12 ނޮވެމްބަރ 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމަށް ހުށަހެޅި ގަރާރުގެ މައްސަލަ ކުރިއަށް ގެންދާއިރު، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މެންބަރަކަށް ރިޔާސަތު ނުބެލެހެއްޓޭ ގޮތަށް ނިންމައިދިނުމަށް އެދިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމަށް ހުށަހެޅި ގަރާރުގެ މައްސަލަ ކުރިއަށް ގެންދާއިރު، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މެންބަރަކަށް ރިޔާސަތު ނުބެލެހެއްޓޭ ގޮތަށް ނިންމައިދިނުމަށް އެދިއްޖެ އެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުރުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭ މެންބަރުންގެ ތެރޭގައި ޑިމޮކްރެޓްސްގެ މެންބަރަކަށް ހިމެނިވަޑައިގަންނަވަނީ ހަމައެކަނި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
މަސްލަހަތު ފުށުއަރާތީ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީން އެ މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭ ގޮތަށް ކަނޑައަޅައިދިނުމަށް އެދުނީ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް އަބްދުﷲ އެވެ.
އިކްރާމްގެ ހުށަހެޅުއްވުމާ ގުޅިގެން މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ ވިދާޅުވީ އެ ހުށަހެޅުމަކީ ކޮމިޓީން ނިންމޭނެ ކަމެއް ނޫން ކަމަށާއި އެ ދެ މެންބަރުން ވެސް އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ފާސްކޮށްފައިވާތީ އެގޮތަށް އެދި އާންމު ކޮމިޓީއަށް ފޮނުވޭނެ ކަމަށެވެ.
"މަޖިލިސް ރައީސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާ ޖަލްސާ ނުބެލެހެއްޓޭ ގޮތަށް އެ ކޮމިޓީން ފާސްކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.
އެ ހުށަހެޅުން ފާސްކޮށްފައިވަނީ ކޮމިޓީގެ އިއްތިފާގުންނެވެ. ކޮމިޓީގެ މުގައްރިރު، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ އެ އެގޮތަށް އާންމު ކޮމިޓީއަށް ފޮނުވާނެ ކަމަށެވެ.
ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ އީވާ އާއި ނަޝީދުގެ އޮތް އާއިލީ ގާތްކަމާ ގުޅިގެން މައްސަލައަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
އޭޖީގެ ލަފާ: ނަޝީދު ވަކިކުރާ ގަރާރު ބޭރުކުރީ ގޯސްކޮށް
މަޖިލީހުގެ މައްސަލަ ކޯޓަށް ބެލިދާނެ ކަމާ މެދު ބަހުސެއް
ކޯޓުގައި މައްސަލަ އޮތުމުން އީވާ އުޒުރުވެރިވެއްޖެ!
އީވާ މިއަދު ވެސް ސަލާން، ޖަލްސާ ކެންސަލް!
މަޖިލިސް ހަމަނުޖެހުމުގައި ޖިނާއީ ކުށް ބަލަން ގޮވާލައިފި
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
ޑިމޮކްރެޓުން ލާން ކޮމިޓީތައް އަލުން އެކުލަވާލަނީ؟
ދާއިމީ ކޮމިޓީތައް އެންމެ ފަހުން އެކުލަވާލެވިއްޖެ
އެމްޑީޕީ ނިމުނީ، ޗެއާމަނަކަށް ހުންނަވާނީ ޖާބިރު: އީވާ
ރައީސް އެދިވަޑައިގަތީ މަޖިލިސް ހިނގާނެ ގޮތެއް ހޯދުން