Roadha Mihaaru
އުރީދޫ ސުޕަނެޓް: ޑިޕޮސިޓަކާ ނުލާ ފްރީ ރައުޓަރު

އުރީދޫ ސުޕަނެޓް: ޑިޕޮސިޓަކާ ނުލާ ފްރީ ރައުޓަރު އަދި ޕެރިހަށް ދިއުމުގެ ފުރުސަތު

03 ނޮވެމްބަރ 2023

އެކި ސިނާއަތްތަކުގެ މަސައްކަތާއި ހިދުމަތްތައް ބާރު ސްޕީޑުގައި ޑިޖިޓަލްވަމުން އަންނައިރު، އިތުބާރު ހުރި މެދުކެނޑުމެއް ނެތް އިންޓަނެޓް ކަނެކްޝަނަކީ މިހާރު އާންމު ދިރިއުޅުމަށް މުހިންމު ހިދުމަތެކެވެ. އުރީދޫ މޯލްޑިވްސްގެ ބްރޯޑްބޭންޑް ޕޯޓްފޯލިއޯ އިތުރަށް ހަރުދަނާކޮށް، ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސް އާއި އެކު އަގުހެޔޮ ޕެކޭޖްތަކެއް ވަނީ ފަހިކޮށްދީފަ އެވެ. މި ޕެކޭޖްތަކުގެ އިތުރުން އުރީދޫ އަކީ އެކުންފުނީގެ ނެޓްވޯކް އިންފްރާސްޓްރަކްޗާ އަޕްގްރޭޑްކޮށް ކަސްޓަމަރުންގެ ތަޖުރިބާ އަބަދުވެސް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. ދުވަހުން ދުވަހަށް ހިދުމަތުގެ ފެންވަރު އަންނަނީ ކުރިއަރުވަމުންނެވެ.

ސުޕަނެޓް ކަސްޓަމަރުންނަށް މިހާރު ކުރިއަށްދާ އޮފާތައް

- ޑިސެމްބަރު 31، 2023ގެ ކުރިން ސުޕަނެޓް ހިދުމަތަށް އެދޭ ފަރާތްތަކަށް ޑިޕޮސިޓަކާ ނުލާ ހިދުމަތް ފަށައިގަންނަން ރައުޓާ ހިލޭ ލިބޭނެ އެވެ.

- ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ގުޅިގެން އުރީދޫން އެންމެ ފަހުން ތައާރަފްކުރި އޮފާ އާއި އެކު ޕެރިހުގެ ޕާކް ޑެސް ޕްރިންސް ސްޓޭޑިއަމްގައި ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗް ލައިވްކޮށް ބަލައިލުމުގެ ފުރުސަތު ލިބޭނެ އެވެ.

ނަސީބުވެރި އެއް ފަރާތަށް ލިބޭ މި ފުރުސަތުގައި ސްޓޭޑިއަމްގެ ޓިކެޓުގެ އިތުރުން ދެ ރެ އާއި ތިން ދުވަހުގެ ފުލް ބޯޑް އެކޮމޮޑޭޝަނާ އެކު ޕެރިސް ދެކޮޅު ޓިކެޓް ލިބެ އެވެ. މި ޕްރޮމޯޝަން ގައި ބައިވެރިވުމަށް ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކޮށްލުމުން އޮޓޮމެޓިކުން ބައިވެރިވެވޭނެ އެވެ. އަދި 31 ޑިސެމްބަރު 2023ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި އަލަށް ސުޕަނެޓް ނަގާ ކަސްޓަމަރުންނަށް ވެސް ބައިވެރިވޭނެ އެވެ.

އުރީދޫން ބުނި ގޮތުގައި ސުޕަނެޓް ހިދުމަތް ނެގުމުން ހަލުވި ސްޕީޑްގެ އިންޓަނެޓާ އެކި ބޮޑެތި ޑޭޓާ އެލަވަންސްތައް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ އެވެ. އަދި ޑޭޓާ ރޯލް އޯވާ ހިދުމަތާއި ކްލަބް ޕްރިމިއާ ބެނިފިޓުތައް ވެސް ކަސްޓަމަރުންނަށް ހޯދޭނެ ކަމަށެވެ.

Shop - Home

އުރީދޫ ސުޕަނެޓް އަފްގްރޭޑު ކުރާނެ ލިންކް

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން އިން ކުރާ މަސައްކަތުގެ ތެރެއިން، އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާ އެކު ބޮޑެތި ޑޭޓާ އެލަވަންސް އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބޭނެ އެވެ.

ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާ އެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާއާ އެއްވެގެންދާނެ އެވެ. ސުޕަނެޓަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ގޭގެއަށާއި އޮފީސްތަކާއި ކުދި ވިޔަފާރިތަކަށް ބޭނުންހުރި ލޭންޑްލައިންގެ ހިދުމަތް ވެސް ލިބޭނެ އެވެ. އުރީދޫން ބުނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް، ގޭމިން ފަދަ މަގުބޫލު ޕްލެޓްފޯމްތައް ވެސް އެ ނެޓްވޯކުން ވަނީ ސުޕަނެޓްގެ ހިދުމަތްތައް އޮޕްޓިމައިޒްކޮށްފަ އެވެ.

ސުޕަނެޓް 40އެމް ޕެކޭޖްތަކާއި އެއަށްވުރެ މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް ޕްލޭން ޓަޔާގައިވާ ގޮތުގެ މަތިން އިތުރު ފައިދާތަކެއް ލިބޭނެ އެވެ. ކްލަބް ޕްރިމިއާ ބެނިފިޓު ތިން ޓަޔަރަކަށް ބަހާލާފައިވާއިރު، އޭގެ ތެރޭގައި ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމް ހިމެނެ އެވެ. ރާއްޖޭގެ މަޝްހޫރު ދިވެހި އަދި ބައިނަލްއަގުވާމީ ބްރޭންޑްތަކުން ތަފާތު އޮފާތަކާއި ޑިސްކައުންޓްތަކުގެ އިތުރުން ޕްރިއޮރިޓީ ޕާސް މެދުވެރިކޮށް ޕްރިމިއަމް އެއާޕޯޓް ލައުންޖުތަކަށް ވަދެވޭނެ ކަމަށް އުރީދޫން ބުންޏެވެ.