02 ނޮވެމްބަރ 2023
ބޮލީވުޑްގެ ސުޕަހީރޯ ފިލްމު ފްރެންޗައިޒް "ކްރިޝް"ގެ ހަތަރު ވަނަ ފިލްމުގެ ޝޫޓިން އަންނަ އަހަރު ފެބްރުއަރީގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ސުޕަހީރޯ ފިލްމު ފްރެންޗައިޒް "ކްރިޝް"ގެ ހަތަރު ވަނަ ފިލްމުގެ ޝޫޓިން އަންނަ އަހަރު ފެބްރުއަރީގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ރިތިކް ރޯޝަން "ކްރިޝް"ގެ ރޯލު ކުޅޭ އެ ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ ފިލްމުގެ ސްކްރިޕްޓް ލިޔަނީ ފުރަތަމަ ތިން ފިލްމުގެ ސްކްރިޕްޓް ވެސް ލިޔުނު، ރިތިކްގެ ބައްޕަ، ރާކޭޝް ރޯޝަން އެވެ. އަދި މިފަހަރު ވެސް ޑައިރެކްޓަރަކީ ހަމަ އޭނާ އެވެ.
"ކްރިޝް 4"ގައި ވެސް ދެވަނަ އަދި ތިންވަނަ ފިލްމުގައި ރިތިކްއާ އެކު ލީޑު ރޯލު ކުޅުނު ބޮލީވުޑްގެ ތަރި، ޕްރިޔަންކާ ޗޯޕްރާ ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ރިޕޯޓްތައް ބުންޏެވެ.
އެ ރޯލު ޕްރިޔަންކާ އަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ. ޕްރިޔަންކާ ބޮލީވުޑްގެ ފިލްމަކުން ނުފެންނަތާ މިހާރު ވަރަށް ގިނަ ދުވަސް ވެސް ވެއްޖެ އެވެ.
"ކްރިޝް" ފްރެންޗައިޒްގެ ފިލްމުތައް ފެށީ މީގެ 20 އަހަރު ކުރިންނެވެ. އެންމެ ފުރަތަމަ ގެނެސްދިން ފިލްމަކީ "ކޮއި މިލް ގަޔާ" އެވެ. އެ ފްރެންޗައިޒްގެ ދެވަނަ ފިލްމު ގެނެސްދިނީ 2006 ގަ އެވެ. އަދި ތިންވަނަ ފިލްމު ގެނެސްދިނީ 2013 ވަނަ އަހަރުގަ އެވެ. އެ ތިން ފިލްމަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
"ކްރިޝް 4" ހެދޭނީ ކޮވިޑް ނިމުނީމަ
އަންނަ އަހަރު ބޮލީވުޑްގެ ފިލްމެއް ކުޅެން: ޕްރިޔަންކާ
އަޖޭގެ ފިލްމެއްގެ ވިލަންގެ ރޯލު ރިތިކް ކުޅެނީ
"އެއިތުރާޒް 2"ގައި ޕްރިޔަންކާ ނޫޅޭނެ
"ކްރިޝް 4"ގެ ލީޑަށް ރިތިކްއާ އެކު ޝްރައްދާ
"ޖީ ލޭ ޒަރާ"ގެ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭ
ޕްރިޔަންކާ ކަނޑުފޭރޭ މީހެއްގެ ރޯލު ކުޅެނީ
"ފައިޓާ"އަށް ތިން ދުވަސް ތެރޭގައި ރަނގަޅު އާމްދަނީ
ރިތިކް އާއި ދިޕީކާގެ "ފައިޓާ"ގެ ޓީޒާ ނެރެފި
"ވޯ"ގެ ދެވަނަ ބައި ގެނެސްދެނީ 2025 ގައި