01 ނޮވެމްބަރ 2023
ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެ ބަންދަށް ބަދަލުކުރި އިގުރާރާ ހިލާފުވަމުންދާތީ އެ އެއްބަސްވުން އުވާލާނެ ކަމުގެ އިންޒާރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ދީފި އެވެ.
ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެ ބަންދަށް ބަދަލުކުރި އިގުރާރާ ހިލާފުވަމުންދާތީ އެ އެއްބަސްވުން އުވާލާނެ ކަމުގެ އިންޒާރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ދީފި އެވެ.
އެ އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޔާމީނަށް ލުއި ދިން އިގުރާރާ ހިލާފަށް އަމަލުތައް ބަހައްޓަމުންދާ ކަން ފާހަގަކުރެވޭތީ އެއާ އެއްގޮތަށް އަމަލުކުރަން މިއަދު އިންޒާރު ދީފައިވާ ކަމަށެވެ.
"... އިގުރާރަށް އެއްގޮތަށް އަމަލުކުރުމަށް ރައީސް ޔާމީނަށް މިއަދު ވަނީ އިންޒާރު ދެއްވައިފައި. އަދި ތަކުރާރު ކުރައްވާ ނަމަ އިގުރާރު ބާތިލް ކުރެވޭނެ ކަމަށް ވަނީ އެންގިފައި،" އޮފިޝަލް ވިދާޅުވި އެވެ.
ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދިނީ އަންނަ ހުކުރު ދުވަހު، ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނާ އެމަނިކުފާނު ބައްދަލުކުރައްވަން ނިންމަވައި، އެ ސަރަހައްދުގައި ޖަލްސާއެއް ވެސް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ހިންގި ކަމުގެ ކުށުގައި ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ޔާމީންގެ ބަންދަށް ދިން ލުއިތަކާ އެކު، ޖަލުތަކާއި ޕެރޯލްގެ ގާނޫނާ އެމަނިކުފާނު ވަނީ ހިލާފުވެފަ އެވެ.
އެމަނިކުފާނު ޖަލުން ގެޔަށް ބަދަލުކުރީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބު، އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވުމާ އެކުގަ އެވެ. ގޭ ބަންދުގައި ހުއްޓާ، ކަސްރަތުކުރުމަށާއި މެޑިކަލް ކަންކަމުގައި ބޭރަށް ނުކުމެ އުޅެވޭ ގޮތަށް ކަރެކްޝަންސް އިން މިދިޔަ ހޮނިހިރު ދުވަހު ބޮޑެތި ލުއިތަކެއް ދިން ފަހުން ކޮންމެ ރެޔަކުހެން ޔާމީން ވަނީ ޕީޕީއެމް އޮފީހަށް ވަޑައިގެން ސިޔާސީ އެއްވުންތައް ބާއްވައިފަ އެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާގައި ބުނަނީ، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވާ، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއް ނުވެ އެވެ.
ނަމަވެސް ޕީޕީއެމުން ވަނީ ކުރިއާލައި އިއުލާނުކޮށްގެން ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާތައް ބާއްވައި، އެ ޖަލްސާ ޓީވީތަކުން ލައިވް ވެސް ކޮށްފަ އެވެ.
ޔާމީން ގާނޫނާ ހިލާފުވަނީ، ކަރެކްޝަނުން މޮނިޓަކުރަނީ
އިގުރާރާ ހިލާފުވާ ނަމަ ޔާމީނަށް ފިޔަވަޅު އަޅާނެ
ޔާމީން ގެއަށް، ސަޕޯޓަރުން އުފަލުން
ފައިލް ނުދެއްކުމުން ޔާމީންއާ ބައްދަލުކުރިޔަ ނުދިން!
އިގުރާރާ ހިލާފު ކަމެއް ޔާމީން ނުކުރައްވާ: ވަކީލު
އެއްވުމުގައި ޔާމީން ބައިވެރިވުމުން ފިޔަވަޅު އަޅަނީ
ކޮވިޑް ފެތުރޭތީ ޔާމީން ގެއަށް ބަދަލުކުރަން ގޮވާލައިފި
ގައުމު ގޮވަނީ ޔާމީންގެ ޚިދުމަތަށް: ޕީޕީއެމް/ޕީއެންސީ
ޔާމީންގެ ސިއްހީ ހާލަތު ދެރަ: އަދުރޭ
ޔާމީން ހުރީ ހިކި އަނަރޫފަ ވެފައި: އަދުރޭ