31 އޮކްޓޯބަރ 2023
ޕެރިސް (އޮކްޓޯބަރު 31) - "ފްރާންސް ފުޓްބޯލް" މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، އަށްވަނަ ފަހަރަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ހޯދައިފި އެވެ.
ޕެރިސް (އޮކްޓޯބަރު 31) - "ފްރާންސް ފުޓްބޯލް" މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، އަށްވަނަ ފަހަރަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ހޯދައިފި އެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި ދޭ އެންމެ ޝަރަފުވެރި އިންޑަވިޖުއަލް އެވޯޑް، ބެލޮންޑިއޯ އަށް މެސީ އާ އެންމެ ގާތުން މިފަހަރު ވާދަކުރީ މެންޗެސްޓާ ސިޓީގެ ޒުވާން ފޯވާޑް އާލިން ހާލަންޑެވެ. ތިންވަނަ ހޯދީ ފްރާންސްގެ ކިލިޔަން އެމްބާޕޭ އެވެ.
މެސީ އަށް މޮޅު ކުޅުންތެރިޔާ ލިބުމަށް އެންމެ ބޮޑަށް މަގު ފަހީވީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާ އަށް ހޯދައި ދިނުމުގައި އޭނާ އަދާކުރި މުހިންމު ދައުރުގެ ސަބަބުންނެވެ. އެ މުބާރާތުގެ މޮޅު ކުޅުންެތެރިޔާ އަށް ހޮވުނު މެސީ ވަނީ، މިދިޔަ އަހަރުގެ ފްރާންސް ލީގު ޕީއެސްޖީ އަށް ހޯދައި ދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހޯދި އައިޓާނާ ބޯންމާތީ އާއި އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ އެވޯޑް ހޯދި މެސީ --- ފޮޓޯ: އޭއެފްޕީ
ސިޓީ އަށް މިދިޔަ އަހަރުގެ ފުޓްބޯޅައިގެ ބޮޑު ތިން މުބާރާތް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ހާލަންޑަށް އެވޯޑް ނުލިބުމުން ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ. މިދިޔަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ސިޓީ އަށް ހޯދައިން ހާލަންޑް ވަނީ ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މިފަހަރު ހޯދައިފަ އެވެ.
އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި ބާސެލޯނާގެ މިޑްފީލްޑަރު އައިޓާނާ ބޯންމާތީ އެވެ. އޭނާ ވަނީ މިދިޔަ ސީޒަންގެ ސްޕެއިންގެ އަންހެން ފުޓްބޯޅަ ލީގު އަދި ޔޫއެފާ އަންހެން ޗެމްޕިއަންސް ލީގު ބާސާ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި މި އަހަރުގެ ވޯލްޑް ކަޕް ވެސް އޭނާގެ ހިއްސާ އަ އެކު ސްޕެއިން ހޯދި އެވެ.
އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް ދޭ ކޮޕާ އެވޯޑް ހޯދީ ރެއާލް މެޑްރިޑްގެ އިންގްލެންޑްގެ މިޑްފީލްޑަރު ޖޫޑެ ބެލިންހަމް އެވެ.
ބެލޮންޑިއޯ: ލީޑުކުރަނީ މެސީ، ހާލަންޑް، ރޮނާލްޑޯ ނެތް
17 އަހަރަށްފަހު ފިފްޕްރޯ ގަދަ 11އިން މެސީ ކަޓައިފި
މެސީ ނެތި އިންޓަ މަޔާމީ ލީގްސް ކަޕުން ކަޓައިފި
މެސީގެ ޖާދޫ މި ފެނުނީ ސެމީގައި، އާޖެންޓީނާ ފައިނަލަށް
ބެލޮންޑިއޯ ހަތަރު އަހަރުފަހުން ލިބުނަސް ދެރައެއް ނުވާނެ
މެސީއަށް ދެން ދޭނެ އިސްކަމެއް ނެތް: ހޮންކޮން އެފްއޭ
ހާލަންޑަކީ ދަށް ޑިވިޝަނުގެ ފެންވަރޭ ބުނުމުން ރައްދުދީފި
ރޮނާލްޑޯ ގޯލް ޓްރެކްގައި މެސީއަށް ކޮށްދެވުނީ އެސިސްޓެއް
ހާލަންޑްގެ ގޯލުން ލިވަޕޫލްގެ ފަހަތުގައި ވިއްދައިފި
ހޮންކޮންގައި ކުޅެފައިނުވާތީ މެސީ މައާފަށް އެދިއްޖެ