Roadha Mihaaru
ޖެންޑާ މިނިސްޓްރީން ހެދި ފިލްމު "ޒޯޔާ" ޕްރިމިއާކޮށްފި

އާއިލީ ގުޅުމާ ބެހޭ ގޮތުން ޖެންޑާ މިނިސްޓްރީން ހެދި ފިލްމު "ޒޯޔާ" ޕްރިމިއާ ކޮށްފި

15 ނޮވެމްބަރ 2023

އާއިލީ ގުޅުމުގެ މުހިންމު ކަމާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީގެ "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ހެދި ފީޗާ ފިލްމު "ޒޯޔާ" އޮލިމްޕަހުގައި އިއްޔެ ޕްރިމިއާ ކޮށްފި އެވެ.

އާއިލީ ގުޅުމުގެ މުހިންމު ކަމާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީގެ "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ހެދި ފީޗާ ފިލްމު "ޒޯޔާ" އޮލިމްޕަހުގައި އިއްޔެ ޕްރިމިއާ ކޮށްފި އެވެ.

އޮލިމްޕަހުގައި އިއްޔެ ހަވީރު ބޭއްވި އިވެންޓެއްގައި މި ފިލްމު ޕްރިމިއާ ކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ. އެ ހަފުލާގައި މިނިސްޓްރީގެ އެހެން ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޖެންޑާ މިނިސްޓްރީގެ ސޯޝަލް ސާވިސް ކޯޑިނޭޓަރު އަބްދުﷲ އަޝްރަފު "މިހާރު" އަށް ވިދާޅުވީ މި ފިލްމަކީ "ގެވެށި ގުޅުން" ކެމްޕެއިންގެ ތެރެއިން ކުރި ވަރަށް ގިނަ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށެވެ.

އާއިލީ ގުޅުމާ ބެހޭ ގޮތުން ޖެންޑާ މިނިސްޓްރީން ހެދި ފިލްމު "ޒޯޔާ" ޕްރިމިއާ ކުރުމަށް ބޭއްވި ހަފުލާގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެ ފިލްމު ޕްރިމިއާ ކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ފިލްމެއް އުފައްދަން މިނިސްޓްރީން ނިންމީ ފިލްމު ބެލުމަކީ ގިނަ ބަޔަކު ޝައުގުވެރިވާ ކަމަކަށް ވެފައި، މި ކަހަލަ ކަމެއްގެ ތެރެއިން ގެވެށި އަނިޔާ އަދި އާއިލީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން "ގެވެށި ގުޅުން" ކެމްޕެއިންގައި ފޯރުކޮށް ދޭން ބޭނުންވާ މުހިންމު ބައެއް މެސެޖުތައް ވެސް ފޯރުކޮށްދިނުމަށް ފަސޭހަވާނެތީ އެވެ.

"ފިލްމެއްގެ ތެރެއިން އަޅުގަނޑުމެން ދޭން ބޭނުންވާ މެސެޖު ފޯރުކޮށްދެވުނީމާ، ގިނަ ބަޔަކު އެ މެސެޖު އެބަ ރީޗުވޭ،" އޭނާ ވިދާޅުވި އެވެ.

"މި ފިލްމުގައި ބޮޑަށް ދައްކާނީ އާއިލީ ގުޅުމުގެ މުހިންމު ކަމާއި ގެވެށި އަނިޔާ ލިބޭ މީހަކަށް އާއިލާގެ ތެރެއިން އެހީ ލިބުން މުހިންމު ވަނީ ކީއްވެކަން. އާއިލާއަކީ މީހަކަށް ކިހާ މުހިންމު އެއްޗެއްކަން."

"ޒޯޔާ"ގެ ނަމުގައި އުފައްދާފައިވާ މި ފިލްމުގެ ދިގުމިނަކީ އެއް ގަޑިއިރާއި 30 މިނެޓެވެ.

އާއިލީ ގުޅުމާ ބެހޭ ގޮތުން ޖެންޑާ މިނިސްޓްރީން ހެދި ފިލްމު "ޒޯޔާ" ޕްރިމިއާ ކުރުމަށް ބޭއްވި ހަފުލާގައި (ކ-ވ) ޖެންޑާގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން އާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މި ފިލްމުގެ ވާހަކަ ލިޔުނީ ވަރަށް ގިނަ ދިވެހި ފިލްމުތަކަށް ސްކްރީންޕްލޭ ލިޔެދީފައިވާ މަޝްހޫރު ސްކްރީން-ރައިޓަރު މަހުދީ އަހްމަދެވެ. މަޝްހޫރު ދިވެހި ފިލްމުތައް ކަމަށްވާ "ވާށޭ މަށާ އެކީ" އާއި "އެންމެ ފަހު ވިންދާ ޖެހެންދެން" އަދި "ވިޝްކާ"ގެ ސްކްރީންޕްލޭ ލިޔުނީ އޭނާ އެވެ.

އަޝްހަރު ވަހީދު ޑައިރެކްޓުކޮށްފައިވާ މި ފިލްމުގައި މުހިންމު ރޯލުތައް ކުޅުނީ ދިވެހި ފިލްމީ ދާއިރާގައި މިހާރު މަޝްހޫރުވަމުން އަންނަ އެކްޓްރެސް، ފާތިމަތު ޝަރާ، އަދުނާން އާއި މުހައްމަދު ސައީދެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މި ފިލްމު ޓީވީތަކުންނާއި ސްޓްރީމިން ޕްލެޓްފޯމުތަކުން ވަރަށް އަވަހަށް ބަލައިލަން ލިބޭނެ ކަމަށެވެ.