Roadha Mihaaru
މޯލްޑިވިއަނުން އިއްތިހާދާ އެކު ހާއްސަ އެއްބަސްވުމެއް

މޯލްޑިވިއަނުން އިއްތިހާދު އެއާވޭސްއާ އެކު ހާއްސަ އެއްބަސްވުމެއް

18 ޑިސެމްބަރ 2023

މޯލްޑިވިއަން އެއާލައިނުން ޔޫއޭއީގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން އިއްތިހާދު އެއާވޭސްއާ ގުޅިގެން ބައެއް ހިދުމަތްތައް ދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވިއަން އެއާލައިނުން ޔޫއޭއީގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން އިއްތިހާދު އެއާވޭސްއާ ގުޅިގެން ބައެއް ހިދުމަތްތައް ދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މޯލްޑިވިއަނުން ބުނީ މި އެއްބަސްވުމާ އެކު ދެ އެއާލައިނުން ކޯޑް ޝެއާކުރުމާއި އިންޓަލައިން ނުވަތަ އެއް އެއާލައިނުން އަނެއް އެއާލައިނެއްގެ ހިދުމަތްތައް ވިއްކައި ކަނެޓްޓިވިޓީ އިތުރުކުރުމާއި ހޮލިޑޭ ޕެކޭޖްތައް ވިއްކުމުގައި ވެސް ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ. އަދި މޯލްޑިވިއަންގެ 17 މަންޒިލަކަށް ދަތުރު ކުރަން، އިއްތިހާދުން ދަތުރު ކުރާ މީހުންނަށް ފަސޭހަވާނެ ކަމަށެވެ.

މޯލްޑިވިއަން ކޮމާޝަލްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ހަމްދާން މުހައްމަދު ވިދާޅުވީ، މި އިންޓަލައިން އެގްރީމެންޓްގެ ދަށުން އިއްތިހާދު އެއާވޭސް އިން ފަސޭހަކަމާ އެކު މޯލްޑިވިއަންގެ ދަތުރުކުރާ މަންޒިލްތަކަށް ވެސް ދެވޭނެ ކަމަށެވެ.

އިއްތިހާދު އެއާވޭސްގެ ޗީފް ރެވެނިއު އޮފިސާ އެރިކް ޑޭ ވިދާޅުވީ، އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް އެތެރޭގެ ދަތުރުތައް ކުރުމުގައި މިހާރަށް ވުރެ ފަސޭހައިން ދަތުރުތައް ހަމަޖެއްސޭނެ ކަމަށެވެ.

މޯލްޑިވިއަން އިން މީގެ ކުރިން ވަނީ އެމިރޭޓްސްއާ އެކު ވެސް އެފަދަ އެއްބަސްވުމެއް ހަދައިފަ އެވެ.

އިއްތިހާދާ އެކު ހެދި މި އެއްބަސްވުމުގެ ސަބަބުން ދިވެހިންނަށް އަބޫދާބީއަށް ދަތުރު ކުރުމުގައި ވެސް އިތުރު ފަސޭހަތައް ގެނައުމުގެ ފުރުސަތު އެބަ އޮތެވެ.