08 ފެބުރުއަރީ 2017
ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން ނަސީރު ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެ ދެ ނޫސްވެރިންގެ ފަރާތުން މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން ނަސީރު ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެ ދެ ނޫސްވެރިންގެ ފަރާތުން މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ލީވާނާއި ވިސާމް 28،000ރ. އިން ޖޫރިމަނާކޮށް، މިދިޔަ މަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ ނޮވެމްބަރު، 2015 ގައި ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ ހައްޔަރުކުރަން ފުލުހުން އުޅުމުން އެ ދެ މީހުން އެކަމަށް ހުރަސް އެޅި މައްސަލައިގަ އެވެ.
އެ މައްސަލަ ވިސާމާއި ލީވާންގެ ފަރާތުން މިއަދު އިސްތިއުނާފަށް ހުށަހެޅިކަން އެ ދެ މީހުންގެ ވަކީލް އަބްދުﷲ ހަސީން ކަށަވަރުކޮށް ދެއްވި އެވެ.
ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމަކީ މައްސަލައިގެ ބާވަތަށް ބަލައި، ޖަލަށްލެވޭ ކުށެއް ނަމަވެސް ގާޒީ ނިންމެވީ ވިސާމާއި ލީވާން ޖޫރިމަނާ ކުރުމަށެވެ. އެކަމަކު ޖޫރިމަނާ ފައިސާ އެއް މަސް ތެރޭގައި ދައްކަން އެ މީހުންނަށް އެންގި އެވެ.
ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ ވިސާމްގެ މައްޗަށް ކުރާ އިތުރު ދައުވާއެއް ވެސް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ. އަދި ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ވެސް އެފަދަ ދައުވާއެއް ވަނީ އުފުލައިފަ އެވެ.
ވީޑިއޯގެ މައްސަލާގައި ހައްޔަރު ކުރި މީހަކު ދޫކޮށްލައިފި
ވިސާމާއި އާމިރުގެ ބަންދަށް 10 ދުވަސް ޖަހައިފި
ވިސާމާއި ލީވާނަށް ދޭން އުޅެނީ ނުހައްގު އަދަބެއް
"ތިން ނޫސްވެރިންނަށް ކުރަނީ އަސްލެއް ނެތް ދައުވާއެއް"
ދައުވާއަށް ފިޔާޒް އިންކާރު، ހަތް މީހަކު ހެކިންނަށް
އޭސީސީގެ ވެރިންނާ ބައްދަލުކުރި ދެނޫސްވެރިއަކު ވަކިކޮށްފި
ރާއްޖެ ޓީވީގެ ސީއޯއޯކަމުން ފިޔާޒް އިސްތިއުފާ ދެއްވައިފި
ވިސާމަށް ކުށް ސާބިތުނުވި މައްސަލާގެ އިސްތިއުނާފް ފަށަނީ
އަދުރޭ އަތުން ބަދަލު ހޯދަން ރާއްޖެ ޓީވީން ދައުވާކޮށްފި
ފުރައްސާރަކޮށް ބެނާ ދެމިޔަސް ކަންބޮޑެއް ނުވޭ: ފިޔާޒް