03 ޑިސެމްބަރ 2023
ރާއްޖެ ކައިރީ އޮންނަ ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން މީގެ ކުރިން ގެންގުޅުނު ވިސްނުން ދޫކޮށްލަން އެ ގައުމުން ނިންމައިފި އެވެ.
ރާއްޖެ ކައިރީ އޮންނަ ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން މީގެ ކުރިން ގެންގުޅުނު ވިސްނުން ދޫކޮށްލަން އެ ގައުމުން ނިންމައިފި އެވެ.
މޮރިޝަސްގެ ބައެއްގެ ގޮތުގައި ކުރިން އޮތް ޗާގޮސް، އިނގިރޭސި ސަރުކާރުން ގަތުމަށް ފަހު ޗާގޮސްގެ ރަށެއް ކަމަށްވާ ޑިއޭގޯ ގާސިއާ (ފޯޅަވަހި) އޮންނަނީ 2036 ވަނަ އަހަރާ ހަމައަށް އެމެރިކާ އަށް ކުއްޔަށް ދީފަ އެވެ.
ނަމަވެސް 2019 މޮރިޝަސްއިން ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި އެ ކޯޓުން ވަނީ ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގައިފަ އެވެ.
މޮރިޝަސް އަށް ޗާގޮސް ނުދޭން ނިންމާފައިވާ ނިންމުން ބަދަލުކޮށް އިނގިރޭސި ސަރުކާރުން މިދިޔަ އަހަރު ފަހުކޮޅު މޮރިޝަސްގެ ސަރުކާރާ އެކު މަޝްވަރާތައް ވެސް ފެށި އެވެ.
އެހެން ނަމަވެސް އިނގިރޭސި ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޑިފެންސްގެ މަގާމުގައި ހުންނެވި ގްރާންޓް ޝަޕްސް އެކުލަވާލަމުން އަންނަ އާ ޕްލޭންގެ ދަށުން ޗާގޮސް މޮރިޝަސްއާ ހަވާލެއް ނުކުރާނެ އެވެ.
އެއް ސަބަބަކަށް "ދަ ޓެލެގްރާފް" ނޫހުގައި ބުނެފައި ވަނީ އެއީ މޮރިޝަސް އާއި ޗައިނާ އާ ދެމެދު އޮންނަ ގުޅުމެވެ. އެކަން އެހެން އޮއްވާ ޗާގޮސް ދޫކޮށްލައިފި ނަމަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ހާއްސަ ގުޅުމާއި އިންޑޯ ޕެސިފިކް ސަރަހައްދަށް ވެސް ނުރައްކާ ވެދާނެ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
ޝަޕްސް އާއި ބޮޑުވަޒީރުގެ ނައިބު އޮލިވާ ޑައުޑެންއާ ފޮރިން ސެކްރެޓަރީ ލޯޑް ކެމަރަން ބައްދަލު ކުރެއްވި ކަމަށާއި ޗާގޮސްގެ ރަށްތަށް މޮރިޝަސް އަށް ދިނުމުގެ ޕްލޭންތައް އުވާލަން އޭނާ އެންގެވި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
ޗާގޮސް، މޮރިޝަސް އަށް ނުދޭން އިނގިރޭސީން ނިންމި އިރު ޗާގޮސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި އެ ޓްރައިބިއުނަލުން ވަނީ، އެ ރަށްތަކުގެ މައްޗަށް މޮރިޝަސް އަށް ސިޔާދަތީ ބާރު އޮތް ކަމަށް ކަނޑައަޅައިފަ އެވެ. އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބައިކޮށްފަ އެވެ.
އިޓްލޮސްގައި ރާއްޖޭން ބުނަމުން އައީ ޗާގޮސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމެއް ނުވަތަ އިނގިރޭސި ވިލާތަށް ކަމެއް ނޭނގޭތީ މިކަމުގައި މޮރިޝަސް އަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެ މައްސަލަ ނިންމާފައި ނޫނީ އިޓްލޮސްގައި މައްސަލަ ނުބެލޭނެ ކަމަށް ރާއްޖޭން ވަކާލާތުކުރި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަކީ މި ސަރުކާރުން ވެފައިވާ ވައުދެކެވެ. އަދި ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަށް ވައްދާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
ޓްރަމްޕް ސަރުކާރުން ޗާގޯސް ޑީލަށް ހުރަސް އަޅާފާނެ
މޮރިޝަސް އަށް ޗާގޯސް ދޭން ޔޫކޭއިން އެއްބަސްވެއްޖެ
ޗާގޯސްގައި އަލުން ވަޒަންވެރިއެއް ނުކުރެވޭނެ: ކެމަރަން
ކަނޑުގެ ސަރަހައްދު ހޯދުން އަވަސްކުރަން ގާސިމް އެދިއްޖެ
ޗާގޯސް ދިނަސް، އެމެރިކާގެ އަސްކަރީ ބޭސް ދެމިއޮންނާނެ
ޗާގޯސް މައްސަލަ: ރާއްޖެއިން މޮރިޝަސްއަށް ތާއީދުކުރަނީ
މޮރިޝަސްއަށް ޗާގޯސް ދިނުމުން ރައީސްގެ ސިޓީއެއް ޔޫކޭއަށް
ޔޫކޭގެ ނިންމުމާއެކު ގޮންޖެހުންތައް ކުރިމަތިވެއްޖެ: އޭޖީ
އިޓްލޮސްގެ ނިންމުން ތަންފީޒުކުރެވިދާނެކަމާމެދު ސުވާލެއް!
މޮރިޝަސްއަށް ފޮނުވައި ސިއްރު ކުރި ސިޓީ އާއްމުކޮށްފި