ފުލުހުންގެ ޕްރޮމޯޝަން ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
19 ޑިސެމްބަރ 2023
ފުލުހުންގެ ޕްރޮމޯޝަން ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.
ފުލުހުންނަށް ދޭން ނިންމި ޕްރޮމޯޝަންތައް މަޑުޖައްސާލަން މިދިޔަ އޮކްޓޫބަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި ނަމަވެސް ފުލުހުން ވަނީ އެ އެންގުމަށް އަމަލުކުރަން ދެކޮޅު ހެދުމަށްފަހު ބައެއް ފުލުހުންނަށް ޕްރޮމޯޝަން ދީފަ އެވެ.
އެހެންވެ، އޭސީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ ކޮމިޝަންގެ އެންގުމަށް އަމަލުކުރަން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ. އަދި އެ މައްސަލަ ނިމެންދެން ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެ ކޮމިޝަނުން ކޯޓުގައި އެދުނެވެ. ނަމަވެސް ދައުލަތުން އެކަމަށް ދެކޮޅު ހެދި އެވެ.
ސިވިލް ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ އޭސީސީގެ ގާނޫނުން އެ ކޮމިޝަންގެ ޒިންމާއަކީ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރުމަށްފަހު ދައުވާކުރަން ފޮނުވުން ކަމަށާއި އަދި އެ ކޮމިޝަންގެ އެންގުމަށް ފުލުހުން އަމަލު ނުކުރުމަކީ އެ ކޮމިޝަނުން ކުރަމުންދާ ތަހުގީގަކަށް ހުރަސް އެޅިގެންދާނެ ކަމެއް ނޫން ކަމަށް އެ ނިންމުމުގައިވެ އެވެ. އެހެންވެ، ވަގުތީ އަމުރު ނެރެދޭން އެދޭ ކަންކަމަކީ ވަގުތީ އަމުރު ނެރުމުގައި ފުރިހަމަ ވާންޖެހޭ ޝަރުތު ފުރިހަމަވާ ކަމެއް ނޫން ކަމަށް އެ ނިންމުމުގައިވެ އެވެ.
އެހެންވެ، އޭސީސީން އެދުނު ފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.
ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވަން އޭސީސީން ކޯޓަށް ހުށަހެޅިއިރު، އާ ސަރުކާރާ އެކު ޕޮލިސް ކޮމިޝަނަރާއި ފުލުހުންގެ އިސް ބޭފުޅުންތަކެއް ވަނީ ފުލުހުންގެ ހިދުމަތުން ރިޓަޔާވެ ވަޑައިގެންފަ އެވެ. އަދި ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ.
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން ހައިކޯޓުން އަމުރުނުދިން
ޒިފްލީނާ ފްލެޓު ގަތް މައްސަލަ އޭސީސީ އަށް!
ފުލުހުންގެ ޕްރޮމޯޝަން އޭސީސީއަކަށް ނުހުއްޓުވޭނެ:އޭޖީ
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން އޭސީސީން ހައިކޯޓަށް
ޕީސީއާރު ޓެސްޓް ކޮރަޕްޝަންގެ މައްސަލަ އަލުން ތަހުގީގަށް
ޕޮލްކޯ އަށް އޭސީސީން ވަދެ ލިޔެކިޔުންތައް ގެންދަނީ!
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ގޯތި މައްސަލަ:އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި
ގޯއްޗާއި ފްލެޓާ ގުޅޭ ތަހުގީގު ހިންގަން ޕީޖީގެ އަމުރެއް