01 ޑިސެމްބަރ 2023
ކުރީގެ ސަރުކާރުން ހުޅުމާލޭގައި ހަދަން ފަށާފައިވާ ފްލެޓުތަކުން އެންމެ އަވަހަށް ނިންމޭނީ ތިން ޓަވަރު ކަމަށާއި އެ ހުރިހާ ޓަވަރުތަކެއް އަވަހަށް ނިންމަން މަސައްކަތުގެ ސްޕީޑު އަވަސްކުރަން އަންގާފައިވާނެ ކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އިއްޔެ ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުން ހުޅުމާލޭގައި ހަދަން ފަށާފައިވާ ފްލެޓުތަކުން އެންމެ އަވަހަށް ނިންމޭނީ ތިން ޓަވަރު ކަމަށާއި އެ ހުރިހާ ޓަވަރުތަކެއް އަވަހަށް ނިންމަން މަސައްކަތުގެ ސްޕީޑު އަވަސްކުރަން އަންގާފައިވާނެ ކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އިއްޔެ ވިދާޅުވެއްޖެ އެވެ.
އާ ސަރުކާރުގައި، އެފްޑީސީގެ އިސްވެރިޔަކަށް ހަމަޖެއްސެވި ހަމްދާން، ފްލެޓުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށްފަހު "މިހާރު" އަށް ވިދާޅުވީ ޝެޑިއުލްގައި މިހާރު އޮތްގޮތުން އެންމެ އަވަހަށް ވެސް ފްލެޓުތައް ނިމެން އޮތީ އަންނަ އަހަރުގެ މެއި/ޖޫން ހިސާބުގައި ކަމަށެވެ. އެއީ ވެސް ތިން ޓަވަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އެފްޑީސީން ކުރިން ބުނީ ހަ ޓަވަރުގެ މަސައްކަތް ވަނީ ނިމުމުގެ މަރުހަލާގައި ކަަމަށާއި މި މަސް ނިމުމުގެ ކުރިން އެ ތަންތަނުގައި ލިފްޓް ހަރުކޮށް ފެނާއި ކަރަންޓު ފޯރުކޮށްދޭނެ ކަމަށެވެ. އޭރުން، އެ ފްލެޓުތަކުގައި ދިރިއުޅެވޭ ވަރަށް ފްލެޓު ތައްޔާރުކުރެވުނީ ކަމަށް މިދިޔަ އޮކްޓޯބަރު މަހު ބުންޏެވެ.
ހަމްދާން ވިދާޅުވީ އެ ތަންތަނަށް ބޭނުންވާ ލިފްޓުތައް އަދި ރާއްޖެ ނުގެންނަ ކަމަށެވެ.
Visited the housing sites in HM Phase 2 with #TeamFDC and met with the contractors. We are now seeking avenues to move forward and to expedite the completion of the units ahead of schedule. @Fdc_mv pic.twitter.com/PFD0kAQE4S
— Hamdhan Shakeel (@HamdhanShakeel) November 30, 2023
"އިރާދަކުރެއްވިއްޔާ ފެބްރުއަރީ މަހުގެ ނިޔަލަށް މީހުންނަށް ވަދެވޭ ވަރު ކުރާނަން [ފުރަތަމަ ތިން ޓަވަރަަށް]. އެއީ އެކްސްޓާނަލް ވޯކްސް ވެސް ނިންމާފައި އިރާދަކުރެއްވިއްޔާ. މީހުން މޫވްކުރީމަ، މި ބަލަނީ، ބޭސިކް ސާވިސަސް ވެސް ހިމެނޭ ގޮތަށް، ވާހަކައަކީ ފްލެޓުގެ 14 ވަނަ ބުރީގައި ހުރެފައި ނުޖެހޭނެ ކުނި ކޮތަޅު ހިފައިގެން ފައިބާކަށް. ގާބޭޖް ހުޑް އެއްޗެހި ހަރުކޮށްފައި ހުންނާނީ،" ހަމްދާން ވިދާޅުވި އެވެ.
"ހިނގާލާފައި އެންމެ ދުރުން 20 މިނެޓު ތެރޭގައި ހުރިހާ ބޭސިކް ނެސެސިޓީސް، ބޭނުންވާ ހުރިހާ ހިދުމަތް ލިބޭ ގޮތަށް މި ރާވަނީ."
އޭނާ ވަނީ ކޮންޓްރެކްޓަރާއި ކަމާގުޅޭ އެހެން ބޭފުޅުންނާ ވާހަކަދައްކައި، މި މަޝްރޫއު ލަސްވެދާނެ ގޮތަށް ކަންކަން ނުބަހައްޓައި، ވީހާ ވެސް އަވަހަށް މަސައްކަތް ނިންމަން ވެސް އަންގައިފަ އެވެ.
"އަޅުގަނޑުމެން އަންގާފައި ވާނީ ކުރިއަށް ވުރެ ބޮޑަށް މަސައްކަތް ސްޓްރީމްލައިންކޮށް، ކޮލިޓީ ކޮމްޕްރޮމައިޒް ނުކޮށް ސްޕީޑު މަތިކުރަން. މަތިކޮށްގެން އިރާދަކުރެއްވިއްޔާ 2025 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ބައްތިރީސް ޓަވަރު ނިންމާލާނެ." އޭނާ ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ނިންމާފައި ވަނީ 32 ޓަވަރެއްގައި 4،000 ފްލެޓު ހަދާށެވެ. ކޮންމެ ޓަވަރެއްގެ ކޮންމެ ފްލޯއެއްގައި 8 އެޕާޓްމެންޓް ހުންނާނެ އެވެ.
ހަމްދާން ވިދާޅުވީ ފުރަތަމަ ނިމޭ ތިން ޓަވަރަށް ފަހު ކޮންމެ ހަ މަހަކުން ބެޗަށް ބަހާލައިގެން ޓަވަރުތައް ނިންމާލެވޭތޯ މަސައްކަތްކުރާނެ ކަމަށެވެ.
އެފްޑީސީން ހުޅުމާލޭގައި ހަދާ ފްލެޓުތަކުގެ މަސައްކަތް، ކުންފުނީގެ އާ އެމްޑީ ހަމްދާން ބައްލަވާލައްވަނީ.-- ފޮޓޯ: އެފްޑީސީ
ގިނަ ޓަވަރުތަކުގައި ސުޕަ ސްޓްރަކްޗާގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހުރިހާ ޓަވަރެއްގެ މަސައްކަތްތައް ވެސް ވެސް ފަސް ވަނަ ބުރިން މައްޗަށް އަރާފައިިވާ ކަމަށް ހަމްދާން ވިދާޅުވި އެވެ.
މިިދިޔަ ދުވަސްތަކުގައި ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަން ނުކޮށް ހުރުމުން ލަސްތަކެއް ދިމާވިއަސް، ކުންފުނީގެ މާލީ ހާލަތު ތަންދޭ ގޮތުން، އަވަހަށް މުދާ ކްލިއަކޮށް، ކޮލިޓީ މެއިންޓެއިންކުރާނެ ކަމަށާއި އެފްޑީސީގެ މުވައްޒަފަކު ނުގޮސްގެން ދެން މަސައްކަތެއް ލަހެއް ނުވާނެ ކަމަށް ވެސް ހަމްދާން ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ވަނީ ހުޅުމާލޭގައި އިތުރު 4،000 ފްލެޓު އަޅަން އިންޑިއާގެ އިތުރު ކުންފުންޏަކާއެކު މިދިޔަ އޮގަސްޓް މަހު ހަވާލުކޮށްފަ އެވެ. ހަމްދާން ވިދާޅުވީ ފައިނޭންޝަލް ރިޕޯޓު ހުށަހަޅަން އެ ކުންފުންޏަށް ހަ މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ އެ އެގްރިމެންޓް ބާތިލްވާނެ ކަމަށެވެ. ހަ މަސް ދުވަހުގެ ތެރޭގައި ފައިނޭންޝަލް ހަމަޖައްސައި ހުށަހަޅައިފިނަމަ މަސައްކަތް ކުރިއަށްގެންދާނެ އެވެ. އެކަމަކު، މިހާތަނަށް ފައިނޭންޝަލްގެ އެއްވެސް ކަމެއް ހުށަނާޅާ ކަމަށް ހަމްދާން ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ޑިޒައިންކުރި އެ ފްލެޓުތަކުގައި ރަނގަޅު ކަންކަން އެބަހުރި ކަމަށާއި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް، ކުރިއަށް އޮތް ތަނުގައި ގްރީން ޑިވެލޮޕްމަންޓް ކޮމްޕޯނަންޓް ހިމަނައިގެން ސަސްޓެއިންކޮށް، އެތަނަށް ބަދަލުވާ މީހާއަށް ހަމަޖެހިލައިގެން އުޅެވޭނެ ގޮތެއް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގެ ދައުރު ހަމަވިއިރު، އެ ފްލެޓުތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު، އާއްމުކޮށް ފްލެޓު ލިބުނު ކަމުގެ ލިޔުން ވެސް ހަވާލުކޮށްފައިވެ އެވެ. ނަމަވެސް، އޭސީސީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ފްލެޓު ދިނުން މަޑުޖައްސާލަން އެ ކޮމިޝަނުން ވަނީ ސަރުކާރަށް އަންގައިފަ އެވެ.
ހައްޖު ކޯޕަރޭޝަނުން ހައުސިން މަޝްރޫއެއް ހިންގަނީ
އެންމެ އަވަަހަށް ނިންމާ 4 ޓަވަރުގައި ލިފްޓު ހަރުކުރަނީ
4،000 ފްލެޓް ދޫކުރުމުގެ ތަފުސީލު އަންނަ ހަފުތާގައި
4،000ފްލެޓް ދޫކުރުން ކުރިއަށް ގެންދަން ހުއްދަ ދީފި
ފަހި ދިރިއުޅުން "އަމާން ދޯދި" މޮކް-އަޕް ދައްކާލައިފި
"އަޅުގަނޑަށް ފްލެޓް ލިބުމަކީ މައްސަލައެއް ނޫން"
ސަރުކާރުން ހުޅުމާލޭގައި އިތުރު 4،000 ފްލެޓް އަޅަނީ
ފުރަތަމަ 13 ޓަވަރުގައި އޮގަސްޓުމަހު މީހުން ދިރިއުޅޭނެ
ހުޅުމާލޭގައި ހަދާ ބައެއް ފްލެޓްތައް މެއި މަހަށް ނިމޭނެ
އެފްޑީސީގެ 4،000 ފްލެޓް: 18 ފްލޯގެ 32 ޓަވަރު