Roadha Mihaaru
އެންމެ ފަހުން ބައްސާމް އަމާންދީފި، ވާދައެއް ނުކުރާނެ!

އެންމެ ފަހުން ބައްސާމް އަމާންދީ، އިންތިހާބަށް ނުނިކުންނަން ނިންމަވައިފި

17 ޑިސެމްބަރ 2023

އަންނަ މަހު 31 ގައި ބާއްވާ އިންތިހާބުގައި އެފްއޭއެމްގެ ރައީސްކަމަށް ވާދަ ނުކުރައްވާނެކަން މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއުލާން ކުރައްވައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އަންނަ މަހު 31 ގައި ބާއްވާ އިންތިހާބުގައި އެފްއޭއެމްގެ ރައީސްކަމަށް ވާދަ ނުކުރައްވާނެކަން މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއުލާން ކުރައްވައިފި އެވެ.

ތިންވަނަ ދައުރަކަށް ކުރިމަތިނުލާން ބައްސާމް ނިންމެވި އިރު، އޭނާ އަށް ބޮޑު ޕްރެޝަރެއް ވަނީ ކުރިމަތިވެފަ އެވެ. ބޭރުގެ އިދާރާތަކުން އެފްއޭއެމް އަށް ފޮނުވާ ފައިސާ، ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ދަނީ، އެ މައްސަލަ ތަހުގީގު ކަމުރަމުންނެވެ. ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަންގަވައިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގުގައި، މިދިޔަ އޮކްޓޯބަރު 22 ގައި ފުލުހުން އެފްއޭއެމްގެ އިދާރާ ރެއިޑް ވެސް ކުރި އެވެ.

އެ މައްސަލައާ ބެހޭގޮތުން ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަ ދައްކަވަމުން މިދިޔަ މަހުގެ 30 ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝަމީމު ވިދާޅުވީ، އެފްއޭއެމްގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކޮށްފައިވާ މައްސަލައިގެ "ޕްރައިމް ސަސްޕެކްޓަކީ" ބައްސާމް ކަމަށާއި ދައުވާކުރަން ކޯޓަށް ފޮނުވާނެ ކަމަށެވެ. ދައުވާކުރަން ފޮނުވުމުގެ ކުރިން މިހާރު ކުރިއަށް ގެންދަނީ އިތުރަށް ބަލަން ޖެހޭ ކަންތައްތައް ކަމަށް ޝަމީމް އޭރު ވިދާޅުވި އެވެ.

ބައްސާމްގެ ދައުރުގައި ފުޓްބޯޅަ ދަށް ހާލަތަށް ވެއްޓުމުން، އަދި ކްލަބްތަކަށް ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން އޭނާ އަށް ފުރިހަމަކޮށް ނުދެވޭތީ އޭނާ އިތުބާރު ނެތްކަމަށް ހުށަހަޅަން ކްލަބްތަކުގެ ވަނީ ސޮއި ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

މި އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުން ގައުމީ ޓީމު ކެޓި ހިސާބުން ބައްސާމްގެ އިސްތިއުފާ އަށް ގޮވާލާ އަޑު ގަދަވި އެވެ. އެކަމަކު އޭރު ވެސް އޭނާ ވިދާޅުވީ ކްލްބަތްކުގެ ތާއީދު އޭނާ އަށް އެބައޮތް ކަމަށެވެ. ކްލަބްތައް އޭނާ މަގާމުން ދުރަށް ދިއުމަށް ބުނާ ހިސާބުން މަގާމުގައި ނުހުންނަވާނެ ކަމަށް އޯގަސްޓް މަހު އޭނާ ވިދާޅުވި އެވެ.