28 ނޮވެމްބަރ 2023
އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ދަރިވަރުންނަށް ބަހުގެ ހިދުމަތް ދޭން ފަށައިފި އެވެ.
އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ދަރިވަރުންނަށް ބަހުގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެ ކުންފުނިން ތައާރަފް ކުރި ބަހުގެ ހިދުމަތަކީ މާލެ އާއި ހުޅުމާލެއާ ދެމެދު ދޭ ހިދުމަތެކެވެ. މި ހިދުމަތް ތައާރަފްކުރީ އޭއެމްޔޫ ކޮންސްޓްރަކްޝަންއާ ގުޅިގެންނެވެ. އައިލެންޑާސްއިން ބުނި ގޮތުގައި މި ކުންފުންޏަކީ ބަހުގެ ހިދުމަތް ދިނުމުގައި ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށެވެ.
އައިލެންޑާސް އެޑިއުކޭޝަނުން ބުނި ގޮތުގައި މި ހިދުމަތަކީ ހުޅުމާލެއިން އެ ދެ ސްކޫލަށް އަންނަ ދަރިވަރުންގެ އަދަދު އިތުރުވުމާ ގުޅިގެން ތައާރަފްކުރި ހިދުމަތެކެވެ. އަދި މި ހިދުމަތުގެ ސަބަބުން ހުޅުމާލޭގައި މިހާރު ދިރިއުޅޭ ދަރިވަރުން ކުރިމަތިލަމުން އަންނަ ދަތުރުފަތުރުކުރުމުގެ ދަތިތަކަށް ހައްލު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނީ މި ހިދުމަތް ރައްކާތެރިގޮތުގައި ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި ދަރިވަރުން ބަހަށް އަރާ ވަގުތުތަކާއި ފައިބައި ވަގުތުތަކުގައި ފުލުހުންނާއި ޓްރެފިކް ޕޮލިހުގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.
އައިލެންޑާސް އެޑިއުކޭޝަނުން ބުނި ގޮތުގައި މި ހިދުމަތުގެ ސަބަބުން އެ ކުންފުނީގެ ސްކޫލްތަކުން ތައުލީމު ހާސިލްކުރަމުންދާ ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުންނާއި އެ ސްކޫލްތަކަށް ވަނުމަށް ބޭނުންވާ ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ފަސޭހައިން ސްކޫލަށް އައުމުގެ އިންތިޒާމުތައް ހަމަޖެއްސޭނެ ކަމަށެވެ.
އައިލެންޑާސް އެޑިއުކޭޝަނުން ބުނި ގޮތުގައި ދުވާލަކު ބަހުގެ ދެ ދަތުރު ނުވަތަ ތިން ދަތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުތައް ޝެޑިއުލްކޮށްފައި ވަނީ ވަގުތު މެނޭޖުކޮށް, ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތްތައް ބަލައި, ސްކޫލަށް ދާންޖެހޭ ވަގުތަށް ދެވޭނެ ގޮތްތަކަށް ވިސްނައިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.
އައިލެންޑާސްއިން ބުނީ މިއީ ބެލެނިވެރިންގެ ސަޕޯޓާއި އެއްބާރުލުމުގެ ސަބަބުން ދޭން ފެށުނު ހިދުމަތެއް ކަމަށެވެ. މި ހިދުމަތް ހޯދުމަށް ރަޖިސްޓްރީކުރަން ޖެހޭނެ އެވެ. ބަހުގެ ހިދުމަތަށް ސްކޫލްގެ އެޑްމިނިސްޓްރޭޓިވް އޮފީހުން ރަޖިސްޓްރީ ކުރެވޭނެ އެވެ.
ބިލަބޮންގް އާއި ފިންލެންޑުގެ އެޑްމިޝަނަށް ހުޅުވާލަނީ
ބިލަބޮންގް، ފިންލެންޑް ސްކޫލްގެ އެޑްމިޝަނަށް ހުޅުވާލަނީ
އައިލެންޑާސް ސްކޫލުތަކުގެ ޓީޗަރުންގެ މުސާރަ ބޮޑުކޮށްފި
އައިލެންޑާސް ސްކޫލުތަކުގެ ޖާގަ ހޯދަން ބޮޑު ތަރުހީބެއް
އައިލެންޑާސް އިން ހިންގާ ސްކޫލުތަކުގެ ފީ ކުޑަކޮށްދީފި
އައިލެންޑާސްއިން ހުޅުވާލި ޖާގަތައް 7 މިނެޓުން ފުރިއްޖެ
އައިލެންޑާސްއިން ގްރޭޑް 1 ގައި ކިިޔަވަން ހުޅުވާލަނީ
ބިލަބޮންގް އާއި ފިންލެންޑް ސްކޫލުން ގްރޭޑް 1އަށް ޖާގަ
ފިންލެންޑް ސްކޫލަށް އެކްރެޑިޓޭޝަން ލިބުން ފާހަގަކޮށްފި
ބިލަބޮންގުން ރާއްޖެއަށް އާ ދެ މާއްދާ ކިޔަވައިދެނީ