Roadha Mihaaru
ޓޮމްގެ ކެންޑިޑެސީ ބާތިލްކުރި މައްސަލަ އިސްތިއުނާފަށް

ޓޮމްގެ ކެންޑިޑެސީ ބާތިލްކުރި މައްސަލަ އިސްތިއުނާފްކޮށްފި

13 ޖެނުއަރީ 2024

މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަން އަހުމަދު ތޯރިގް (ޓޮމް) ހުށަހެޅި ކެންޑިޑެސީ ބާތިކްކުރި މައްސަލަ އެޕީލް ކޮށްފި އެވެ.

މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަން އަހުމަދު ތޯރިގް (ޓޮމް) ހުށަހެޅި ކެންޑިޑެސީ ބާތިކްކުރި މައްސަލަ އެޕީލް ކޮށްފި އެވެ.

ބުދަ ދުވަހުގެ ހަވީރު އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ތޯރިގްގެ ކެންޑިޑެސީ ބާތިލްކުރަން ނިންމީ، ކްލަބް ވެލެންސިއާގެ ތާއީދު ސިޓީގެ މައްސަލައިގައި، އޭނާ އަތުގައި ފުރަތަމަ ޑިވިޝަންގެ ތާއީދު މަދުވުމުންނެވެ.

މައްސަލަ އެޕީލް ކުރުމުގެ ކުރިން، އެފްއޭއެމްގައި ސައްހަ އެޕީލް ކޮމިޓީއެއް އޮތް ކަމަށް ސުވާލު އުފެދުނެވެ. އެއީ މިދިޔަ އަހަރުގެ އެފްއޭއެމް ކޮންގްރެސްގެ ޔައުމިއްޔާގައި ވާގޮތުން، އެ ކޮންގްރެސްގައި ހޮވާފައި ވަނީ އިލެކްޓޯރަލް ކޮމިޓީއެއް އެކަންޏެވެ. އެޕީލް ކޮމިޓީއެއް މި ކޮންގްރެސް އިން ނުހޮވަ އެވެ.

އިލެކްޓޯރަލް ކޮމިޓީގެ ޗެއާމަނަކަށް އަބްދުﷲ އަލީ އައްޔަނުކޮށްފައި ވާއިރު، ޑެޕިއުޓީ ޗެއާމަކަނަށް އައްޔަނު ކޮށްފައި ވަނީ އަހުމީމް އަބްދުއްރައްޒާގެވެ. އަދި ކޮމިޓީގެ ތިންވަނަ މެމްބަރަތަކަށް އައްޔަންކޮށްފައި ވަނީ އަބްދުﷲ އަލީ އެވެ.

އެފްއޭއެމްގެ އިލެކްޓޯރަލް ކޯޑް 2015 ވަނަ އަހަރު ވަނަ އަހަރުގެ އެޑިޝަންގެ 12 ވަނަ މާއްދާގެ އެއްވަނަ ބާބުގައި ބުނެފައި ވާގޮތުން، "އިންތިހާބުގެ އިސްތިއުނާފު ކޮމިޓީގެ ތިން މެންބަރުން ހޮވަނީ އެފްއޭއެމްގެ އިންތިހާބީ ގާނޫނުގައިވާ ގޮތުގެ މަތިން، އިންތިހާބީ ކޮމިޓީގެ މެމްބަރުންނާ އެއް ވަގުތެއްގައި ހަތަރު އަހަރުގެ ދައުރަކަށެވެ. މީގެ ތެރެއިން އެކަކީ ގާނޫނީ ތަމްރީނު ލިބިފައިވާ މެންބަރެކަށް ވާން ވާނެ އެވެ."

އެކަމަކު އެފްއޭއެމުން ވަނީ ތޯރިގަށް އެޕީލް ކުރުމުގެ ހައްގު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

އިންތިހާބަށް ކެންޑިޑެސީ ފޯމް ފުރަތަމަ ހުށަހެޅީ ތޯރިގެވެ. ވެލެންސިއާގެ ޗެއާމަން އަބްދުﷲ އަޒްމީނާ ވެސް އެކު އެފްއޭއެމް ހައުސް އަށް ވަޑައިގެން ތޯރިގް ފޯމު ހުށަހެޅީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. އެ ދުވަހު ފަހުން މުފާވިޒް ހާޝިމް (މުފާ) އޭނާގެ ކެންޑިޑެސީ ހުށަހަޅާފައި ވަނީ ވެސް ވެލެންސިއާގެ ތާއީދު ސިޓީއަކާ އެކު އެވެ.

ނަމަވެސް އެއް ކްލަބަކުން ދެ ކެންޑިޑޭޓަކަށް ތާއީދު ސިޓީ ދިނުމަކީ ފީފާގެ އުސޫލާ ހިލާފް ކަމަކަށް ވާތީ، މިދިޔަ ބުދަ ދުވަހު އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވަނީ ވެލެންސިއާގެ ތާއީދު ބާތިލް ކޮށްފަ އެވެ.

ވެލެންސިއާގެ ތާއީދު ބާތިލް ކުރުމާ ގުޅިގެން ތޯރިގު އަތުގައި ފުރަތަމަ ޑިވިޝަންގެ ތިން ކްލަބްގެ ތާއީދު ހަމަ ނުވާތީ އޭނާގެ ކެންޑިޑެސީ ވެސް ބާތިލުވީ އެވެ.

ތޯރިގުގެ ކެންޑިޑެސީ ހުށަހެޅީ ވެލެންސިއާ ހިމެނޭހެން ފުރަަތަމަ ޑިވިޝަންގެ ތިން ކްލަބެއްގެ ތާއީދާ އެކު އެވެ. ވެލެންސިއާގެ އިތުރުން ތޯރިގު ވަނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސްގެ ތާއީދު ސިޓީ ހޯދައިފަ އެވެ.

އެފްއޭއެމްގެ ގަވައިދު ބުނާގޮތުން އިންތިހާބަށް ކުރިމަތި ލެވޭނީ މަދުވެގެން ފުރަތަމަ ޑިވިޝަންގެ ތިން ކްލަބްގެ ތާއީދު ލިބިގެންނެވެ. ވެލެންސިއާގެ ތާއީދު ބާތިލް ކުރި އަސް މުފާވިޒް އަތުގައި ފުރަތަމަ ޑިވިޝަންގެ ހަސް ކްލަބް އެބަ އޮތެވެ. އެއީ ކްލަބް ގްރީން ސްޓްރީޓްސް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ބުރު ސްޕޯޓްސް ކްލަބް އަދި އޭނާގެ ކްލަބް އީގަލްސް އެވެ.

އެޕީލް ކުރުމުގެ މުއްދަތު މިއަދުގެ ހަވީރު 4 ޖަހާއިރު ހަމަވާނެ އެވެ. އެޕީލް ކޮށްގެން ޓޮމް އަށް ކާމިޔާބު ނުހޯދިއްޖެ ހާލަތެއްގައި އެފްއޭއެމްގެ އިންތިހާބުގައި، ރައީސަކަށް ހޮވަން މުފާވިޒްގެ ޓީމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ.