24 ޑިސެމްބަރ 2023
މި ސަރުކާރު ފެށުނުއިރު މަސައްކަތް ހުއްޓިފައި އޮތް 17 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ން އަލުން ފަށައިފި އެވެ.
މި ސަރުކާރު ފެށުނުއިރު މަސައްކަތް ހުއްޓިފައި އޮތް 17 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ން އަލުން ފަށައިފި އެވެ.
ނިމިދިޔަ ސަރުކާރުގައި އާރުޑީސީއާ މަގު ހެދުމުގެ 37 މަޝްރޫއު ހަވާލުކުރި އެވެ. އޭގެތެރެއިން މަސައްކަތް ފެށި ބައެއް ރަށްތައް ނުނިމި ވަނީ ދިގުލައިގެން ގޮސްފަ އެެވެ. ބައެއް ރަށްތަކުގައި ހޮޅިވަޅުލަން މަގުތައް ކޮނެ ބޮޑެތި ފަސް ފުނި ޖަހާ ހިސާބުން ވެސް މަސައްކަތް މެދުކެނޑިފައި ހުރި ކަމުގެ ޝަކުވާ ކުރި އެވެ.
އާރުޑީސީން އިއްޔެ ބުނީ އެ ކުންފުންޏާ ހަވާލުކުރި 37 މަޝްރޫއުގެ ތެރެއިން މަސައްކަތް ހުއްޓި ގިނަ ދުވަސްތަކެއްވީ ރަށްތަކުގެ މަގު ހެދުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ.
- ހއ. ދިއްދޫ
- ހދ. ކުޅުދުއްފުށި
- ށ. މިލަންދޫ
- ރ. ހުޅުދުއްފާރު
- ނ. ހޮޅުދޫ
- ނ. ވެލިދޫ
- ޅ. ހިންނަވަރު
- މ. މުލައް
- އަމީނީ މަގު
-އދ. މާމިގިލި
- ދ. ކުޑަހުވަދޫ
- ތ. ތިމަރަފުށި
- ލ. ގަން ފޭސް2
- ގއ. ކޮލަމާފުށި
- ގއ. ވިލިނގިލި ފޭސް 2
- ގދ. ތިނަދޫ ފޭސް 2
- ގދ. ގައްދޫ
އާރުޑީސީގެ އާ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު، "މިހާރު" އަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނިމިދިޔަ ހަތަރު މަހު އެ ކުންފުނީގެ އެއްވެސް މަސައްކަތެއް ނުހިނގަ އެވެ.
"ނިމިދިޔަ ހަތަރު މަހު ކުންފުނި އޮތީ މަސައްކަތެއް ނުހިނގާ. އެހެންވުމުގެ ސަބަބުން މަސައްކަތްތައް ކުރަން ޖެހޭ ސައިޓުތަކުގައި ދިޔައީ މަސައްކަތްތައް ނުކުރެވި،" އޭނާ ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވި ގޮތުގައި މަސައްކަތް މެދުކެނޑިފައި އޮތް 17 ރަށުގެ ތެރެއިން ގިނަ ރަށްރަށުގެ ބޮޑު ބައި ވަނީ ނިމިފަ އެވެ. އެންމެ ބޮޑު އިސްކަމެއް ދޭނީ 80 ޕަސެންޓު މަސައްކަތް ނިމިފައި ހުރި ޕްރޮޖެކްޓްތައް ނިންމަން ކަމަށް ވެސް ވިދާޅުވި އެވެ.
ވެލާނާ އެއާޕޯޓުގެ މަގުތައް ހެދުން އާރުޑީސީއަށް
ވިލިމާލޭގެ މަގު ހެދުމަށް ސާވޭ ހަދަން އާރުޑީސީއަށް
އާރްޑީސީ: ކުންފުނި ހުއްޓި 200 މިލިއަނުން ދަރާފައި
އާ މެނޭޖުމެންޓުން ވާހަކަ ދެއްކީ އޮޅުވާލަން: މޫކޭ
ތުހުމަތުތަކަށް ޖަވާބުދާރީވާން ފުރުސަތަކަށް މޫކޭ އެދިއްޖެ
"އާރުޑީސީ އޮތީ 837 މިލިއަން ރުފިޔާއިން ދަރާފައި"
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން މަޝްރޫއެއް
ތިން ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީ އަށް
ފުލުހުން ބަލަނީ ފައްޔާޒަށް ޖަމާވި ފައިސާގެ މައްސަލައެއް
ތުހުމަތު ކުރާނެ އެއްވެސް ކަމެއް ނުކުރަން: ފައްޔާޒު