11 ފެބުރުއަރީ 2024
މަސްތުވާތަކެއްޗާ ދެކޮޅަށް ސްރީ ލަންކާގައި ފެށި ބޮޑު އޮޕަރޭޝަނަށް 50 ދުވަސް ވީއިރު އެކި ކުށްތަކުގެ ތުހުމަތުގައި 56،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީން ބުނެފި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ސްރީ ލަންކާގައި ފެށި ބޮޑު އޮޕަރޭޝަނަށް 50 ދުވަސް ވީއިރު އެކި ކުށްތަކުގެ ތުހުމަތުގައި 56،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 49،558 މީހުންނަކީ މަސްތުވާތަކެތީގެ އެކި ކުށްތަކުގައި ތުހުމަތުކުރެވޭ މީހުން ކަމަށެވެ.
މި މުއްދަތުގައި، ކުށުގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ އަތުން ފެނުނު ކުށް ކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ މުދާ ވެސް ހިފަހައްޓާފައި ވާއިރު އެފަދަ ތަކެތީގެ އަގު 725 މިލިއަން ރުޕީސް (2.3 މިލިއަން ޑޮލަރު) އަށް އަރާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އަދި އަތުލައިގަތް މަސްތުވާތަކެތީގެ އަގު 7.73 ބިލިއަން ރުޕީސް (25 މިލިއަން ޑޮލަރު) އަށް އަރާ ކަމަށް ވެސް ބުންޏެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 27 ގައި ލަންކާ ފުލުހުން ސިފައިންނާ ގުޅިގެން އޮޕަރޭޝަން ފެށީ މަސްތުވާތަކެތީގެ މައްސަލަ ގައުމުގައި ބޮޑުވެ ގައުމީ ސަލާމަތަށް ނުރައްކާ ވެފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު މި އޮޕަރޭޝަންގައި ގާނޫނާ ހިލާފަށް މީހުން ހައްޔަރުކުރުމާއި ތަންތަން ފާސްކުރުމުގެ އަމަލުތައް ހިންގާ ކަމަށް ބުނެ ފާޑުކިޔުން އޮތީ އަމާޒުވެފަ އެވެ.
އދ. އިން ވެސް މި އޮޕަރޭޝަން ހުއްޓާލަން ގޮވާލި ނަމަވެސް ލަންކާއިން އެކަމަށް އިޖާބައެއް ނުދެ އެވެ.
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ލަންކާ ސިފައިން 262 ކިލޯގެ ޑްރަސް އަތުލައިގެންފި
ޔޫރަޕުން ލަންކާއަށް ޑްރަގް ފޮނުވާ ފަސް މީހަކު އެބަތިބި
ލަންކާގެ ޑްރަގް އޮޕަރޭޝަން ހުއްޓާލަން ގޮވާލައިފި
ލަންކާ ސިފައިން މަސްބޯޓަކުން 65 ކިލޯ ޑްރަގް ހޯދައިފި
ލަންކާގެ ޑްރަގް އޮޕަރޭޝަން ދެ ގުނަ ފުޅާކުރަނީ
ލަންކާގެ ޑްރަގާ ދެކޮޅު އޮޕަރޭޝަނަށް އދ.ގެ ނުރުހުން
ލަންކާގެ މަސްބޯޓަކުން 245 ކިލޯ ޑްރަގް އަތުލައިގެންފި
ލަންކާގެ ޑްރަގް އޮޕަރޭޝަންގައި އިއްޔެ 822 ހައްޔަރު
ލަންކާގައި ޑްރަގް ވިއްކާ މީހެއްގެ ހޮޓަލެއް ތަޅާލައިފި