12 ނޮވެމްބަރ 2023
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ހޯދުމަށް ބަންޑާރަ ނައިބުގެ ލަފައެއް ހޯދުމަށް އާންމު ކޮމިޓީން މިއަދު ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ހޯދުމަށް ބަންޑާރަ ނައިބުގެ ލަފައެއް ހޯދުމަށް އާންމު ކޮމިޓީން މިއަދު ނިންމައިފި އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅަން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ގަރާރަކީ ގަވައިދާ ހިލާފު ގަރާރެއް ކަމަށް ބުނެ ވަނީ ބޭރުކޮށްލައިފަ އެވެ. ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެގޮތަށް ނިންމަވައި މަޖިލިސް ނިންމާލެއްވީ އަމީންއާންމު އެކަމާ ދެކޮޅަށް ލަފާ ދެއްވަމުންދަނިކޮށެވެ.
އޭގެފަހުން މަޖިލީހުން މިއަދު އިތުރު ޖަލްސާއެއް އެޖެންޑާ ކުރުމުން ރިޔާސަތަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަޑައިގެން، އިއުލާން ކުރެއްވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ބޭރުވެފައިވާ ކަމަށާއި ދެން އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެކަމާ ގުޅިގެން މަޖިލިސް ހުއްޓިފައިވާ ކަމަށް ވިދާޅުވެ އާންމު ކޮމިޓީއަށް އަލިފުށީ ދާއިރާ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވީ ދެން ކުރިއަށްދާނެ ގޮތުގެ ގާނޫނީ ލަފައެއް ހޯދަން ބަންޑާރަ ނައިބަށް ދެންނެވުމަށެވެ.
މެންބަރު ވިދާޅުވީ އާންމު ކޮމިޓީއަށް ލިބިފައިވާ މެންޑޭޓްގެ ތެރެއިން ބަންޑާރަ ނައިބުގެ ލަފައެއް ހޯދަންޖެހޭ ކަމަށާއި އެއީ ނަޝީދުގެ މައްސަލަ ދެން ކުރިއަށް ގެންދާނެ ގޮތަކާ މެދު އަމީންއާންމުއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.
މި ހުށަހެޅުން މިއަދު ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުންގެ ވޯޓުން މިއަދު ވަނީ ފާސްކޮށްފަ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރާ މެދު ގޮތެއް ނިންމާ ޖަލްސާގެ ރިޔާސަތުން ޑިމޮކްރެޓްސް އަށް ނިސްބަތްވާ އީވާ އާއި އަފީފް ދުރުކުރުމަށް ވެސް އާންމު ކޮމިޓީއަށް ވަނީ ހުށަހެޅުމެއް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް، އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލް ބޭނުންވާތީ މިއަދު އެކަމުގައި ގޮތެއް ނުނިންމަ އެވެ.
އީވާ އާއި އަފީފްގެ އިމްތިޔާޒުގެ މައްސަލައެއް މިއަދު އިމްތިޔާޒު ކޮމިޓީން ވެސް ވަނީ ބަލައި، އެ ދެ މެންބަރުން މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ފާސްކޮށްފަ އެވެ.
އޭޖީގެ ލަފާ: ނަޝީދު ވަކިކުރާ ގަރާރު ބޭރުކުރީ ގޯސްކޮށް
ސުޕްރީމް ކޯޓުގައި މަޖިލިސް ތަމްސީލްކުރައްވާނީ އޭޖީ
"މުގާބޭ" އަށް ގޮވައި، ޖަލްސާ ހުއްޓުވައިފި
ނައިބު ރައީސްކަމުން އީވާ ވަކިކުރަން ސޮއި ހަމަކޮށްފި
އީވާ އާއި އަފީފް ރިޔާސަތުން ދުރުކުރަން ހުށަހަޅައިފި
ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް އީވާ ނިންމަވައިފި
އެމްޑީޕީން އެދެނީ މަޖިލީހުން ގަވައިދާ ހިލާފު ނުވާން
މަޖިލީހުގެ މައްސަލަ ކޯޓަށް ބެލިދާނެ ކަމާ މެދު ބަހުސެއް
މަޖިލީހުގެ މައްސަލާގައި އާޒިމާ ފާޑުވިދާޅުވީ އޭޖީއަށް
ކޯޓުގައި ވެސް ބަންޑާރަ ނައިބު މަޖިލީހާ ދެކޮޅަށް