26 ޑިސެމްބަރ 2023
އެއްވެސް މިނިސްޓަރަކަށް ރުހުން ނުދޭން ނިންމާފައި ނުވާ ކަމަށާއި މި ވަގުތު ޖަލްސާތައް މެދުކެނޑިފައި އޮތީ ކޯރަމް ހަމަވާ ވަރަށް މެމްބަރުން މާލޭގައި ނެތުމުން ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ބުނެފި އެވެ.
އެއްވެސް މިނިސްޓަރަކަށް ރުހުން ނުދޭން ނިންމާފައި ނުވާ ކަމަށާއި މި ވަގުތު ޖަލްސާތައް މެދުކެނޑިފައި އޮތީ ކޯރަމް ހަމަވާ ވަރަށް މެމްބަރުން މާލޭގައި ނެތުމުން ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ބުނެފި އެވެ.
އެ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) އެހެން ވިދާޅުވި ނަމަވެސް އާ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެ މަސައްކަތް މިއަދާ ހަމައަށް ނުނިންމާ އޮތް އިރު މި ހަފުތާގައި މަޖިލީހުގެ އެއްވެސް ޖަލްސާއެއް އަދި ކޮމިޓީ ބައްދަލުވުމެއް ވެސް ނުބާއްވަ އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން އަނދުން ހުސައިން ވިދާޅުވީ، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުން ވެސް ނުބޭއްވި ދިގުލައިގެން ދަނީ ކޯރަމް ހަމަވާ ވަރަށް މެންބަރުން މާލޭގައި ނެތުމުން ކަމަށެވެ.
"ޕާޓީތަކުން [މަޖިލިސް އިންތިހާބުގެ] ޕްރައިމަރީ އަށް ހުޅުވާލާފައި އޮތުމުން ގިނަ މެންބަރުން ވަނީ ދާއިރާތަކަށް ގޮސްފައި،" އޭނާ ވިދާޅުވި އެވެ.
މަޖިލިހުގެ ޖަލްސާއެއް ބޭއްވޭނީ 21 މެމްބަރުން ހަމަވުމުންނެވެ.
މި ދައުރު ނިމުމުގެ ކުރިން ރުހުން ދިނުމުގެ މަސައްކަތް ނިންމަން ރާވާފައިވާ ކަމަށާއި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އިމަޖެންސީކޮށް ވިޔަސް ޖަލްސާއެއް ބާއްވަން މަސައްކަތް ކުރާނެ ކަމަށް އަނދުން ހުސައިން ވިދާޅުވި އެވެ.
އެމްޑީޕީން ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭނެ ކަމުގެ ތުހުމަތު ވަރަށް ބޮޑަށް އޮވެ އެވެ. އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް މި ފަހުން ވަނީ ލޯކަލް ގަވަންމަންޓް މިނިސްޓަރު އާދަމް ޝަރީފަށް ރުހުން ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ހުސައިން ވިދާޅުވި ގޮތުގައި އެ ޕާޓީން މިހާތަނަށް އެއްވެސް މިނިސްޓަރަކަށް ރުހުން ނުދޭން ކަނޑައެޅިގެން ނިންމާފައެއް ނެތެވެ.
ރުހުން ދިނުމުގެ މައްސަލާގައި އެމްޑީޕީން ވަކި ގޮތްތަކެއް ނިންމާނެ ކަމަށާއި ނަމަވެސް ތްރީ ލައިން ވިޕެއް ނެރުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކެބިނެޓު މިނިސްޓަރުންގެ މައްސަލަ ކޮމިޓީ މަރުހަލާ ނިންމުމަށް ފަހު މިދިޔަ ހަފުތާގައި މަޖިލީހުގެ ތަޅުމަށް ފޮނުވުމުން ނިޒާމީ މައްސަލައަކާ ގުޅިގެން މަޖިލިހުގެ ރިޔާސަތުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުވާލަން ނިންމައިފަ އެވެ.
އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ވެސް އަލުން ކޮމިޓީ ބާއްވަން މަސައްކަތް ކުރި އެވެ. އެކަމަކު، ކޯރަމް ހަމަނުވުމުން އެ ބައްދަލުވުން ކެންސަލް ކުރި އެވެ.
ޕީޕީއެމް/ޕީއެންސީގެ މެންބަރުން ތުހުމަތު ކުރާ ގޮތުގައި އިދިކޮޅު އެމްޑީޕީން ގަސްތުގައި އެ މައްސަލަ ދިގުދަންމަނީ އެވެ.
ފިލްޒާ ލަފާދިނީ ރުހުންނުދޭ ނަމެއް ދެންނުފޮނުވޭ ގޮތަށް
އެމްޑީޕީގެ ވިޕާ ހިލާފަށް 5 މެމްބަރަކު ސައީދަށް ރުހުން
އެމްޑީޕީން ވެސް ނިންމީ 4 ވަޒީރަކަށް ރުހުން ނުދޭން
ހާއްސަ ޖަލްސާއެއް ބާއްވަން އެމްޑީޕީން ސޮއި ހަމަކުރަނީ
މަޖިލީހުގެ ދައުރު އަނެއްކާވެސް ދަންމާލައިފި
2018ގައި ރުހުން ދިނީ މެންޑޭޓު ފާސްނުކޮށް
އެމްޑީޕީން ވަޒީރުންނަށް ރުހުން ނުދޭނެ ކަމުގެ އިންޒާރު!
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
ސަރުކާރުގެ އިގްތިސާދީ ރިފޯމް ބިލަށް ތާއީދު: އެމްޑީޕީ
"މަސްވެރިންނަށް ފައިސާ ހޯދަދޭން މަސައްކަތް ކުރާނަން"