01 އޮކްޓޯބަރ 2023
ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ގޭ ބަންދަށް މިއަދު ބަދަލުކޮށްފި އެވެ.
ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ގޭ ބަންދަށް މިއަދު ބަދަލުކޮށްފި އެވެ.
އެމަނިކުފާނު ދެންމެ ވަނީ އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެއްސަށް ވަޑައިގެންފަ އެވެ.
ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ޔާމީން ގެކޮޅަށް ވަޑައިގަތްއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ އިސް ބޭފުޅުން އެ ސަރަހައްދުގައި ތިއްބެވި އެވެ.
ޔާމީނަށް މަރުހަބާ ކިޔަން ސަޕޯޓަރުން އެއްވެފައި --- މިހާރު ފޮޓޯ/ނިޝާން އަލީ
ބައެއް ސަޕޯޓަރުންނާ ސަލާމް ކުރެއްވުމަށްފަހު ޔާމީން ގެކޮޅަށް ވަދެވަޑައިގަތެވެ.
ސަރަހައްދަށް އެއްވެ ތިބި ސަޕޯޓަރުން ވަރަށް ފޯރީގައި އުފާ ފާޅުކުރަމުން ދިޔައިރު އެ އެންމެން ވެސް ގޮވާލަމުން ދިޔައީ ޔާމީން ވަގުތުން މިނިވަން ކުރުމަށެވެ. އަދި އިދިކޮޅުން އިންތިހާބު ކާމިޔާބުކޮށް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ފެށިއްޖެ ކަމަށް ބުނެ، ސަޕޯޓަރުން ގެންދަނީ އުފާ ފާޅުކުރަމުންނެވެ.
"ވަރަށް އުފަލުން މިހުރީ. އަޅުގަނޑުމެން ރައީސް މިނިވަން ކުރަން އިންތިހާބުގައި އެހާ މަސައްކަތް މިކުރީ. އެކަން މިއަދު ހާސިލްވުމުގެ މަރުހަލާ ފެށިގެން މިދިޔައީ،" ސަޕޯޓަރަކު ބުންޏެވެ.
ޔާމީން ގެއަށް ވަދެވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
ޔާމީން ގެ އަށް ބަދަލުކުރަން ނިންމީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިިޔާބު ކުރެއްވުމުންނެވެ. އެނގިފައިވާ ގޮތުގައި ސިއްހީ ސަބަބުތަކަށްޓަކައި ގެއަށް ބަދަލު ކޮށްދިނުމަށް އެމަނިކުފާނު ވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެދިވަޑައިގެންފަ އެވެ.
އިންތިހާބުގެ ބޮޑު ކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާއި މީޑިއާއާ ބައްދަލު ކުރައްވައި މުއިއްޒު ރޭ ވަނީ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.
"އަޅުގަނޑު މި ދަނޑިވަޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހަށް ވަރަށް އިހުލާސްތެރިކަމާއި އަދަބުވެރިކަމާ އެކު ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް." އިންތިހާބީ ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ.
"އެ މަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނީ ގޮތުން ކުރެއްވޭނެ ކަމެއް. އެ މަނިކުފާނު ގެ އަށް ބަދަލު ކުރެއްވުމަކީ މިއަދު މި ގައުމުގެ މަސްލަހަތަށް ޓަކައި އެންމެ ރަނގަޅު ގޮތް."
މުއިއްޒު ކެމްޕެއިންގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ކަމަކީ ވެސް ޔާމީން ގެއަށް ބަދަލު ކުރުމެވެ. އަދި ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ޔާމީން އެއްކޮށް މިނިވަން ކުރުމަކީ ވެސް މުއިއްޒުގެ ވައުދެކެވެ.
ޔާމީންގެ ޖަލު ހުކުމްގެ ހުކުމްގެ އިސްތިއުނާފު ހައި ކޯޓުގައި ވަނީ ފަށައިފަ އެވެ. ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުނީ ވެސް އެ ހުކުމް އޮތުމުންނެވެ.
އަބްދުއްރަހީމްގެ ސިޔާސީ ހަޔާތް ކަފުން ވެދާނެ ވަގުތުކޮޅު
އަބްދުއްރަހީމްގެ ވަރުގަދަ ރައްދެއް ޑރ. ޖަމީލަށް!
ޕީޕީއެމް/ޕީއެންސީ ކުރިއަށް ދާނީ އެކުގައި: އަދުރޭ
ޔާމީނަށް ދިން ލުއިތައް އުވާލާނެ ކަމުގެ އިންޒާރު!
ޔާމީނަށް އޮތް ބިރާއެކު ޕީޕީއެމް ބައިބައިވުމާ ދިމާލަށް؟
ޕީޕީއެމް މީހުން ޕީއެންސީއަށް ގެންނަން މުއިއްޒު ދެކޮޅު
ޔާމީން ގާނޫނާ ހިލާފުވަނީ، ކަރެކްޝަނުން މޮނިޓަކުރަނީ
ޕީޕީއެމް/ޕީއެންސީން ބޮޑު މެޖޯރިޓީއެއް ހޯދަންޖެހޭ
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
ޖޭޕީއާ އެކު ކޯލިޝަން ނުހަަދަން ޔާމީންގެ އެންގެވުމެއް!