27 ޑިސެމްބަރ 2023
އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އާ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުން ލަސްކޮށް، ސަރުކާރަށް ދަތިކުރާތީ މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އާ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުން ލަސްކޮށް، ސަރުކާރަށް ދަތިކުރާތީ މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އަހުމަދުގެ އެމްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރާ މެންބަރުންނަށް ރުހުން ދިނުމަކީ މަޖިލީހުގެ މައްޗަށް ލާޒިމް ކަމަކަށްވާ އިރު އެ ބޭފުޅުންނަށް ރުހުން ނުދީ މިހާ ލަސްވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ވަޒީރުންނަކީ ދައުލަތް ހިންގުމުގެ އާއްމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސަށް މަޝްވަރާ ދިނުމާއި އެހީތެރިވެދިނުމާއި ގާނޫނުއަސާސީއާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސިޔާސަތުތައް ކަނޑައަޅާ ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރާ ބައެއް ކަން ފާހަގަކޮށް، އެމްޑީއޭ އިން ބުނި ގޮތުގައި ރުހުން ލަސްކުރުމަކީ ރައްޔިތުންގެ ވެސް ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ.
އެ ޕާޓީން ބުނީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ހޮވާފައިވާ ސަރުކާރަކަށް ދަތިވާ ގޮތަށް ދައުލަތުގެ އެއްވެސް ބާރަކުން އަމަލު ކުރުން ބަލައިނުގަނެވޭ ކަމަށެވެ.
މި ދައުރު ނިމުމުގެ ކުރިން ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ނިންމައިދިނުމަށް މަޖިލީހުގެ ރައީސްގެ އަރިހުން އެ ޕާޓީން އެދިފައިވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސަށް ތާއީދުކުރި އެމްޑީއޭއިން ބުނެފައިވެ އެވެ.
މާދަމާއަށް މި އަހަރުގެ މަޖިލީހުގެ ފަހު ޖަލްސާ އެޖެންޑާކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފަހު ދައުރު މާދަމާ ނިންމާލައި މެމްބަރުން ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މަސައްކަތް "ޕާކް" ކުރުމަށް ފަހު ކަމަށް ވަނީ ބެލެވިފަ އެވެ.
އަޅުގަނޑު ފިޔަވައި ލީޑަރަކު ތެދެއް ނުހައްދަވާ: ސިޔާމް
އާ މަޖިލިހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތުގައި ސިޔާމް
ވަޒީރުންނަށް ރުހުން ދިނުމަށް ކޮމިޓީއަށް ފޮނުވަނީ
ވަޒީރަކު ބަދަލު ކުރާކަށް ލާހިކެއް ނޫން: މައުރޫފް
އެ އުޅެނީ ދައުލަތް ހުއްޓުވާލަން، ސަމާލުވޭ: ނިހާން
ވާނުވާ ނޭނގޭ، ބަޖެޓު އަނބުރާ ފޮނުވާލަންޖެހޭ: ސިޔާމް
ވިޔަފާރިވެރިން ގަޔާނުވިޔަސް ޓެކްސް ބޮޑުކުރަންޖެހޭ:ފަލާހު
ޓެކްސް ބޮޑުކުރާ ނަމަ ގައުމު އިނދަޖެހިދާނެ: ސިޔާމް
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް
މެންބަރުންގެ އަދަދު ލިމިޓްކުރަން ތަފާތު ހިޔާލުތަކެއް!