Roadha Mihaaru
އުރީދޫ އެޕުން ރިޗާޖުކޮށްގެން އައިފޯން 15 ޕްރޯ މެކްސްއެއް

އުރީދޫ އެޕުން ރިޗާޖުކޮށްގެން އައިފޯން 15 ޕްރޯ މެކްސްއެއް

09 ނޮވެމްބަރ 2023

އުރީދުގެ އެޕް މެދުވެރިކޮށް ރިޗާޖުކުރާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ގިނަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދުގެ އެޕް މެދުވެރިކޮށް ރިޗާޖުކުރާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ގިނަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު "ވީކްލީ" އިނާމުތައް ދޭއިރު މި ޕްރޮމޯޝަނުގެ ގްރޭންޑް ޕްރައިޒަކީ އައިފޯން 15 ޕްރޯމެކްސްއެކެވެ. މި ޕްރޮމޯޝަނުގެ "ވީކްލީ" އިނާމުތަކަށް ހުށަހަޅާފައި ވަނީ އެޕަލް ވޮޗް ސީރީޒް 8، ވާވޭ ވޮޗް ބަޑްސް، ގާމިން ވެނޫ އެސްކިއު - މިއުޒިކް، އެޕަލް އެއާޕޮޑްސް ޕްރޯ ޖެން2، ސެމްސަންގް ގެލެކްސީ ވޮޗް 5، ސެމްސަންގް ގެލެކްސީ ބަޑްސް 2 ޕްރޯ، އެޕަލް މެގް ސޭފް ޑުއޯ ޗާޖަރު އަދި އިންސްޓެކްސް މިނީ 40 އެއް ލިބޭނެ އެވެ.

ގުރުއަތުން ހޮވޭ ފަރާތަކަށް މި އިނާމުތައް މޫލީ މެދުވެރިކޮށް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އުރީދޫ އެޕުން 20ރ. އިން މަތިން ރިޗާޖުކޮށްގެންނެވެ. އެމް-ފައިސާ މެދުވެރިކޮށް ރިޗާޖް ކުރާ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.