގެ ބޭނުމަށް 15 ދުވަސް ވަންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އިއްޔެ އަންގައިފި އެވެ.

ބަންދު އަމުރުގައިވާ ގޮތުން އުމުރުން 27 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ އަންހެނަކު ރާއްޖެ އިން ބޭރުން އައި އައިއިރު ގެނައި ފޮށިން ހަ ޕެކެޓު ފެނިފައިވާއިރު، އެ ތަކެތި ރެސިމޭޓަށް ޕޮޒިޓިވްވެފައި ވި އެވެ. އޭގެ ބަރުދަނުގައި 994 ގްރާމް ހުރި ކަމަށް ތަހުލީލުން ދައްކާ ކަމަށް ވެސް، ފުލުހުންނާ ހަވާލައިދީ ކޯޓު އަމުރުގައި ވެ އެވެ.

އެ ފިރިހެން މީހާގެ ކުޑަކަމުދާ ތަކެތި ވަނީ ސީއޯސީ، ޓީއެޗްސީ އަދި ބެންޒޯއަށް ޕޮޒިޓިވް ވެފަ އެވެ.

ބަންދު މަޖިލީހުގައި އެ މީހާ ބުނެފައިވާ ގޮތުން، އެ ލަގެޖަކީ އެހެން މީހަކު އޭނާއާ ހަވާލުކުރި އެއްޗެކެވެ. އެ ތަކެއްޗަކީ އެ ފިރިހެން މީހާގެ ތަކެތި ނޫން ކަމަށް ވެސް ބުންޏެވެ

ލަގެޖުގެ ތެރެއިން ދެމަފިރިންގެ އަންނައުނު ކަމަށް ބެލެވޭ ތަކެތި ފެނުނަސް، އަންހެން މީހާ ވަނީ އެ މަސްތުވާތަކެއްޗަކީ އޭނާއާ އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫން ކަމަށް ބުނެފަ އެވެ. ލަގެޖުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ވެސް އޭނާ ބުނެފައިވާ ކަމަށް އަމުރުގައި ވެ އެވެ.

އަންހެން މީހާގެ އަތް ދަބަހެއްގެ ތެރެއިން 1،751 ޑޮލަރު ވެސް ފެނިފައި ވެ އެވެ.