Roadha Mihaaru
ވިލިމާލޭ ބަގީގެ ހިދުމަތް ހުއްޓިފައި އޮންނަތާ މަހެއް!

ވިލިމާލޭ ބަގީގެ ހިދުމަތް ހުއްޓިފައި އޮންނަތާ މަހެއް!

05 ނޮވެމްބަރ 2023

ވިލިމާލޭގައި މާލޭ ސިޓީ ކައުންސިލުން ފެށި ބަގީގެ ހިދުމަތް ހުއްޓިއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ވިލިމާލޭގައި މާލޭ ސިޓީ ކައުންސިލުން ފެށި ބަގީގެ ހިދުމަތް ހުއްޓިއްޖެ އެވެ.

މިދިޔަ އޭޕްރިލް މަހު މާލޭ ސިޓީ ކައުންސިލުން ފެށި ބަގީގެ ހިދުމަތަށް 2.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން 10 ބަގީ ވަނީ ގެނެސްފަ އެވެ. މަހަކު 390،000ރ. ދީގެން ބަގީގެ ހިދުމަތް ދޭން ހަވާލުކޮށްފައިވަނީ ޕިންކް ސްކައި މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

މާލޭ ސިޓީ ކައުންސިލުން އެންމެ ފަހުން ބޭއްވި ޖަލްސާގައި އެ ކަންބޮޑުވުން ފާޅުކުރެއްވީ ވިލިމާލެ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ އެވެ.

އެ ޖަލްސާގައި ނަހުލާ ވިދާޅުވީ މައްސަލަ ކައުންސިލްގެ ސަމާލުކަމަށް ގެނައި ފަހުން އެއް ބަގީ ދަތުރުކުރާ ކަމަށާއި އެކަމަކު އެ ބަގީން ވެސް ގަވައިދުން ދަތުރުނުކުރާ ކަމަށެވެ. ބަގީގެ ހިދުމަތް ހުއްޓިފައި އޮންނަތާ މަހެއް ވެއްޖެ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"ހިތަށް އެރި ފަހަރަކު ދުއްވާ، ހިތަށް އެރި ފަހަރަކު ނުދުއްވާ. ގުޅީމަ ފޯނެއް ނުނަގާ، މިކަހަލަ ވަރަށް ބައިވަރު ޝަކުވާ ރައްޔިތުންގެ ފަރާތުން އެބަ އާދޭ، ބަލި މީހުން އުފުލަން އޮންނަ ބަގީ ވެސް ނުލިބޭ ކަމަށާއި މިކަހަލަ ވަރަށް ބައިވަރު ޝަކުވާ އަންނާތީ،" ނަހުލާ ވިދާޅުވި އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

ހިދުމަތް ނުދޭ ނަމަ، އެ ކުންފުންޏާ މެދު ފިޔަވަޅު އަޅަން ނަހުލާ އެދިވަޑައިގަތެވެ.

މާލޭ ސިޓީ ކައުންސިލް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެޑައިގެން ހުންނެވި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެ މައްސަލައާ ގުޅިގެން ވިދާޅުވީ، ބަގީގެ ހިދުމަތް ހުއްޓިފައިވަނީ ބަގީގެ މަރާމާތަށް ކައުންސިލާ އެކު ހަދަން ޖެހޭ އެއްބަސްވުމެއް ނުހެދި ލަސްވާތީ ކަމަށެވެ.

"އެ އެގްރީމެންޓު ހެދުމާ އެކު މި މައްސަލަ ހައްލުވެގެން ދާނެ،" ނަރީޝް ވިދާޅުވި އެވެ.

ނަރީޝް ވިދާޅުވީ މީގެ ކުރިން މަރާމާތުގެ މަސައްކަތް ކުރިއަށް ދިޔައީ އެގްރީމެންޓެއް ނެތި ކަމަށާއި އެ ކުންފުނިން ބޭނުންވަނީ އެގްރީމެންޓާ އެކު ކުރިއަށްދާން ކަމަށެވެ.

ކައުންސިލާ އެކު އެއްބަސްވުމެއް ނުހެދި އޮވެގެން ބަގީ ދުއްވުން ހުއްޓާލާފައިވާތީ ބައެއް ކައުންސިލް މެންބަރުން ވަނީ އެކަމާ ނުރުހުން ފާޅުކުރައްވައިފަ އެވެ.

"އެ ބޭފުޅުން ކައުންސިލާ އެކު އެގްރީމެންޓެއް ހަދާފައި އޮތްއިރު ބަރާބަރަށް ހިދުމަތް ދެވެން ވާނެ. މެއިންޓެނަންސް އެގްރީމެންޓެއް ނުހެދުމަކީ ރައްޔިތުން ބަލަން ބޭނުންވާ ކަމެއް ނޫން،" ނުރުހުން ފާޅުކުރައްވައި ނަހުލާ ވިދާޅުވި އެވެ.

Mas dhuvas thereygai buggy thakun Vilimale gai 24,000 dhathuru koffi

Mas dhuvas thereygai buggy thakun Vilimale gai 24,000 dhathuru koffi

The most trusted news source in the Maldives

Mihaaru

ބަގީގެ ހިދުމަތް ހުއްޓުނުއިރު ގިނަ ބަޔަކު ގެންދަނީ އެ ހިދުމަތް ބޭނުން ކުރަމުން

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ ކައުންސިލްގެ އިހުމާލަކުން ނޫން ނަމަވެސް ޕަބްލިކް ޓްރާންސްޕޯޓެއް ހުއްޓުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ހިދުމަތް ދޭން ޖެހޭ ގޮތަށް ރައްޔިތުންނަށް ދޭން ޖެހޭނެ ކަމަށެވެ.

ވިލިމާލޭގައި ކުރާ ބަގީ ދަތުރުތަކަށް ސިޓީ ކައުންސިލުން ނަގަނީ 2ރ. އެވެ. ނަމަވެސް ބަގީ، ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ނަމަ، 4 ސީޓްގެ ބަގީއަކަށް 6ރ.، 6 ސީޓްގެ ބަގީއަކަށް 10ރ. އަދި 12 ސީޓްގެ ބަގީއަކަށް 15ރ. އެވެ. ވިލިމާލޭގައި ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ފެށިއިރު، އެމްޓީސީސީން މިދިޔަ ޖެނުއަރީ މަހު ވަނީ އެ އަވަށުގައި އިލެކްޓްރިކް ބަހުގެ ހިދުމަތް ވެސް ދޭން ފަށައިފަ އެވެ. ވިލިމާލޭގައި އެމްޓީސީސީން ދެމުން އަންނަ ބަސް ދަތުރަކަށް ނަގަނީ 5ރ. އެވެ.