21 ޑިސެމްބަރ 2023
ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލްގެ ފަހު ދެ ޖާގަ އަލްމާ ސްޕޯޓްސް ކްލަބާއި ކްލަބް ވެމްކޯ ހޯދައިފި އެވެ.
ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލްގެ ފަހު ދެ ޖާގަ އަލްމާ ސްޕޯޓްސް ކްލަބާއި ކްލަބް ވެމްކޯ ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އަލްމާ ސްޕޯޓްސް ބައްދަލުކުރީ ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗު ފަސޭހަ ކަމާއެކު އަލްމާ ސްޕޯޓްސް ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ސުހާނާ އަހުމަދުގެ މޮޅު ކުޅުމާ އެކު މެޗުގެ ސެޓްތައް ގެންދިޔައީ 25-3، 25-10، 25-6 އިންނެވެ.
ރޭ ކުޅުނު ކުއާޓާގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ ބައްދަލުކުރީ ޔޫތު ނިއު ޖެނެރޭޝަނާ ދެކޮޅަށެވެ. ވެމްކޯ އިން މެޗު ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު 25-15، 25-9، 25-6 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ޖެސިކާ ސޯރެސް ޑެސް ނެވޭސް އެވެ.
މި ނަތީޖާއާ އެކު ސެމީ ފައިނަލްގައި ވެމްކޯ ވާދަ ކުރަން ޖެހޭނީ އަލްމާ ސްޕޯޓްސް އާއެެވެ. ފުރަތަމަ ކުޅޭ ސެމީގައި ބައްދަލުކުރާނީ ހޯމަ ދުވަހުގެ ކުއާޓާގެ މެޗުތައް ކާމިޔާބުކުރި ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އާއި އެންމެ ފަހުގެ ރަނަރަޕް ޕޮލިސް ކްލަބެވެ.
ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އާއި ޕޮލިސް ކްލަބް ކުޅޭ މެޗު ފަށާނީ ހަވީރު 4:15 ގަ އެވެ. ވެމްކޯ އާއި އަލްމާ ސްޕޯޓްސް ބައްދަލުކުރާ މެޗު ފަށާނީ ރޭގަނޑު 8:30 ގަ އެވެ.
ސެމީ އިން ބަލިވާ ދެ ޓީމުގެ މެދުގައި އަންނަ ހޯމަ ދުވަހުގެ ހަވީރު ތިންވަނަ ހޮވާ މެޗު ކުޅުމަށް ފަހު، ފައިނަލް މެޗު އެ ރޭ ކުޅޭނެ އެވެ.
ހިރިލަންދޫ ޒުވާނުން ޑޮމިނޭޓްކުރި ސިޓީއަށް ޗެމްޕިއަން
ވެމްކޯއިން ވޮލީބޯޅަ އެސޯސިއޭޝަން ކަޕް މިލްކު ކޮށްފި
ވާދަވެރި މެޗުގައި އާބަންކޯ ބަލިކޮށް ވެމްކޯ ފައިނަލަށް
ޗެމްޕިއަން ސިޓީ ކަޓައިފި، އަލަށް ކުޅޭ ސިޓީ ފަައިނަލަށް
ޗެމްޕިއަނުން ބަލިކޮށް އަލަށް ވާދަކުރާ ސިޓީ ސެމީ އަށް
އަލަށް ވާދަކުރާ ސިޓީ އަތުން ޕޮލިހަށް ނާކާމިޔާބު
ވީއޭއެމް ކަޕް ހަތަރު ވަނަ ފަހަރަށް ވެމްކޯއަށް
އެސޯސިއޭޝަން ކަޕުގެ ފުރަތަމަ މެޗަށް ޓީމު ހާޒިރެއް ނުވި
ވެމްކޯ އިން އަނެއްކާ ވެސް އާބަންކޯ ބަލި ކޮށްފި
ފަސޭހަ ކަމާއެކު ވެމްކޯ ބަލިކޮށް ސިފައިން ކުރި އަށް