ވޭލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭނުންކުރާ އޭރޮނޯޓިކަލް މެސެޖް ހެންޑްލިން ސިސްޓަމް ޒަމާނީ ފެންވަރަށް ބަދަލު ގެނެސް ހިދުމަތް ދޭން ފަށައިފި އެވެ.
01 ޑިސެމްބަރ 2023
ވޭލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭނުންކުރާ އޭރޮނޯޓިކަލް މެސެޖް ހެންޑްލިން ސިސްޓަމް ޒަމާނީ ފެންވަރަށް ބަދަލު ގެނެސް ހިދުމަތް ދޭން ފަށައިފި އެވެ.
މިއަހަރު ކުރީކޮޅު ފެށި އެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު މިހާރު ވީއައިއޭގައި ހުންނާނީ މިފަދަ އެންމެ ފަހުގެ ސިސްޓަމް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެމްއޭސީއެލް އިން ބުނީ މި ޕްލެޓްފޯމާ އެކު މިހާރު މެނުއަލްކޮށް ކުރާ ވަކިވަކި މަސައްކަތްތައް ސިސްޓަމް ތެރެއިން އޮޓޮމޭޓްވެ، އެއާލައިންތަކުން ފޮނުވާ ފްލައިޓް ޕްލޭން އިންޓަނެޓް މެދުވެރިކޮށް އެޕްރޫވްކޮށް ފައިލް ކުރުމުގެ މަސައްކަތް ފަސޭހަކަމާ އެކު ކުރެވޭނެ ކަމަށެވެ.
މި ސިސްޓަމަކީ ގާއިމް ކުރުމުގެ މަޝްރޫއުއަކީ ދުނިޔޭގެ އެކި ގައުމުތަކަށް އޭވިއޭޝަން ސިސްޓަމްސް އަދި ސޮފްޓްވެއާގެ ހިދުމަތް ފޯރުކޮށްދެމުންދާ އިޓަލީގެ ކުންފުންޏެއް ކަމައްވާ އައިޑީއެސް އެއާނެވް އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ. އެކަމަށް 500،000 ޑޮލަރު (7.7 މިލިއަން ރުފިޔާ ހަރަދުވި އެވެ.
އައިޑީއެސް އެއާނެވް އިން ވަނީ މި ސިސްޓަމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކުރުމުގެ އިތުރުން އޭރޮނޯޓިކަލް އިންފޮމޭޝަން ސިސްޓަމެޓިކްކޮށް މެޏޭޖްކުރަން ބޭނުންވާނެ ޕްލޭނެއް ރާވާ އެކުލަވާލުމަށް އެހީތެރިވެދީފަ އެވެ. އަދި މި ސިސްޓަމް ބޭނުން ކުރާނެ ގޮތުގެ ހާއްސަ ތަމްރީން ވެސް ވަނީ މުވައްޒަފުންނަށް ދީފަ އެވެ.
އާ ސިސްޓަމާ އެކު އެއާޕޯޓުގެ އެންމެ މަތީ ފެންވަރުގެ ސަލާމާތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އޭޓީސީ ތަމްރީނު ކުރުމުގެ ފުރަތަމަ ކޯސް ފަށައިފި
ހަމީދު: މުޅި ހަޔާތް އެއާ ޓްރެފިކް ކޮންޓްރޯލްގައި!
ރާއްޖޭގައި އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނު ކުރަނީ
އެއާޕޯޓް ޓަވަރުގެ މުވައްޒަފުން އިހުތިޖާޖެއްގައި!
ނިޔާމަ ދަތުރެއްގައި އެއާޕޯޓުގެ މި މުވައްޒަފުންގެ ހިއްސާ
ވީއައިއޭއަށް 59: ކުރިއަށް އޮތީ ބޮޑެތި ތަރައްގީތަކެއް
ވީއައިއޭގެ ޓެކްސީވޭ އަލުން ތަރައްގީކުރަން ފަށައިފި
އެމްއޭސީއެލްއިން ރޯދައަށް އެއާޕޯޓް ސާފުކުރަނީ
އެފްކޮމް ކާގޯ އިން ރާއްޖެއަށް ކާގޯ ފްލައިޓްތައް އަޅަނީ
އެއާޕޯޓުގެ ޓްރެފިކް ހަމައަކަށް އެޅިއްޖެ: އެމްއޭސީއެލް