28 ޑިސެމްބަރ 2023
ސްރީ ލަންކާގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި އޮޕަރޭޝަންގެ ފުރަތަމަ ހަފްތާގައި 15،000 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފި އެވެ.
ސްރީ ލަންކާގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި އޮޕަރޭޝަންގެ ފުރަތަމަ ހަފްތާގައި 15،000 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފި އެވެ.
ސިފައިންގެ ވެސް ބައިވެރިވުމާ އެކު ފުލުހުން ހިންގާ އޮޕަރޭޝަންގައި މިހާތަނަށް 440 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގެންފައިވާ ކަމަށާއި އޭގެ ތެރޭގައި 272 ކިލޯ ކެނަބިސް އާއި 35 ކިލޯ ހަޝިޝް އަދި ނުވަ ކިލޯ ހެރޮއިން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ލަންކާގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން މިހާރު ލަންކާ ބޭނުންކުރަނީ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގަ އެވެ.
ކުރިއަށްގެންދާ އޮޕަރޭޝަންގެ މައުލޫމާތު ހާމަކޮށް ފުލުހުން ނެރުނު ބަޔާނުގައި ބުނީ މަސްތުވާތަކެއްޗާ ގުޅުން ހުރި އެކި މައްސަލަތަކުގެ ތުހުމަތަށް 13،666 މީހަކު ހައްޔަރުކޮށްފައި ވާއިރު މަސްތުވާތަކެއްޗަށް ދެވި ހިފާފައި ތިބި 1،100 މީހަކު އަސްކަރިއްޔާގެ ރިހެބިލިޓޭޝަން ސެންޓަރުތަކަށް ގެންގޮސްފައިވާ ކަމަށެވެ.
ލަންކާގެ ނޫސްތަކުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މަސްތުވާތަކެތި ހޯދަން ސިފައިންނާއި ފުލުހުން ކުއްތާތައް ހިފައިގެން ކޮލަމްބޯ އާއި އެކި ސަރަހައްދުތަކުގެ އާންމުންގެ ގޭގެޔަށާއި އެކި ތަންތަނަށް ދަނީ ވަންނަމުންނެވެ.
ފުލުހުން ބުނީ ކްރިސްމަސް އަށް ސިފައިންނާއި ފުލުހުންގެ އެހެން ޑިއުޓީތައް ހުރުމުން އޮޕަރޭޝަން މެދުކަނޑާލުމަށް ފަހު އަންގާރަ ދުވަހުގެ ފަހުން އަލުން ފަށާފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި ތަންތަން ފާސްކޮށް މީހުން ހައްޔަރުކުރަނީ ކޯޓު އަމުރު ހޯދުމަކާ ވެސް ނުލަ އެވެ. އެހެންވެ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ބުނަނީ މިއީ ޣައިރު ގާނޫނީ އޮޕަރޭޝަނެއް ކަމަށެވެ. އަދި އޮޕަރޭޝަން ބޮޑަށް އަމާޒުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ އާދައިގެ މީހުންނަށް ކަމަށާއި މި ވިޔަފާރި ފުޅާކޮށް ކުރާ މީހުންނާ ހިސާބަށް ނުދާ ކަމަށް ވެސް އެކްޓިވިސްޓުން ތުހުމަތުކުރެ އެވެ. -- އޭއެފްޕީ
ލަންކާ ސިފައިން 262 ކިލޯގެ ޑްރަސް އަތުލައިގެންފި
ޔޫރަޕުން ލަންކާއަށް ޑްރަގް ފޮނުވާ ފަސް މީހަކު އެބަތިބި
ލަންކާގެ އޮޕަރޭޝަނުގައި 56،000 މީހުން ހައްޔަރު
ލަންކާގެ ޑްރަގް އޮޕަރޭޝަން ހުއްޓާލަން ގޮވާލައިފި
ލަންކާ ސިފައިން މަސްބޯޓަކުން 65 ކިލޯ ޑްރަގް ހޯދައިފި
ލަންކާގެ ޑްރަގް އޮޕަރޭޝަން ދެ ގުނަ ފުޅާކުރަނީ
ލަންކާގެ ޑްރަގާ ދެކޮޅު އޮޕަރޭޝަނަށް އދ.ގެ ނުރުހުން
ލަންކާގެ މަސްބޯޓަކުން 245 ކިލޯ ޑްރަގް އަތުލައިގެންފި
ލަންކާގެ ޑްރަގް އޮޕަރޭޝަންގައި އިއްޔެ 822 ހައްޔަރު
ލަންކާގައި ޑްރަގް ވިއްކާ މީހެއްގެ ހޮޓަލެއް ތަޅާލައިފި