ކުޑަކުއްޖެއްގެ ގައިގައި ޖަހައި އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ މެއިޑް، ކޯޓުގައި އެ ކުށަށް އިއުތިރާފު ވެއްޖެ އެވެ.
24 ނޮވެމްބަރ 2023
ކުޑަކުއްޖެއްގެ ގައިގައި ޖަހައި އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ މެއިޑް، ކޯޓުގައި އެ ކުށަށް އިއުތިރާފު ވެއްޖެ އެވެ.
ސަންދީޕް ކޯރު، 22، މި ކުށަށް އިއުތިރާފުވީ ބަންދުގެ މުއްދަތު އިތުރުކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. އޭނާ ވަނީ ކޯޓުގައި އެ ކުށަށް އެއްބަސްވެ، އެކަމަށް މާފަށް އެދޭ ކަމަށް ވެސް ބުނެފަ އެވެ.
އޭނާ ބަންދަށް އިތުރު 15 ދުވަސް ކޯޓުން ވަނީ ދީފަ އެވެ.
މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ. އޭނާ ހައްޔަރުކޮށް އެންމެ ފުރަތަމަ 15 ދުވަހަށް ބަންދުކޮށްފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެ މުއްދަތު ހަމަވުމުން މި މަހު ނުވައެއްގައި ވެސް އޭނާ ބަންދަށް އިތުރު 15 ދުވަސް ކޯޓުން ދިނެވެ.
ކޯޓު އަމުރުގައިވާ ގޮތުގައި، އޭނާގެ މައްސަލަ 10 ދުވަސް ތެރޭގައި ޕީޖީ އޮފީހަށް ފުލުހުން ހުށަހަޅާނެ އެވެ.
އޭނާގެ ފަރާތުން ވަކާލާތުކުރާނެ ވަކީލަކު ހަމަޖެއްސި ނަމަވެސް، އިއްޔެ ބޭއްވި އަޑުއެހުމަށް ވަކީލު ހާޒިރުނުވާ ކަމަށް ވެސް ކޯޓު އަމުރުގައި ބުންޏެވެ.
އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ބުނެފައި ވަނީ އޭނާ އުޅޭ ގޭގެ މީހުން އޭނާ އަށް އަށް ވެސް އަނިޔާކުރާ ކަމަށާއި މުސާރަ ނުދީ ގަދަކަމުން މަސައްކަތް ކުރުވާ ކަމަށެވެ. ބަލިވުމުން ވެސް މަސައްކަތް ކުރުވާ ކަމަށް އޭނާ ކޯޓުގައި ބުންޏެވެ.
ގޭގެ ވެރިފަރާތަށް ތުހުމަތުކޮށް އޭނާ ބުނީ، އެނބުރި ގައުމަށް ދާން ބޭނުންވާ ކަމަށް ބުނުމުން ދުވަހަކު ވެސް އިންޑިއާ އަށް ނުފޮނުވާނެ ކަމަށް އިންޒާރު ދިން ކަމަށާއި އޭނާ އަށް ގެއިން ކާން ވެސް ނުދޭ ކަމަށެވެ.
އޭނާ އަށް ކުރަނީ ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރުމުގެ ތުހުމަތެވެ. އޭނާ ކުއްޖާގެ ގައިގައި ޖަހާ ކަމަށް ބެލެވޭ ވީޑިއޯ ހެކި ހުރުމުން ތުހުމަތު ވުޖޫވާ ވަރަށް މި މައްސަލާގައި ހެކި އެބަހުރި ކަމަށް ކޯޓުން ބުނެފައިވެ އެވެ.
ކޯޓުގައި ބުނީ ޖީބަށް ވަޅި ލެވުނީ ހަނދާން ނެތިގެންނޭ
މާރާމާރީގެ ތުހުމަތުވާ ބަޔަކު ކޯޓުން ދޫކޮށްލައިފި
ރެޑް ނޯޓިސް ނެރެގެން ހޯދި ތިން މީހުން ހައްޔަރު
ރެޑް ނޯޓިސް ނެރެގެން ހޯދަމުންއައި މީހަކު އަތުލައިގަނެފި
އެއާޕޯޓްގައި މާރާމާރި ހިންގި މީހާ ކޯޓުން ދޫކޮށްލައިފި
ދަނޑުގެ މާރާމާރިއާ ގުޅިގެން އިތުރު މީހަކު ހައްޔަރު
ފައިހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
މާރާމާރީއަށްފަހު ފިލައިގެން އުޅުނު މީހާއަށް ދައުވާކޮށްފި
ބިރުދެއްކި މީހާއަށް ޖިންސީގޯނާގެ ތުހުމަތު ވެސް ކުރޭ
މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 8 މީހަކު ދޫކޮށްލައިފި