Roadha Mihaaru
އިތުރު 11 ސްޓޭޓް މިނިސްޓަރުން އައްުޔަން ކުރައްވައިފި

ކްލައިމެޓް މަންދޫބަކަށް ބޭފުޅަކު ހަމަޖައްސަވައި އިތުރު 11 ސްޓޭޓް މިނިސްޓަރުން

22 ނޮވެމްބަރ 2023

ރައީސް ޑރ. މުހައްމަދު މުއިއްޒު ކްލައިމެޓް އެންވޯއީގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައި އިތުރު 11 ސްޓޭޓް މިނިސްޓަރުން މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކްލައިމެޓް އެންވޯއީގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައި އިތުރު 11 ސްޓޭޓް މިނިސްޓަރުން މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖްގެ މަގާމަށް ހަމަޖެއްސެވީ މއ. ނައިލޯނުގެ، އަލީ ޝަރީފް ކަމަށެވެ.

ދެން މިއަދު އައްޔަން ކުރެއްވީ 11 ސްޓޭޓް މިނިސްޓަރެކެވެ. އެއީ

1- އަލްއުސްތާޒާ ލުބްނާ މުހައްމަދު ޒާހިރު- ހ. ނީލްވިލާ (ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ)

2- މުހައްމަދު ތާރިގް އަހުމަދު- ޏ. ފުވައްމުލައް، ނެރުޅު، ދަނޑިމަގު (އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް)

3- ޑރ. އަމްޒަތު އަހުމަދު- ގދ. މަޑަވެލި، ކިނާރާ (ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް)

4- އަބްދުއްރައްޒާގު އިބްރާހިމް- ހ. ނޫމުތީ (ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން)

5- މުހައްމަދު ޝަހުރުއްޒިޔާދު- ސ. މަރަދޫފޭދޫ ބްލޫހެވަން ( ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖް)

6- މަރްޔަމް ފިޒާނާ ރަޝީދު- މ. ޒޭވަރު (ހަޔާ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް)

7- ޑރ. އަބްދުއްރަހީމް ހަސަން- ތ. ހިރިލަންދޫ، ލިލީގެ (ހަޔާ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް)

8- ފާތިމަތު މުހައްމަދު- ގ. ގްރީންބީންސް (ހަޔާ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް)

9- އަހުމަދު ޝަފީއު- ހއ. އިހަވަންދޫ (ހަޔާ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް)

10- އަހުމަދު މުނާޒު- ހ. ކިސްތީ (ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް)

11- މުހައްމަދު އިބްރާހިމް ހ. ނޫމުތީ (ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް)

ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖްގެ މަގާމަށް އައްޔަން ކުރެއްވި ޑރ. އަލީ ޝަރީފާ މަގާމުގެ ލިޔުން ރައީސް ޑރ. މުއިއްޒު މިއަދު ހަވާލު ކޮށްދެއްވަނީ.

ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖްގެ މަގާމަށް އައްޔަން ކުރެއްވި ޑރ. އަލީ ޝަރީފާ މަގާމުގެ ލިޔުން ރައީސް ޑރ. މުއިއްޒު މިއަދު ހަވާލު ކޮށްދެއްވަނީ.

މި ސްޓޭޓް މިނިސްޓަރުންގެ ތެރެއިން ބައެއް ބޭފުޅުން ވަކީ ކުރީގެ ބައެއް ސަރުކާރުތަކުގައި އެކި މަގާމުތައް ފުރުއްވައިފަ އެވެ. އޭގެ ތެރޭގައި ޝަފީއު އާއި ލުބުނާ އާއި މުހައްމަދު އިބްރާހިމާއި ޑރ. އަބްދުއްރަހީމް ހަސަނާއި ޑރ. އަޒްމަތު ހިމެނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަން ކުރެއްވި ޝަފީއު ވަނީ ކުރިން ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އެކަމަކު އޭނާ ގިނަ ދުވަހު އުޅުއްވީ ތައުލީމީ ދާއިރާގަ އެވެ.

ރައީސް ޑރ. މުއިއްޒު އިއްޔެ ވެސް ވަނީ ސްޓޭޓް މިނިސްޓަރުކަމަށް 25 ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ.