10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހަސަން ލަތީފް ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގެ ފުރަތަމަ ނަތީޖާއިން އޭނާއަށް 14،457 ވޯޓު ލިބިވަޑައިގެންފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހަސަން ލަތީފް ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގެ ފުރަތަމަ ނަތީޖާއިން އޭނާއަށް 14،457 ވޯޓު ލިބިވަޑައިގެންފި އެވެ.
މާލެ އާއި ރަށްރަށާއި ކޮލަމްބޯގައި ކުރިޔަށް ގެންދިޔަ ވޯޓުލުމުގެ ފުރަތަމަ ނަތީޖާ އިއުލާންކުރީ މިރޭ 10:00ގައި އެމްޑީޕީ ހަރުގޭގަ އެވެ.
އެ ނަތީޖާއިން ދައްކާ ގޮތުގައި ހަސަން ލަތީފް ޗެއާޕާސަން ކަމަށް އައްޔަންކުރަން ފެންނަ ކަމަށް 14،457 މީހުން ވޯޓު ދިން އިރު ނުފެންނަ ކަމަށް 127 މީހުން ވޯޓުދީފައިވެ އެވެ. އަދި 45 ވޯޓު ބާތިލްވި އެވެ.
އެމްޑީޕީގެ އިންތިހާބީ ކޮމިޓީގެ އޮފިޝަލަކު ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 49،229 މެމްބަރުންގެ ތެރެއިން ވޯޓުލި މީހުންގެ އަދަދު މުޅިން ސާފުނުވާ ކަމަށެވެ. އަދި ނަތީޖާ އިއުލާންކުރުމުގެ ދެވަނަ ބުރެއް މިރޭ 12:00 ގައި ހަރުގޭގައި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އަދި ވަރަށް ގިނަ ފޮށިތަކުގެ ނަތީޖާއެއް ނުލިބޭ. އެހުރިހާ ފޮށިތަކުގެ ނަތީޖާއާއެކު ރަސްމީ ނަތީޖާ އިއުލާންކުރެވޭވަރުވާނީ ދެ ދުވަސްފަހުން،" އެ އޮފިޝަލް ވިދާޅުވި އެވެ.
ހަސަން އަށް އިންތިހާބު ކާމިޔާބުވުމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި "މަނިކުފާނުގެ ޗެއާޕާސަންކަމުގައި އެމްޑީޕީއަށް ނުހަނު ކާމިޔާބާއި ވަރަށް ވެސް އުޖާލާ މުސްތަގުބަލަކަށް އެދެން" ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަލީ ވަހީދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް ހަސަން ލަތީފް ހޮވުމަށް ބާއްވާ ވޯޓު ލުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޮލަމްބޯގައި ބަހައްޓާފައިވާ ފޮއްޓަށް މިއަދު މެންދުރު ވޯޓު ލައްވައިފަ އެވެ.
އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު ފަސްކޮށްފި
ނަޝީދުގެ ކެމްޕޭން ޓީމުގެ ތުހުމަތު: ވަގު ވޯޓު އެޅި!
އެމްޑީޕީ އިންތިހާބުގައި އިދިކޮޅުން ވޯޓުލީކަމުގެ ތުހުުމަތު
ނަޝީދު މާފަށް އެދެންޖެހޭ: އާދަމް ޝަރީފް
ބަޣާވާތް ކުރަން ދެވަނަ ފުރުސަތެއް ނެތް: ހަސަން ލަތީފް
ނަޝީދާއި ހަސަން ފެޔަށް ޖެހިލަން އިބްރާ ގޮވާލައިފި
ހިޔަލީ ރަޝީދު އެމްޑީޕީއާ ގުޅިވަޑައިގެންފި
ނަޝީދު ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: އެމްޑީޕީ
އިބޫ އިންތިޚާބު ކާމިޔާބު ކުރާނީ 70 ޕަސެންޓުން: އަލީ
ނޮވެމްބަރު 17 ގައި ހުރިހާ ލީޑަރުން މިނިވަންވާނެ:އިބޫ