14 ޑިސެމްބަރ 2023
ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިޔާ ޖެހިފައިވާ ބަޔަކު ހދ. ކުޅުދުއްފުށިން ފެނިއްޖެ އެވެ.
ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިޔާ ޖެހިފައިވާ ބަޔަކު ހދ. ކުޅުދުއްފުށިން ފެނިއްޖެ އެވެ.
އެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ބަލި ޖެހިފައިވާ ބަޔަކު ފެނުނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރަން މި މަހުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހު ބިދޭސީންނަށް އަމާޒުކޮށް ބޭއްވި ހެލްތު ކޭމްޕެއްގެ ތެރެއިން ކަމަށެވެ.
ސިއްހީ ހާލަތު ދެނެގަތުމަށް އެ ކޭމްޕުގައި ބައެއް ބަލިތަކަށް ސްކްރީން ކުރި ކަމަށާއި އޭގެ ތެރެއިން ކުރި ސްކްރީނިން ޓެސްޓުތަކުގައި ބައެއް މީހުން ފައިލޭރިޔާއަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުންޏެވެ.
އެކަމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނުގައި ބުނީ ފައިލޭރިޔާ ޖެހިފައިވާ 17 މީހުންނަކީ މިހާރު ވެސް އެ ބަލި ފެތުރޭ ގައުމުތަކުން ރާއްޖެ އައި ބައެއް ކަމަށެވެ.
ފައިލޭރިޔާއަށް ޕޮޒިޓިވްވި މީހުންގެ ޓެސްޓް އިތުރަށް ޔަގީންކުރުމަށް ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ފައިލޭރިޔާ ހުރިކަން ޔަގީންވާ މީހުންނަށް ފަރުވާ ދޭނެ އިންތިޒާމްތައް ހަމަޖައްސަން އަންނަ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމަށް ޑަބްލިއުއެޗްއޯއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެޗްޕީއޭގެ ބަޔާނުގައިވެ އެވެ.
ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ މީހުންނާއެކު ދިރިއުޅޭ މީހުންގެ ސްކްރީނިން ޓެސްޓުތައް ހެދުމުގެ މަސައްކަތް ކުޅުދުއްފުށީ ހޮސްޕިޓަލުން ގެންދަނީ ކުރަމުންނެވެ.
އެ ބަލި ފެތުރެނީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިންނެވެ. އެއީ ޑެންގީ އަދި ޗިކަންގުންޏާ ފަތުރާ އީޑީސް މަދިރިއާ ތަފާތު މަދިރިއެކެވެ. އެހެންވެ މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި މަދިރިން ރައްކާތެރިވުމަށް ހޮސްޕިޓަލުން ވަނީ އެދިފައިވެ އެވެ.
ފައިލޭރިޔާ ޖެހުމަށްފަހު އެތައް ދުވަހެއް ވަންދެން އަލާމާތެއް ނުފެނި ހުރެދާނެ އެވެ. އެކަމަކު ދިގު މުއްދަތަކަށް ފަހު ހަށިގަނޑުގެ އެކި ބައިތައް ދުޅަވުމާއި ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ފެންނާނެ އެވެ. ފައިލޭރިޔާގެ އެންމެ އާއްމު އަލާމާތަކީ ފައި ދުޅަވުމެވެ.
ފައިލޭރިއާއަށް ކުޅުދުއްފުށިން އިތުރު ހަ މީހަކު ޕޮޒިޓިވް
ކުޅުދުއްފުއްޓާ ކައިރި ރަށްރަށުން ބިދޭސީން ސްކްރީންކުރަނީ
އިތުރު ދެ މީހަކު ފައިލޭރިޔާއަށް ޕޮޒިޓިވްވެއްޖެ
ފައިލޭރިއާ ޖެހިފައިވާ ތިން ބިދޭސީއަކު ކޫއްޑޫން ފެނިއްޖެ
ފައިލޭރިއާއަށް ސްކްރީން ކުރަން ރާއްޖޭގައި ކެމްޕޭނެއް
"މަދިރިން ރައްކާ" ގައުމީ ހަރަކާތް މާދަމާ ފަށަނީ
ފައިލޭރިއާ އޮތީ ކޮންޓްރޯލްގައި، ކަންބޮޑުވާ ކަމެއް ނެތް
ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު މާލެއިން ވެސް ފެނިއްޖެ
ފައިލޭރިއާ: ފަސޭހައިން ނުފެތުރުނަސް ކުރިން އެނގެންޖެހޭ
ފައިލޭރިއާ އަށް މިހާތަނަށް 452 މީހަކު ޓެސްޓުކޮށްފި