25 ޑިސެމްބަރ 2023
މާލެއިން ހުޅުމާލެއަށް ސިނަމާލެ ބްރިޖުން ދަތުރުކުރާ ފަޅި މިރޭ ދަންވަރު އެކަކުން ފެށިގެން ދެ ގަޑިއިރަށް ބަންދު ވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
މާލެއިން ހުޅުމާލެއަށް ސިނަމާލެ ބްރިޖުން ދަތުރުކުރާ ފަޅި މިރޭ ދަންވަރު އެކަކުން ފެށިގެން ދެ ގަޑިއިރަށް ބަންދު ވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި ދަންވަރު 3 ޖަހަންދެން ބްރިޖް ބަންދުކުރަނީ މަސައްކަތެއް ކުރުމަށެވެ. އެކަމަކު ތަފްސީލު ހާމައެއް ނުކުރެ އެވެ.
ސިނަމާލެ ބްރިޖުގައި މަސައްކަތެއް ކުރުމަށްޓަކައި ބްރިޖުގެ މާލެ އިން ހުޅުމާލެ އަށްދާ ފަޅި މިރޭ 1:00 އިން ފެށިގެން ދެގަޑިއިރަށް ބަންދުވާނެ ވާނެ ވާހަކަ ދަންނަވަން.
— Maldives Police (@PoliceMv) December 25, 2023
ފުލުހުން ބުނީ ބްރިޖުގެ އެ ފަޅި ބަންދުކޮށްފައި ބާއްވަން ޖެހޭ ދެގަޑިއިރު، އަނެއް ފަޅިން ދެކޮޅަށް ދުއްވޭ ގޮތަށް ހަދާނެ ކަމަށެވެ. މިގޮތަށް ހެދުމުން މާލެއިން ހުޅުމާލެއަށް ވެސް ދަތުރުކުރެވޭނެ އެވެ.
މަސައްކަތެއް ކުރަން މިރޭ ބްރިޖް ބަންދުކުރާއިރު، ހަދަން ޖެހޭ އިންސްޕެކްޝަންތަކަށް ވެސް މީގެ ކުރިން ބްރިޖު ބަންދުކޮށްފައިވެ އެވެ.
ބްރިޖު ކައިރިއަށް އެޅުނު ކުލަތައް ސިފައިން ސާފުކޮށްފި
ކުއްޖަކަށް ހުންގާނު ދީގެން ދުއްވީ ސިފައިންގެ މީީހެއް
ހައިވޭގައި ސައިކަލްގެ ހުންގާނު ކުޑަ ކުއްޖެއްގެ އަތަށް!
ދެ ސައިކަލު ޖެހި ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
އުދައަރާނެ ކަމަށް ލަފާކުރާތީ ދަތުރުކުރާއިރު ސަމާލުވޭ!
ބިދޭސީން އަރުވައިގެން ދުއްވި ދެ ޕިކަޕު ހިފަހައްޓައިފި
އޮޔާ ދަނިކޮށް ފެނުނީ 25 އަހަރުގެ ނޭޕާލް އަންހެނެއް
ބާރަށް ދުއްވައިގެން 50 މީހަކަށް އިންޒާރުގެ މެސެޖު
ބްރިޖުގައި ބާރަށް ދުއްވާ ނަމަ ނަސޭހަތުގެ މެސެޖެއް
އެކްސިޑެންޓެއްގައި ސޯލާ ޕެނަލްތަކަށް ގެއްލުންވެއްޖެ