04 ނޮވެމްބަރ 2023
ގޭގައި ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރަށް ބޭނުންވާ ކާނާ އާއި ބޭހާއި އެހެނިހެން ސާމާނު ވިއްކާ "ޕެޓްސް އެންޑް ސްޓަފް" މޫލީ އޮންލައިން މާކެޓާ ގުޅިއްޖެ އެވެ.
ގޭގައި ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރަށް ބޭނުންވާ ކާނާ އާއި ބޭހާއި އެހެނިހެން ސާމާނު ވިއްކާ "ޕެޓްސް އެންޑް ސްޓަފް" މޫލީ އޮންލައިން މާކެޓާ ގުޅިއްޖެ އެވެ.
"ޕެޓްސް އެންޑް ސްޓަފް" އިން ވިއްކާ ތަކެތި މޫލީ މެދުވެރިކޮށް އޮންލައިންކޮށް ގަނެވޭނެ އިންތިޒާމް ހަމަޖެހުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕެޓް ގެންގުޅޭ މީހުން ބޭނުންވާ ތަފާތު ޕްރޮޑަކްޓްތައް މޫލީ މެދުވެރިކޮށް އޯޑަރުކޮށްލުމުން އެ ތަކެތި މުޅިން ހިލޭ ޑެލިވާ ކޮށްދޭނެ އެވެ.
"ޕެޓްސް އެންޑް ސްޓަފް" ގެ މައިގަނޑު މަގުސަދަކީ ޕެޓްގެ ގޮތުގައި ގޭގައި ޖަނަވާރު ގެންގުޅޭ ފަރާތްތަކަށް، ދުޅަހެޔޮކޮށް އެ ޖަަނަވާރެއް ގެންގުޅުމަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ފޯރުކޮށް ދިނުމެވެ.
"ޕެޓްސް އެންޑް ސްޓަފް" އިން ފޯރުކޮށްދޭ ނިއުޓްރިޝަލް ޕެޓް ފުޑާއި ކުޅޭ ސާމާނާއި އަދި ސާފުކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން އެހެން ތަކެތި ވެސް މިހާރު މޫލީ މެދުވެރިކޮށް ގަނެވޭނެ އެވެ.
މޫލީގެ "ޕެޓްސް އެންޑް ސްޓަފް" އިން ލިބެން ހުރި އަގުހެޔޮ ބައެއް އުފެއްދުންތައް:
- ނިއުޓްރިޝަލް ޕެޓް ފުޑް: ދުޅަހެޔޮ ސިއްހަތެއްގައި ޕެޓް ގެންގުޅުމަށް ހަކަތަ ކާނާގެ އެކި ބާވަތްތައް
- މުނިފޫހިފިލުވުމަށް ކުޅޭ ތަކެތި: ޒަމްޕާ މަޓަޓަބީ ވޭލް، ޒަމްޕާ މިސްޓަ މަޓާޓަބީ ޓޯއީ، ޒަމްޕާ މިނީ ފިޝް ފަދަ ޕެޓަށް ބޭނުންވާ ކުޅޭތަކެތި
- އަރާމު ނިންޖެއް ހޯދާ ދިނުމަށް ޕެޓަށް ހާއްސަ އެނދު
- ގްރޫމިން އެސެންޝަލްސް: ޕެޓް ގްރޫމިން އަކީ ޖަނަވާރަށް އުފާވެރިކަން ގެނުވައިދޭ ކަމެއް.
މޫލީ ހިންގާ އުރީދޫން ބުނިގޮތުގައި ޕެޓްގެ ގޮތުގައި ގެންގުޅޭ ޖަނަވާރަކީ ގިނަ މީހުން ދެކޭގޮތުގައި އާއިލާގެ ވަރަށް ލޯބިވާ މެމްބަރެކެވެ. އެހެންކަމުން އާއިލާގެ މެމްބަރުންނަށް ދޭ ލޯތްބާއި އަޅާލުމާއި އަސާސީ ބޭނުންތައް ފުއްދައި ދިނުމަކީ މުހިންމު ކަމެކެވެ.
"ޕެޓްސް އެންޑް ސްޓަފް" އަކީ މި ބޭނުންތަކަށް ބޭނުންވާ ސާމާނު ޕެޓް ގެންގުޅޭ ފަރާތްތަކަށް ފަސޭހަ ކަމާއި ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށްވާތީ މޫލީ މެދުވެރިކޮށް އެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ވަނީ ފުޅާކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫގެ ދައުވަތަކަށް ޕީއެސްޖީގެ ލެޖެންޓް އޮކޯޗާ ރާއްޖެއަށް
ޓެލެކޮމް ދާއިރާގެ ހާއްސަ އެވޯޑެއް އުރީދު އަށް
އުރީދޫގެ "ފަން ރަން" ލ. ގަމުގައި ބާއްވަނީ
އުރީދޫގެ ޑިޖިޓަލް އައިލެންޑަކަށް ނ.ލަންދޫ
އުރީދޫން ހިއްސާއަކަށް 3.27ރ. ބަހަން ފާސްކޮށްފި
އުރީދޫގެ ފައިދާ 685 މިލިއަން ރުފިޔާއަށް އަރައިފި
އުރީދޫ ކަސްޓަމަރުންނަށް "ދަ ޕޭރަންޓްލީ"ގެ ޑިސްކައުންޓް
އުރީދޫ ސުޕަނެޓް: ޑިޕޮސިޓަކާ ނުލާ ފްރީ ރައުޓަރު
"އޯލަ އެޕް" އަށް އެމް-ފައިސާއިން ފީ ދައްކާލެވޭނެ
އުރީދޫ ޕޯސްޓްޕެއިޑް އަޕްގްރޭޑުކޮށްގެން ޑޭޓާ އެލަވަންސް