މިދިޔަ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒިފްލީނާ ހަސަން ފްލެޓު ބައްލަވައިގަތުމުގައި ކޮރަޕްޝަންގެ އަމަލު ހިމެނޭ ކަމަށް ތުހުމަތު ކުރާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
14 ޖުލައި 2024
މިދިޔަ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒިފްލީނާ ހަސަން ފްލެޓު ބައްލަވައިގަތުމުގައި ކޮރަޕްޝަންގެ އަމަލު ހިމެނޭ ކަމަށް ތުހުމަތު ކުރާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
ޒިފްލީނާ ބައްލަވައިގަތީ ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެކެވެ.
ފްލެޓްގެ އަގަށްވާ ފައިސާ ޒިފްލީނާގެ ފަރާތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކާފައިވާތީ އެ ފްލެޓް އޭނާއަށް މިލްކުކޮށްދީ، ސިވިލް ކޯޓުން މައްސަލަ ނިންމައި މި މަހުގެ 8 ވަނަ ދުވަހު އޭނާގެ ނަމަށް އެ އެޕާޓްމަންޓް ވަނީ ބަދަލުކޮށްދީފަ އެވެ.
އެ ފްލެޓް އޭނާއަށް މިލްކުކޮށްދީ، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައިވާ ގޮތުން އެއީ 3.5 މިލިއަން ރުފިޔާގެ އަގުހުރި އަދި 1،200 އަކަފޫޓްގެ ފްލެޓެކެވެ.
ފުލުހުންގެ ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ކުރީގެ ސްޓޭޓް މިނިސްޓަރަކާ ގުޅުން ހުރި ކަމަށް ތުހުމަތު ކޮށްފައިވާ ކޮރަޕްޝަންގެ މައްސަލައެއް އަމިއްލަ ފަރާތަކުން ފުލުހުންނަށް ލިބުނު ކަމަށެވެ.
ނަމަވެސް ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ އިހުތިސާސް އޮންނަނީ އޭސީސީ އަށް ކަމަށް ވާތީ އެ މައްސަލަ އެ ކޮމިޝަނަށް ފޮނުވީ ކަމަށް ޝިފާން ވިދާޅުވި އެވެ.
... މީޑިއާގައި މިވާހަކަ ލިޔުމުން ރަޖިސްޓްރީ ނުކޮށް އޮންލައިންކޮށް ހިންގާ ނޫސްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި އަޅުގަނޑަށް ނިސްބަތްކޮށް އަޅުގަނޑު ބުނި ކަމަށް ބުނެ، ބޭއަދަބީ ބަސްތައް ބޭނުންކޮށް އަޅުގަނޑުގެ ފޮޓޯ އެކި ގޮތްގޮތަށް ހަދައިގެން އަބުރު ކަތިލުމުގެ މަސައްކަތް ކޮށްފައިވާތީ ވެސް ހިތާމަކުރަން،"---ޒިފްލީނާ
ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ ޒިފްލީނާ ފްލެޓް ބައްލަވައިގަތީ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނަވައިގެން ނަހަމަގޮތުގައި ކަމަށެވެ.
އެކަމާ ގުޅޭގޮތުން ޒިފްލީނާ އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ރޭ ވިދާޅުވީ، ފްލެޓެއް ބައްލަވައިގަތީ މިދިޔަ ސަރުކާރުގައި މަގާމުގެ ލިބުމުގެ ކުރިން ކަމަށާއި އެ ތަނުގައި ދިރިއުޅުއްވާތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޒިފްލީނާ އަށް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވީ އޯގަސްޓް 19، 2019 ގަ އެވެ.
"... މީޑިއާގައި މިވާހަކަ ލިޔުމުން ރަޖިސްޓްރީ ނުކޮށް އޮންލައިންކޮށް ހިންގާ ނޫސްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި އަޅުގަނޑަށް ނިސްބަތްކޮށް އަޅުގަނޑު ބުނި ކަމަށް ބުނެ، ބޭއަދަބީ ބަސްތައް ބޭނުންކޮށް އަޅުގަނޑުގެ ފޮޓޯ އެކި ގޮތްގޮތަށް ހަދައިގެން އަބުރު ކަތިލުމުގެ މަސައްކަތް ކޮށްފައިވާތީ ވެސް ހިތާމަކުރަން،" ޒިފްލީނާ ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.
ޒިފްލީނާ ވިދާޅުވީ ސިޔާސީ މަސައްކަތުގައި އޭނާ އުޅުއްވަން ފެެއްޓެވި ފަހުން ޒާތީގޮތުން ދިމާކޮށް އަބުރު ކަތިލަން ކުރަމުން ގެންދާ މަސައްކަތަށް ހުއްޓުމެއް އައިސްފައި ނުވާ ކަމަށާއި އަދި ސިޔާސީ މައިދާނަށް ނުކުންނަ އަންހެނުންނާ ޒާތީ ގޮތުން ދިމާކުރުން އިތުރުވަމުންދާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޒިފްލީނާ ވަނީ ކުރީގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން އެމްޑީޕީގެ ބައެއް މަގާމުތައް ވެސް އަދާ ކުރައްވައިފަ އެވެ.އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އޭނާ ތިނަދޫ ދެކުނު ދާއިރާ އަށް ވެސް ވާދަކުރެއްވި އެވެ.
ޕޮލްކޯ އަށް އޭސީސީން ވަދެ ލިޔެކިޔުންތައް ގެންދަނީ!
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން ހައިކޯޓުން އަމުރުނުދިން
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ގޯއްޗާއި ފްލެޓާ ގުޅޭ ތަހުގީގު ހިންގަން ޕީޖީގެ އަމުރެއް
ފުލުހުންގެ ޕްރޮމޯޝަން އޭސީސީއަކަށް ނުހުއްޓުވޭނެ:އޭޖީ
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން އޭސީސީން ހައިކޯޓަށް
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން ކޯޓުން އަމުރެއް ނުދިން
ފުރުން މަނާކުރި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި
ގޯތި މައްސަލަ:އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި