Roadha Mihaaru
ނީލް-ރުކްމިނި ކައިވެނީގެ ހަފުލާގައި ވަރަށް ނަލަ

ނީލް-ރުކްމިނި ކައިވެނީގެ ހަފުލާގައި ވަރަށް ނަލަ

21 ފެބުރުއަރީ 2017

ބޮލީވުޑް ދަންނަ މީހުންނަށް ނީލް ނިތިން މުކޭޝް އަލެއް ނުވާނެ އެވެ. ޖޮނީ ގައްދާރް އަދި ނިއު ޔޯކް ފަދަ ފިލްމުތަކުން ފެނިފައިވާ ނީލް އަކީ ގިނަ އަންހެން ކުދިންގެ "ޕޯސްޓާ ބޯއި" އެކެވެ. އެކަމަކު ނީލް ވަނީ މި މަހު އޭނާގެ ލޯބިވެރިޔާ ރުކްމިނި ސަހޭއާ ކައިވެނިކޮށް ވަރަށް ކުލަ ގަދަ ހަފުލާއެއްގައި ބާއްވައިފަ އެވެ.

ފާތިމަތު މުނާލް ޝުޖާއު ފާތިމަތު މުނާލް ޝުޖާއު

ބޮލީވުޑް ދަންނަ މީހުންނަށް ނީލް ނިތިން މުކޭޝް އަލެއް ނުވާނެ އެވެ. ޖޮނީ ގައްދާރް އަދި ނިއު ޔޯކް ފަދަ ފިލްމުތަކުން ފެނިފައިވާ ނީލް އަކީ ގިނަ އަންހެން ކުދިންގެ "ޕޯސްޓާ ބޯއި" އެކެވެ. އެކަމަކު ނީލް ވަނީ މި މަހު އޭނާގެ ލޯބިވެރިޔާ ރުކްމިނި ސަހޭއާ ކައިވެނިކޮށް ވަރަށް ކުލަ ގަދަ ހަފުލާއެއްގައި ބާއްވައިފަ އެވެ.

އިންޑިއާގެ އުދައިޕުރްގައި ކައިވެނި ކުރުމަށް ފަހު، މުމްބައިގެ ޖޭ.ޑަބްލިއު މެރިއޮޓް ހޮޓެލްގައި ވަރަށް ބޮޑު ޕާޓީއެއް ބޭއްވި އެވެ. މުމްބައިގައި ބޭއްވި ހަފުލާއަށް ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރީން ދިޔަ އެވެ. އަމީތާބް ބައްޗަން، ޖަޔާ ބައްޗަން، ސަލްމާން ހާން، ބިޕާޝާ ބާސޫ އަދި ކެޓްރީނާ ކައިފް އޭގެ ތެރޭގައި ހިމެނެ އެވެ. ނަލަ ލެހެނގާ، ސާރީ އަދި ސޫޓު ލައިގެން ތިބި މެހެމާނުން ގިނަ އެވެ. އެކަމަކު، ހަފުލާގައި އެންމެ ވިދާލީ ނީލް އާއި އޭނާގެ އަންހެނުންނެވެ. ނީލް އާއި ރުކްމިނީ ލައިގެން ތިބީ އެމެރެލްޑް ފެހި ކުލައިގެ ހެދުމާއި ސޫޓެވެ.

ނީލް އާއި ރުކްމިނީގެ ހެދުންތައް ފަރުމާކުރީ އިންޑިއާގެ އެންމެ މަޝްހޫރު ޑިޒައިނަރުންގެ ތެރެއިން ހިމެނޭ މާނަވް ގަންގްވާނީ އެވެ. މާނަވްގެ ހާއްސަ ބްރައިޑަލް ކަލެކްޝަން "ޖައްނަތު އޭ ބޭގަމް" ކަލެކްޝަންގައި ހިމެނޭ މި ފެހި ކުލައިގެ ދެ ޑިޒައިން، ނީލް އާއި ރުކްމިނީ ލުމުން ވަރަށް ހިތްގައިމެވެ.

ނީލް ލައިގެން ހުރީ މާނަވްގެ ޝޯއިން ފެނުނު ފިރިހެނުންނަށް ހާއްސަ ސަގާފީ ސްޓައިލެއްގެ ސަލްވާރް ސޫޓަކާއި އައިވޮރީ ކުލައިގެ ހަރުވާޅެކެވެ. ނީލްގެ ސޫޓުގައި ރަން ކުލައިން އެމްބްރޮއިޑަރީ ޑިޒައިން ބޭނުންކޮށްފައި ހުއްޓެވެ. އަދި ނީލްއާ ގުޅޭ ގޮތަށް ރުކްމިނީގެ ފެހި ކުލައިގެ ސާރީގައި ރަން ކުލައިގެ އެމްބްރޮއިޑަރީ އަދި ކުދި ލޯގަނޑު ކޮޅު އެކި ޑިޒައިނަށް ހަރުކޮށްފައި ހުއްޓެވެ.

ރުކްމިނީގެ ހެދުމާ އެކު ފެހި ޖަވާހިރު ހަރުކޮށްފައި ހުރި ގަހަނާ ގުޅުވާލައިފައިވެ އެވެ. އަދި އޭނާގެ އަތުގައި ސަގާފީ ކައިވެނި ތަނޑިބައެއް އަޅާފައިވެ އެވެ. ނީލް ވެސް ކަރުގައި ރަން ފަށެއް އަޅައި ސަގާފަތާ ގުޅުވާލާފައިވެ އެވެ.

ކައިވެނި ޕާޓީ ބޭއްވި ހޯލް ވެސް ވަނީ ވަރަށް ހިތްގައިމުކޮށް ޖަރީކޮށްފަ އެވެ. ހުދާއި ފިޔާތޮށި ކުލައިގެ ކާނޭޝާން މާ ބޭނުންކޮށްފައި ހުއްޓެވެ. ނީލްގެ ކައިވެނި ޕާޓީ އަކީ މިއަހަރުގެ އެންމެ ބޮޑު ކައިވެނި ހަފުލާތަކުގެ ތެރޭގައި ހިމެނޭނެ ހަފުލާއެއްގެ ގޮތުގައި ވަނީ ފާހަގަވެފަ އެވެ.