Roadha Mihaaru
މޮޅު ނުވުމުން ހާލަންޑާއި ގާޑިއޯލާ އަށް ގޯސް ވީ ރެފްރީ

މޮޅު ނުވުމުން ހާލަންޑާއި ގާޑިއޯލާ އަށް ގޯސް ވީ ރެފްރީ

04 ޑިސެމްބަރ 2023

މެންޗެސްޓާ (ޑިސެމްބަރު 4) - ޓޮޓެންހަމް ހޮޓްސްޕާސްއާ އެއްވަރުވުމުން، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ފޯވާޑް އާލިން ހާލަންޑަށް ރެފްރީ ގޯސް ވެއްޖެ އެވެ.

މެންޗެސްޓާ (ޑިސެމްބަރު 4) - ޓޮޓެންހަމް ހޮޓްސްޕާސްއާ އެއްވަރުވުމުން، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ފޯވާޑް އާލިން ހާލަންޑަށް ރެފްރީ ގޯސް ވެއްޖެ އެވެ.

ސިޓީގެ ކޯޗާއި އެ ޓީމުގެ ކުޅުންތެރިން ރުޅި އައީ މެޗުގެ އިތުރު ވަގުތުގައި ޖެކް ގްރިލީޝް އަށް ލިބުނު ހުޅުވިފައި އޮތް ފުރުސަތެއް، ރެފްރީ ޕްލޭ އޮން އަށް ދޫކޮށްނުލައި ހުއްޓުވުމުންނެވެ.

ހާލަންޑަށް ކުރި ފައުލަކާ ގުޅިގެން ހޫޕަރު ކުޅުން މެދުކަނޑާލީ ނޯވޭގެ ފޯވާޑް ދިން ޕާހަކުން ސްޕާސްގެ ޑިފެންސްގެ ފަހަތައް ޖައްސާލަފައި ގްރީލީޝް ބޯޅަ ހިފައިގެން ހުސްކޮށް ދަނިކޮށެވެ.

ރުޅިއައިސްގެން ސިޓީގެ ކުޅުންތެރިން ރެފްރީ ވަށާލައި ހިތްހަމަނުޖެހުން ފާޅު ކުރި އެވެ. – މިއީ އިނގިރޭސި އެފްއޭ ޑިސިޕްލިނަރީ ފިޔަވަޅެއް ސިޓީ އަށް ކުރިމަތިވެދާނެ ކަމެކެވެ. ގާޑިއޯލާ ވަނީ ހަތަރު ވަނަ އޮފިޝަލް ކައިރިއަށް ގޮސް ޝަކުވާކޮށްފަ އެވެ. ހޫޕަރ ފަހު ކަށިގަނޑު ފުމުމުން، ހާލަންޑް ދަނޑުން ފައިބައިގެން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ހުރެގެންނެވެ.

ރެފްރީގެ ނިންމުމާ ބެހޭގޮތުން ސުވާލު ކުރުމުން ގާޑިއޯލާ އެ ސުވާލަށް ޖަވާބުދޭކަށް ބޭނުމެއް ނުވި އެވެ.

"ދެން އޮތް ސުވާލެއް" ގާޑިއޯލާ ބުންޏެވެ.

"މިކަލް އާޓެޓާ ކުރި ގޮތަށް ކޮމެންޓެއް ނުކުރާނަން. ... ރެފްރީ ކަށިގަނޑު ފުންމާލަން ނިންމީ ކުޅުން ކުރިއަށް ގެންދާން އޭނާ ބުނމަށް ފަހު. އެ ޕާސް ދިން ފަހުން އޭނާ ކަށިގަނޑު ފުމުނީ އެހެންވީމަ އަހަންނަށް މިކަން ނުވިސްނެނީ."

ރެފްރީއާ ދިމާލަށް ހާލަންޑްގޮސް ޝަކުވާ ކުރުމުން، އެކަމާ ދެކެނީ ކިހިނެއްތޯ ސުވާލު ކުރުމުން، ގާޑިއޯލާ ބުނީ އެއީ އާދައިގެ ކަމެއް ކަމަށެވެ. އޭނާ ބުނީ ހާލަންޑް މާޔޫސްވެފައި ހުރީ އަނެއް 10 ކުޅުންތެރިންގެ ވެސް ފަރާތުން ކަމަށެވެ.

"އެންމެން ތިބީ ހިތްހަމަނުޖެހިފަ. މިއަދުގެ ރެފްރީ - އޭނާ ވެސް މެންޗެސްޓާ ސިޓީ އަށް ކުޅެން ހުރިނަމަ އޭނާ ވެސް ހިތްހަމަނުޖެހޭނެކަން އަހަންނަށް ޔަގީން."

އެކަމަކު މެޗުން މޮޅުނުވެވުނީ ރެފްރީގެ އެ ނިންމުމާ ހެދި ނޫން ކަމަށް ގާޑިއޯލާ ބުންޏެވެ.

"އަހަންނަށް ގޯސް ހެދޭ، ކުޅުންތެރިންނަށް ގޯސް ހެދޭ. އަހަރެން ބޭނުމެއް ނޫން އޭނާ [ރެފްރީ] އަށް ފާޑުކިޔާކަށް. ޓަޗްލައިންގައި ބައެއް ފަހަރު އަހަރެނަށް ކޮންޓްރޯލް ގެއްލުނީ."

މެޗުގައި ފުރަތަމަ ލީޑް ނެގީ ޓޮޓެންހަމްއިންނެވެ. އެ ޓީމުން ސަން ހިންގް މިން ހަ ވަނަ މިނެޓްގައި ލަނޑުޖަހައި ދިނުމަށް ފަހު، އޭގެ ތިން މިނެޓް ފަހުން ސިޓީ އަށް ނަތީޖާ ހަމަހަމަ ވީ ވެސް އޭނާ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ފުރަތަމަ ހާފުގައި ފިލް ފޯޑެން ސިޓީ އަށް ލީޑް ނަގައިދިނެވެ.

ދެވަނަ ހާފުގައި ޖިއޮވާނީ ލޮސްލޯ ނަތީޖާ ހަމަހަމަކޮށްދނެވެ. އެކަމަކު ޖެކް ގްރިލީޝް ސިޓީ އަށް ލީޑް ނަގައިދިނެވެ. ޓޮޓެންހަމްއިން މެޗުގެ 90 ވަނަ މިނެޓްގައި ޑެޔާން ކުލުސެވްސްކީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކުރުމުން ގާޑިއޯލާ މާޔޫސްވެގެން ބިންމައްޗަށް ވެއްޓިގަތެވެ.