02 ޑިސެމްބަރ 2023
ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ރާއްޖެއަށް ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ލީޑިން ޑެސްޓިނޭޝަން" އެވޯޑް ލިބިއްޖެ އެވެ.
ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ރާއްޖެއަށް ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ލީޑިން ޑެސްޓިނޭޝަން" އެވޯޑް ލިބިއްޖެ އެވެ.
މި އެވޯޑް ރާއްޖެއަށް ލިިބުނީ، ދުނިޔޭގެ އެންމެ މަގްބޫލު 17 މަންޒިލަކާ ވާދަކޮށެވެ. އޭގެ ތެރޭގައި ދުބާއީ، އިންޑޮނީޝިއާ، ނިއުޒީލެންޑް، ސްޕެއިން އަދި ވިއެޓްނާމް ފަދަ ގައުމުތަކުން ވަނީ އެ އެވޯޑަށް ވާދަކޮށްފަ އެވެ.
މިއީ ދުނިޔޭގެ ޓޫރިޒަމް މަންޒިލްތަކުގެ ފެންވަރާއި މަގުބޫލުކަން ކަނޑައަޅައިދޭ އެވޯޑެކެވެ. ރާއްޖެ އިޝްތިހާރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އެމްއެމްޕީއާރްސީން ބުނީ، މި އެވޯޑްގެ ސަބަބުން ރާއްޖެއަކީ އަދިވެސް ދުނިޔޭގައި އެންމެ މަގްބޫލު މަންޒިލްކަން ހާމަވާ ކަމަށެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް 2023 ހަފްލާ ކުރިއަށް ދިޔައީ ދުބާއީގެ ބުރުޖް އަލް އަރަބްގަ އެވެ. ލީޑިން ޑެސްޓިނޭޝަންގެ އިތުރުން ވޯލްޑް ޓްރެވަލް އެވޯޑް އިން ވަނީ އެމްއެމްޕީއާރްސީއަށް ވޯލްޑް ލީޑިން ޓޫރިސްޓް ބޯޑު އެވޯޑް ވެސް ލިބިފަ އެވެ. މިއީ މި އެވޯޑް އެމްއެމްޕީއާރްސީއަށް ލިބުނު ދެވަނަ އަހަރެވެ.
މި ދެ އެވޯޑްގެ އިތުރުން ރާއްޖެ ވަނީ ވޯލްޑްސް ލީޑިން ބީޗް ޑެސްޓިނޭޝަން އެވޯޑާއި ވޯލްޑްސް ލީޑިން ޑައިވް ޑެސްޓިނޭޝަނާއި ވޯލްޑްސް ލީޑިން ހަނީމޫން އަދި އައިލެންޑް އެވޯޑަށް ވެސް ނޮމިނޭޓްވެފަ އެވެ.
އެމްއެމްޕީއާރްސީން ވަނީ މި އަހަރު ރާއްޖެ އިޝްތިހާރު ކުރުމަށް 348 ޕްރޮމޯޝަނަލް ހަރަކާތް ކުރިއަށް ގެންގޮސްފަ އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް ދޭން ފެށީ 1993 ވަނަ އަހަރުން ފެށިގެންނެވެ. މި އެވޯޑަށް ގައުމުތައް ހޮވަނީ، ދާއިރާގެ ޕްރޮފެޝަނަލުން ދޭ ވޯޓަކުންނެވެ.
ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 1.6 މިލިއަން ޓޫރިސްޓުން އައިސްފައި ވާއިރު ސަރުކާރުގެ އަމާޒަކީ 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
ފަސް ވަނަ ފަހަަރަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް
ރާއްޖޭގެ ހިމޭންކަމުން އުފަންވި ސޮފްޓްވެއާ ދުނިޔެއަށް!
"އިގްތިސާދު ކުރިއަށް، އެކަމަކު ދަރަނީގެ ރިސްކު ބޮޑު"
"ވޯލްޑް ލީޑިން ޑެސްޓިނޭޝަން" ރާއްޖެއިން މިލްކުކޮށްފި
"ބެސްޓް އައިލެންޑް އިން އޭޝިއާ" އެވޯޑު ރާއްޖެ އަށް
އެންމެ ގިނަ ބަޔަކު އަންނަން ބޭނުންވަނީ ރާއްޖެ: ދިރާސާ
ދެ ޓޫރިސްޓެއްގެ ސުފުރާ އަށް ދިވެހި ކެއުން
އާ އަހަރާ ދިމާކޮށް އަކްޝޭ ރާއްޖޭގައި
ސީއެންއެންގެ ރާއްޖެއާ ގުޅޭ ޕްރޮގްރާމް މީޑިއާނެޓުން
ރާއްޖެ ޕްރޮމޯޓްކުރަން އެކްޓަރު ކަރެންވީރުގެ ދެމަފިރިން